މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއް ދުވަހެއް ކަމުގައު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.

މިކަން ހާމަކުރައްވާ ރައީސް އޮފީހުން އާންމުކޮށްފައިވާ އިއުލާނެއްގައި ވަނީ 2019 އޭޕްރިލް މަހުގެ 7 ވާ އާދީއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ހަމަޖައްސާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ވިދާޅުވީ، މާދަމާ އަކީ ސަރުކާރު ބަންދު ދުވަހެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ މިއަދު ކުރިޔަށްދާ ރައްޔިތުންގެ އިންތިޚާބާއި ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ހަރަކާތްތެރިވާތީ އެވެ.

އަދި ހަމަ އެހެންމެ މާދަމާ ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ކަނޑައަޅުއްވާފައި ވަނީ އެކަމަކީ ސަރުކާރުގެ މުވައްޒަފުންނަށާއި އާންމު ރައްޔިތުންނަށް ފަސޭހަތަކެއް ވާނެ ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށް ވެސް އެ އިއުލާނުގައި ވެއެވެ.

މިއަދު ހެނދުނު 8:00 އިން ފަށައިގެން ވޯޓުލުން ކުރިޔަށް ދާއިރު، އިލެކްޝަނުން ވަނީ ވޯޓުލުމުގެ ވަގުތު މިއަދު އިރު އޮއްސި 6:00 އާއި ހަމައަށް އިތުރުކޮށްފައެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މިހާތަނަށް ގިނަ ޢަދަދެއްގެ ބަޔަކު ވޯޓުލާފައި ވީނަމަވެސް، މިފަހަރުގެ ވޯޓުގައި ބައިވެރިވަމުން ދަނީ ނިސްބަތުން މަދު ޢަދަދެއްކަން ވަނީ ފާހަގަކުރެވިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އައިޑޫ

    ވޯޓް ލުމުގެ ގަޑިއިތުރު ކުރުމުން ސްޕެޝަލީ ކިއުޓް ފެއަރީ ގާރލް ކުދިންނަށް އަވީގައި ނުޖެހި ވޯޓް ލާން ދެވޭނެ ނޫންތޭ ނައު އައިޓެލްޔޫ ކޮޒް އެވްރީ ޓައިމް އައި ރީޑް ޔުއަރ ފޭސް ތަމެންގެ ފޭސް އިން އަންގާ ދެނީ ތަމެން ވޯޓް ދޭން ބޭނުންވަނީ މަމެންގެ ހިތުގައި އޮތް ކެންޑިޑޭޓަަށް ކަން އައި ގޮޓާ ނޯ ބޮޑީ ދެން އިޓް ސޯ އައި ޑޫ އައި ޑޫ އިޓް އައި ޑޫ އިޓް އޮން މައި އޯން އައި ކޭން އީވެން ހިއަރ ދަ މިއުޒިކް ފްރޮމް ޔުއަރ ކެޓް ވޯކް...

  2. ހަސަން ނ

    ކިބޫ

  3. އަލަށްނޫނޭ

    މާދަމައަކީ އެއީ ރަސްމީ ބަންދު ދުވަހެއް ގެ ގޮތުގައި ހެދީވެސް މިސަރުކާރު ކަންނެތް ކަމުންނޭ ރައީސް އިބޫގެ ސަރުކާރަށް 5 މަސް ދުވަސް ވީއިރު ވެސް އެމެން ވެފައިވާ އެންމެ ބަރުދަން ބޮޑު ވައުދު ކަމުގައިވާ މާލެ ސަރަހައްދުން 50 ހާސް ގޯތި ދިނުމާއި އަދި މާލެ ސަރަހައްދުގައި ވިޔަފާރި ކުރާ ފަރާތް ތަކަށް 4 ލައްކަ ގޯތި ދިނުން ފަދަ ކަންކަން ނުކޮށް މުޅިން ވެސް އަކުން ބަކުން ފަދަ ކޫސުނި ކަންކަމޭ ކުރީ ކުރިން ވެސް ސަރުކާރު ތަކުން ހަޔަރ އެޑިއުކޭޝަނަށް ލުއި ލޯން ދެއޭ

  4. އަސްލު ހިޔާލު

    ސާބަސް! އިންތިހާބީ ރައިސް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު

  5. ސޫޒީ

    މާދަމާ އަކީ ބަންދު ދުވަހެއް ކަމަށް ހަމަޖައްސައިފިއޭ އެހެންތޭ ހިންނަވަރު އިބްރާހިމް އަދި ފުވައްމުލަކު ފައިސަލް މެން ރައީސް އޮފީހުގެ ބޮޑުންނަށް އުޅޭ އިރު އެމެން ބަަލަނީ އޮފީހަށް ނުގޮސް ހިލާލީގެ އާއި އަދި މުލިއާ ގޭގައި ތިބެގެން މާލެ ސަރަހައްދުގައި ތިބި މަދު ވިޔަފާރިވެރިން ޅިނދު ބިނދެން ދެން ކުރާ މަސައްކަތުން ނަގާ ޓެކްސް ފައިސާ އިން މިލިއަނުން ޚަރަދު ކޮށް ގެން ލަގްޒަރީ ލައިފް ގައި މި 5 އަހަރު އުޅެންއޭ ކޮރަޕްޓް މަނީ އޮން ދަ ޑާންސް ފްލޯރ ސޫޒީ ގޮޓް ދަ ނަމްބަރ ސޫޒީ ސޭސް އިޓްސް ރައިޓް ލުކް އެޓް ދިސް ލޭޒީހޮލިކް ގަވަރމެންޓް ދޭ ގޮޓް ދަކޮރަޕްޓް ނަމްބަރ ކޮރަޕްޓް ނަމްބަރސް އޮން ދަ ޑާންސް ފްލޯރ ޖަސްޓް ޓާރން އެރައުންޑް އެން ޑާންސް ޑާންސް ޑާންސް...

  6. އޮޅާލާ

    މި އިންތިޚާބަކީ ޑިމޮކްރަސީ ވަރުގަދަ ކުރަން ލިބޭ ފުރުސަތެއް ކަމަށް ކޮމަންވެލްތް އިން އައިސްފައި ތިބި ދޮނޭ މެން ބުނި ނަމަވެސް މިހާތަނަށް ކޮމަންވެލްތްގެ ގައުމު ތަކަށް ކުރި ނާރައިގެން އުޅެނީ ތިޔާ އިންތިޚާބު ތަކުގެ ސަބަބުންނޭ މަމެންނަށް ނުފެނެއޭ އިންތިޚާބު ތަކުން ޑިމޮކްރަސީ ވަރުގަދަ ވެގެންދާ ކަމަށް އިންތިޚާބު ތަކުގައި ހަދަނީ މަކަރާއި ހީލަތޭ ދެން ކޮން ޑިމޮކްރަސީ އެއް ތޭ ވަރުގަދަވާނީ ކިއެއްވެތޭ 2018 ގެ ރިޔާސީ އިންތިޚާބުގައި ލީ ވޯޓް ތައް އަންދާލާ އެމެން ވޯޓް ތައް އޮޅާލާ އީސީ ޝަރީފް އެހުރިހާ ވޯޓްސް ތައް އޭނާ ބެކަށް ޖަހާލީ އެއް ނޫންތޭ އޮޅާލީއޭ އޮޅާލީއޭ އޮޅާލީއޭ އޮޅާލީއޭ އޮޅާލީއޭ...