މިއަދު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ވޯޓުލުމުގެ ވަގުތު އިތުރުކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ހެންވޭރު އުތުރު ދާއިރާ އަށް ކުރިމަތިލާފައިވާ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

އަލްހާން މިހެން ވިދާޅުވީ، ވޯޓު ލުމުގެ ވަގުތު، އިތުރު ދެ ގަޑިއިރަށް ދިގު ދަންމާލުމަށް އީސީން ނިންމި ނިންމުމާ ގުޅިގެންނެވެ. މީގެ ކުރިން އޮތް ގޮތުން އެ ކޮމިޝަނުނން ވޯޓުލުމުގެ ގަޑި އިތުރުކޮށްފައި ވަނީ، ވޯޓުލުމުގެ ގަޑި އިތުރު ކުރުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށް އީސީގެ ނައިބު ރައީސް، އަހުމަދު އަކްރަމް ވިދާޅުވިތާ މާގިނައިރެއް ނުވަނީހެވެ. އަކްރަމް ފަހުން ވިދާޅުވީ، ވޯޓުލުމުގެ ގަޑި އިތުރުކުރުމަށް އީސީން ނިންމާފައި ވަނީ ޤައުމީ ލަފާދޭ ކޮމިޓީގެ މަޝްވަރާގެ މަތިން ކަމަށެވެ.

އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯޓު ލުމުގެ ގަޑި އިތުރު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

މިހާތަނަށް އިންތިހާބުގައި އެއް ލައްކަ ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުން ވޯޓު ލާފައިވާ އިރު، މިއަދު މެންދުރެއްހާ އިރު، ވޯޓުލާން ނުކުތް މީހުންގެ އަދަދު ވަނީ ކުއްލިއަކަށް މަދުވެގެން ގޮސްފައެވެ. އީސީން ލަފާކޮށްފައި ވަނީ ކުއްލިއަކަށް މެންދުރު މީހުން މަދުވީ ހޫނު ގަދަވުމުގެ ސަބަބުން ކަމަށެވެ.

އެންމެފަހުން ރިޔާސީ އިންތިހާބުގައިވެސް ވޯޓުލާ ވަގުތު، ދެފަހަރަށް އިތުރު ކޮށްފައިވާ އިރު، 4:00 އަށް ފުރަތަމަ ވަގުތު ކަނޑައެޅީ ކީއްވެތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އައިސޭ

    މިފަހަރު މަޖްލީސް އިންތިޚާބުގައި ވަގުތު އިތުރު ކޮށްގެން ވޯޓް އިން ވައްކަން ކުރަން ވެގެން ވަރަށް ބޮޑަށް ވެރިކަން ކުރާ ޕާރޓީން ދަނީ ރާވަމުންނޭ ކެނެރީގެ ނަޝީދެއް ނޫންތޭ އޭނާ އަށް ވޯޓް ނުދިން ނަމަވެސް އިލެކްޝަންސް ކަމިޝަނުން ވޯޓް ގައި މަކަރާއި ހީލަތް ހަދައިގެން އޭނާ ހޮވާނެއޭ ކެނެރީގެ ނަޝީދު ނުވެސް ހޮވެއޭ 2008 ވަނަ އަހަރު ވެސް ރިޔާސީ އިންތިޚާބުން ސާބެ އާއި މުހައްމަދު އިބްރާހިމް އާއި ފޯޑް އާއި ތިން މީހުން ވެގެން 10 ހާސް ވޯޓް ނަސަންދުރަ ސީލިންގް ތެރެއަށް އުކާލާ ރައީސް މައުމޫނުގެ ވޯޓް ތަކުން ވައްކަން ކުރީއޭ ދެން ރައީސް އިބޫ ވެސް ނުހޮވެއޭ ވަގު ވޯޓް އިންނޭ ހޮވީ އައިސޭ ކޭން ޔޫ ބިލީވް އިޓް...

    1
    2
  2. ނުވާނެއޭ

    ވޯޓް ލުމުގައި ގަޑި އިތުރު ކުރީ އެއީ ސީދާ ވޯޓް ގައި މަކަރާއި ހީލަތް ހަދަން ކަމަށް މަމެން ވަރަށް ބޮޑަށް ޝައްކު ކުރަމޭ ސަބަބަކީ ވޯޓް ނުލާ ތިބި އެންމެން ނަމުގައި އެމެން އެމްޑީޕީ މީހުން އައިސް ވޯޓް ލާ އަދި އިލެކްޝަންސް އިން އޮބްޒާވަރުންނަށް ބައިތިއްބާފައި ތިބި މީހުންނަށް ކަޓް ދީގެން އެހުރިހާ ވޯޓް ތައް އޮޅުވާލައިގެން ވަގު ވޯޓް ލުމަށޭ މަމެން އެއްގޮތަކަށް ވެސް ބަލައެއް ނުގަންނާނަމޭ ވޯޓް ލުމުގެ ގަޑި ތައް އިތުރު ކުރުމުން ދެން މިއިންތިޚާބު ސައްހަ ނުވާނެއޭ

    1
    1
  3. ސަންތި

    ސުވާލު އުފެދޭ! ވޯޓް ލާނެ މީހަކު ނެތޯ! އެކަމު 2 ގަޑިއިރު އިތުރުކުރީ! އަނެއްކާ ނުލަފާދޭ ކޮމެޓީ އަކީ ކޮންބައެއްތޯ؟

    1
    2
  4. އުނގުޅާދީ

    ހިންނަވަރު އިބްރާހިމް އާއި ފުވައްމުލަކު ފައިސަލް މެން ކުރާ ވެރިކަމަކީ އެއީ އަނެއްހެން ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމަށް ޓަކައި އެމެން ކުރާ ވެރިކަމަކަށް ވުރެން ބޮޑަށް ވައްތަރީ އެއީ ހޮލިޑޭ ހަދަން ސަރުކާރުގެ ރައީސް އޮފީސް ތެރެއަށް ބޭނިގަނެގެން އުޅޭ ބަޔެއް ކަމަށޭ އެމެން އެބަލަނީ މުސާރަ ބަނޑު އަޅާލަން ސަރުކާރުގެ ބަޖެޓް އިން ލިބޭނަމަ ނިމުނީ ކަމަށޭ ކޮން ކަމެއްތޭދޯ ސަރުކާރު ކާމާލު ބަތް ތައްޓަށް ހުށިޔާރު ކާލާ ކާލާ ކާލާ އޯއް އޯއް ފެން ނުބޮނީސް ބަނޑު ބޮޑުވެގެން ވައިލެވެން ފަށައިފޫއޭ ކުދިންނޭ ބަނޑު އުނގުޅާ ދީބަލަ އުނގުޅާ އުނގުޅާ ބަނޑު އަޅާލެވުނީ މާ ގަދަ އަށް ވިއްޔާ ދޯ..

    1
    2
  5. ޤޮތްކުޑަ

    ކަލެއައްދޯ އެންގެނީ، ދެންދަށްކާނެ އެހެން ހުއްޖަތެއް ނެތުނީބާ!