މާލޭގެ ރާޅުގަނޑު ސަރަހައްދުގައި ނިވާކަން ކުޑަކޮށް އަންހެނަކު އުޅުމުން ގިނަބައެއްގެ ފާޑުކިއުން އެކަމަށް އަމާޒުވެއްޖެއެވެ.
މިއަދު މެނދުރު ފަހުގެ ވަގުތެއްގައި އެ އަންހެން މީހާ ނިވާކަން ކުޑަ ހެދުން ލައިގެން ރާޅުގަނޑާއި ދިމާލުން މޫދަށް އެރި އުޅުނު ވަގުތު ގިނަ ޢަދަދެއްގެ ބަޔަކު އެ ސަރަޙައްދުގައި ތިއްބެވެ. ބެލެވޭ ގޮތުގައި އެމީހާއަކީ ރާއްޖެއަށް އައިސް އުޅޭ ފަތުރުވެރިއެކެވެ. އޭނާ އާއި އެކު އިތުރު ފިރިހެނަކުވެސް އެވަގުތު އެ ސަރަޙައްދުގައި ހުއްޓެވެ.
މިއަދު އެ އަންހެން މީހާ ނިވާކަން ކުޑަ ގޮތަކަށް ހުރީ، އާންމު ގޮތެއްގައި ކުޑަކުދިން ގިނަ ޢަދަދަކަށް އެއްވާ ސަރަަހައްދަކަށެވެ. މިއަދު މެންދުރު ފަހު ގާތްގަނޑަކަށް 3:00 ހާއިރު އޭނާ އެތަނުގައި ރާޅާ އަޅަން ހުއްޓާ ބަޔަކަށް ފެނިގެން އެކަމާ ނުރުހުން ފާޅުކޮށްފައި ވެއެވެ.
ނަމަވެސް މިކަން އަދި ކަމާއި ބެހޭ ފަރާތެއްގެ ސަމާލުކަމަށް ގެނެވިފައިވާކަމެއް އެނގިފައެއް ނުވެއެވެ.
ފަތުރުވެރިން ރާއްޖެ އައިސް އުޅޭއިރު، ނިވާކަން ކުޑަކޮށް ހެދުން އަޅައިގެން އާއްމުންގެ ތެރޭގައި އުޅުމަކީ މަނާ ކަމެކެވެ. ނަމަވެސް ރާއްޖޭގެ އާންމުން ދިރިއުޅޭ ރަށްތަކުގައި ފަތުރުވެރިން ވެސް ބަރަހަނާ ހާލުގައި އާއި ނިވާކަން ކުޑަތަކެތި ލައިގެން އުޅޭ މައްސަލަ ފަހަކަށް އައިސް ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އަދި މިކަން ޓުއަރިޒަމް މިނިސްޓްރީގެ ސަމާލުކަމަށާއި، ރައީސް އޮފީހުގެ ސަމާލުކަމަށްވެސް ވަނީ ގެނެސްފައެވެ.
ޢެޖެންޑާ ނަވާރަ
ކާކު ހުއްޓުވާނީ؟ ސަރުކާރުން ހިތްވަރުދޭ ކަންކަން ތިކުރަނީ.
ތިކަން ހުއްޓުވާކަށް ނޫޅޭނެ ބަލާނީ ތިކަން ޕްރަމޯޓްކުރެވޭތޯ
ހަމަކަށަވަރުން، إيمان ވި މީހުންގެ ތެރޭގައި ހުތުރުކަންބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާމީހުން (ދަންނާށެވެ!) ދުނިޔެއާއި آخرة ގައި ވޭންދެނިވި عذاب އެމީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ.
މިސަރުކާރަކަށް ތިކަހަލަތަންތަނެއް ނުފެންނާނެ
ތިކަހަލަކިތަނމެ މަންޒަރުތަކެއް ކުރިޔަށްއޮތްތަނުގާ
ތިޔަށްވުރެއްގިނައިންފެނުންވެސް އެކަޝީގެނަވޭ މިސަރުކާރަކުން ތީމާބޮޑުކަމެއްކަމަކައް ނުހަދާނެ
ކީއްކުރާނީ މީއަދުގެ ހާލު.
އެޖެންޑާ 19
އެގަންޖާ 19. ތި މީހުން އެބަ ޖެހެޔޯ ނިދާ އެނދު އެއްކޮޅުގައިވެސް ނިންދަވަން!
މިއީ އެ ޖިންނި ގަޖާ ބޯ ބޭނުންވާގޮތް. މިކަަހަލަ ކަންކަން ނުވެގެން އެޖެންޑާ 19 އެއުޅެނީ.
ޢެޖެންޑާ 19 ވަރައް ތަފާތު ވާނެ..
މީދެން ކިހާ ބޮޑުވެއްޖެ ކަމެއް ދެން. ސަރުކާރަށް ނުފެންނަނީތަ؟ ނޫނީ ދިވެހިން ހަލާކު ކުރަންތަ؟ އިބޫ އަށް މިކަން ޙައްލު ނުވަންޏާ އިސްތިއުފާ ދީފަ ރަށަށްދޭ!
ތީ ދީނަށް އެވެސް ގެއްލުން ހުރިކަމެއްނޫން،
ކަމާބެހޭ ފަރާތްތަކަށް އެގުނިއްޔާ ކޮންކަމެއް .... ޢެންމެފަހުން ރަސްފަންނުގަ ރޯމާދުވާލު ބަޔަކު ނިވާކަންކުޑަކޮށް ވަޖިދުވެނިމިގެން މިއަދާއިހަމައަށް އަދި އެކަކު ހައްޔަރުކުރިކަންވެސް އެގޭކަށްނެތް ... !! ކަމާބެހޭފަރާތުން ނުބެހެޔޭ .. އެއީ ކަމާބެހޭ ފަރާތްތަކުގެ އަތެއްވެސް އޮތަތީ.. !! މިހިޔާލުވެސް ޝާއިރުނުކުރާނެ ވަގުތުއަކުން .. އެކަމުބުނޭ ހިޔާލެއް އެބައޮތްހޭ...؟؟!!؟!
ސަޅިއޭ..! ދިވެހިން ބޭނުންވާ ތަހުޒިބު ތިއީ..!