ތ. އަތޮޅު ގުރައިދާ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކަށް މަޖިލިސް ގޮނޑި ގެއްލިއްޖެއެވެ.

މިހާތަަނަށް ގުނި ވަގުތީ ނަތީއްްޖާ ދައްކާގޮތުން ޖޭޕީގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރި ހުސައިން މަނިކުގެ ގޮނޑި ގެއްލިއްޖެކަން ވަނީ ކަށަވަރުވެފައެވެ. މިހާތަނަށް އެ ދާއިރާގެ ވަގުތީ ނަތީއްޖާއިން ދައްކާގޮތުން އެންމެ މަތީގައި އުޅުއްވަނީ ޕީޕީއެމް ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫންއެވެ.

މި ދައިރާއަށް ވާދަކުރި މެންބަރުންގެ ވަގުތީ ނަތީއްޖާތަކުން ދައްކާގޮތުގައި، ޢައްސާންއަށް 966 ވޯޓު ލިބުނުއިރު، އެމްޑީޕީ ދާއިރާގެ މެންބަރު މުހައްމަދު ނާސިރުއަށް ލިބުނީ 684 ވޯޓެވެ. އަދި މެމްބަރު ހުސައިން މަނިކު ދޮންމަނިކަށް ލިބުނީ 478 ވޯޓެވެ.

މި ދާއިރާގެ ފުރިހަމަ ތާއިދު ޢައްސާން ހޮދިއިރު، މީސް މީޑިއާ މެދުވެރިކޮށް އޭނާއަށް މަރުހަބާ ކިޔަމުން އެބަދެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙ

    ސާބަހޭ ގައްސާން! މަރުހަބާ!!???