ފުލުހުންނަކީ ދިވެހިންނަށް، މުޅި ގައުމަށް އެހީތެރިވުމުގައި އަބަދުވެސް ނަމޫނާ ދައްކަމުން އަންނަ ބައެކެވެ. އަދި ދާދި ފަހުން ފުލުހުން ވަނީ އިންތިހާބު ތެރޭގައި އެ ނަމޫނާ އާއްމުންނަށް ދައްކާނެ ކަމުގެ ޔަގީންކަން ދީފައެވެ.

ފުލުހުން މިއަދު ނަމޫނާ ދައްކައިފިއެވެ. މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވޯޓުލުން ކުރިއަށްދާއިރު، ފުލުހުންވެސް އެ ސަަރަހައްދުތަކުަގައި ދަނީ ހަރަކާތްތެރިވި އާއްމުންނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އެގޮތުން މިއަދު މީސް މީޑިއާގެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ، ފުލުހުން އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވުމުގައި ހަރަކާތްތެރިވާ މަންޒަރު ފެންނަ ފޮޓޯތަކެެވެ. ވޯޓު ލުމުގައި އެ މީހުންނަށް އެހީތެރިވުމުގައި ފުލުހުން ހަރަކާތްތެރިވަމުންދާއިރު، ވޯޓު ލާ މަރުކަޒަށް އުމުރުން ދުވަސްވީ މީހުން ގެންދިއުމުގައިވެސް ފުލުހުންގެ ދައުރު ވަރަށް ބޮޑެވެ.

މި އިންތިހާބުގެ އެކިއެކި ކަންކަމުގައު 500 އަށްވުރެ ގިނަ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ވޯޓު ލާ ސަރަހައްދުތަކުގެ މަގުމަތީގައިވެސް ފުލުހުން ހަރަކާތްތެރިވަމުން ދަނީ އާއްމުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައެވެ.

ސީޕީ ހަމީދު ވިދާޅުވި ފަދައިން، މިއަދު ފުލުހުން މުޅި ރާއްޖެއަށް ނަމޫނާ ދައްކައިފިއެވެ. ރައްޔިތުން އެންމެ ބޭނުންވާ ވަގުތުގައި ފުލުހުންގެ އެހީތެރިކަން ލިބިގެންދާނެ ކަމުގެ ޔަގީންކަން ދައްކައިފިއެވެ. އަދި މި ރާއްޖެއަކީ އެންމެންނަށްވެސް ރައްކާތެރި މާހަައުލެއްގެ ގޮތުގައި ކަށަވަރުކޮށްދިނުގައިވެސް ފުލުހުންގެ ދައުރު ވަރަށް ބޮޑެވެ.

އިންތިހާބުގގެ ސަލާމަތީ ކަންކަން އެންމެ ފުރިހަމައަށް ކުރިއަށް ގެންދިޔުމަށް، ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ އިރު، އެ އޮޕަރޭޝަނަކީ "ބްލޫ ޓައިޑް"އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. މި

  އަލްހަމްދު ލިﷲ

 2. މަންޖެ

  ދެއްކުންތެރިކަން ހުއްޓަސް މީ ބޮޑުވަރު

  1
  10
  • ސޮރު

   މަންޖެ ހީކުރީ ކީކޭކަމަށް ހެއްޔެވެ؟ އެއީ ދެއްކުންތެރި ކަަމަށް ވަަަންޏާ މަންޖެ މީހުނަށް އެހީތެރިވެދެނީވެސް ދެއްކުންތެރިކަން ބޮޑުވީމައެވެ.. ބަލަ ތިޔަ ކޮށްލި ކޮމެންޓުގައިވެސް ވަނީ ދެއްކުންތެރިކަމެވެ..????