ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވޯޓު ނުލައްވާ ކަމަށް އެމަނިކުފާނު ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ، ޕީޕީއެމް އިން ބުނެފިއެވެ.

އެ މަނިކުފާނު ވޯޓުލާން ޖެހިވަަޑައިގަންވަނީ މައްޗަންގޮޅި އުތުރު ދާއިރާއަށެވެ. ޕީޕީއެމްއަށް ނިސްބަތްވާ ކެންޑިޑޭޓަކު އެ ދާއިރާއަށް ވާދަ ކުރެއެވެ.

އެމަނިކުފާނު ވޯޓު ނުލައްވާނެކަން ޕީޕީއެމްގެ ބައެއް މެންބަރުން މީގެ ކުރިންވެސް ވިދާޅުވިއެވެ. އެހެން ނަމަވެސް އެމަނިކުފާނު ވޯޓު ނުލެއްވި ސަބަބެއް އެނގިފައެއް ނުވެއެވެ.

މިއަދު ހެނދުނު 8:00 ޖެހިއިރު، އިންތިހާބުގެ ވޯޓުލާން ވަނީ ފަށާފައެވެ. އަދި އިރުއޮއްސި 18:00 އާ ހަމައަށް ވޯޓުލުން ކުރިއަށް ގެންދިއުމަށް އިލެކްޝަނުން ވަނީ ނިންމާާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އައްލާ ބެއްޔާ

    މަގުމައްޗައް ނިކުންނާކައް ނުކެރޭނެ މީހުން ކިޔާ ތަކެތި އަޑުއިވިފަ! އެހެންވެ ވޯޓްނުލީ!

    2
    1
  2. ކުރާކަމެކޭ

    ކޮމަންވެލްތް އިން ނެރޭ ބަޔާން ތަކަކީ އެއީ މަމެން ގަބޫލުކުރާނެ ބަޔާން ތަކެއް ނޫނޭ ސަބަބަކީ އެއީ ކޮންފްލިކްޓް އޮފް އިންޓަރެސްޓް އިންތިހާ އަށް ހިމެނޭ އުސޫލުން ކަޓް ޖައްސައިގެން މަސައްކަތް ކުރާ ޖަމްއިއްޔާ އެކޭ މަމެންނަށް ވަރަށް ބޮޑަށް ޝައްކު ކުރެވެއޭ އިލެކްޝަންސް ކަމިޝަން އިން ވަކި ވަކި ފޮށި ތަކުގެ ވޯޓް ނަތީޖާ އިއުލާން ނުކުރާތީވެ އެއީ ޔަގީނޭ އެއާރޕޯރޓް ގައި ހުރި ފޮށްޓަށް ވަގު ވޯޓް ލައިގެން އެމްޑީޕީ މެމްބަރުން ނުހޮވޭ އިރު ވެސް އެމެން ހޮވަން ވެގެން

  3. މަންޖެ

    ރ ޔާމީން ވޯޓުލާންދިޔައީ ނުފެންނަ ތާކިހާ އަޅާގެން

    3
    1
  4. ކަމާ

    އަހަރެން މީ ރައީސް ޔާމީން ނަމަވެސް ވޯޓެއް ނުލާނަން. ރިޔާސީ އިންތިޚާބުގައި ވޯޓް އޮޅުވާލި އޮޅުވާލުން އެހެން އޮއްވާ ވޯޓެއްނުލާނަން.

  5. ާއަހަނަ

    ބަލަގަ ވޯޓު ނުލައޭބުނެ ނިންމާލީމަ ލިޔުން ކަމަކު ނުދޭ. ބުނެދެންވާނެ އޭނަ ލަނީ ކޮން ދާއިރާއަކަށް ކަމާ އެ ދާއިރާއަށް ކުރިމަތި ލީ ކޮން ޕާރޓީ އަކުން ކޮން ބައެއްކަންވެސް ބުނަންޖެހޭނެ. ޢޭރުންތާ އޭނަ ހަސަދަ ލަިއގެން އެ އުޅޭ ބައެއްވެސް ސާފް ވާނީ

  6. 3 ވަނަވިސްނުން

    ނޫނަސް ރ ޔ އަކީ ރައްޔިތުންގެ މަންފާ އަންވުރެން އަމިއްލަ އެދުން ބޯޑުމީހެން ،ދެންވާނީވެސް އެހެން