އިއްޔެ ބޭއްވި ރައްޔިތުން މަޖިލިސް އިންތިޚާބުގައި މަޑުއްވަރީ ދާއިރާ އަށް ވާދަކުރެއްވި، ވެލިދޫ ދާއިރާގެ މިހާރުގެ މެންބަރު ޢަބްދުﷲ ޔާމީން ރަޝީދާއި، މަޑުއްވަރީ ދާއިރާ އަށް ވާދަކުރެއްވި މިހާރުގެ މެންބަރު މުހައްމަދު އަމީތަށް އިންތިޚާބު ނާކާމިޔާބުވެއްޖެއެވެ.

މީގެ އިތުރުން، އިހަވަންދޫ ދާއިރާއަށް ވާދަކުރެއްވި މިހާރު އެދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އަށް ވެސް އިންތިޚާބު ވަނީ ނާކާމިޔާބުވެފައެވެ.

ޢަބްދުﷲ ޔާމީން ރަޝީދު އެ ދާއިރާ އަށް ވާދަކުރެއްވީ، އަޙުމަދު އަދީބު އިސްކޮށް ހުންނަވާ ދާދި ފަހުން އުފެއްދި އެމްޓީޑީގެ ޓިކެޓުގައެވެ. ޔާމީން އަކީ، އަދީބު މިނިވަން ކުރުމަށް ފާޅުގައި ވަކާލާތުކުރަމުން އަންނަ ބޭފުޅެކެވެ.

މަޑުއްވަރީ ދާއިރާގެ މިހާރުގެ މެމްބަރ، މުޙައްމަދު އަމީތު އެ ދާއިރާ އަށް ވާދަކުރެއްވީ، ޖުމްހޫރީ ޕާޓީގެ ޓިކެޓުގައެވެ. އަމީތަކީ ގދ.ގައްދޫ އަށް ނިޞްބަތްވާ ބޭފުޅެކެވެ. މަޑުއްވަރީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ޕީއެންސީ ގެ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރެއްވި އާދަމް ޝަރީފް ޢުމަރެވެ.

މީގެ އިތުރުން، އިހަވަންދޫ ދާއިރާ އަށް ވާދަކުރެއްވި، އެ ދާއިރާގެ މިހާރުވެސް މެމްބަރ، މުޙައްމަދު ޢަބްދުﷲ އަށްވެސް ވަނީ މި އިންތިޚާބު ނާކާމިޔާބު ވެފައެވެ. މުޙައްމާ އަކީ އެމްޑީޕީގެ ޕްރައިމަރީގައިވެސް ވާދަކުރެއްވި ބޭފުޅެކެވެ. ނަމަވެސް ޕްރައިމަރީ ނާކާމިޔާބު ވުމާއި ގުޅިގެން، މި އިންތިޚާބުގައި މުޙައްމާ ވާދަކުރެއްވީ އަމިއްލަ ގޮތުންނެވެ.

އިހަވަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީ ޓިކެޓުގައި އެ ދާއިރާއަށް ވާދަކުރެއްވި މުޙައްމަދު ޝިފާޢުއެވެ.

މަޖިލިސް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، މަޖިލީހުގެ ސްޕަރ މެޖޯރިޓީ އެމްޑީޕީން ނަގާނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޙާސަރު

    ސަޅި

    17
    3
  2. ސާލެމަން

    ހަހަހަ. މުހައްމާމެން ދެން ކޮންބައެއް.

    7
    1
  3. ރަޝީދު

    މައުމޫނަށް ކިތައް ގޮނޑިބާ؟ ރީތިވެއްޖެނު؟؟؟؟ ދެން ލިބުނު މަޤާމުގައި ފިތިފަ ތިބެގަ!

  4. އައިމީ

    އަލްހަމްދުލިއްލާހި. ވެލިދޫ މީހުންނަން ދިން ލަނޑު ހަނދާންވޭަތަ. ޔާމީނޫ... ބަޔަކަށް ދެރައެއްދީފަ އަރާކުރިއެއް ނުލިބޭނެ. ދެންއޮވޭ. ރައްޔިތުންނަށް ހަރާމްކޯރުވާމީހުން

  5. ކަލޯ

    މި ނޫހުން ކީއްވެބާ ނިހާންއާއި އަދުރޭ ގޮނޑި ގެއްލިއްޖެ ޖަހާފަ ޚަބަރެއް ސީދާ ވަކިން ނުލިޔުނީ؟ ނޫނީ ޕޕމ އިން ގޮނޑި ކާމިޔާބު ނުވި މެންބަރުންގެ ނަންތައް ހިމެނޭ ޚަބަރެއް ނުލިޔުނީ؟ ހިތްދަތި ވާލެއް ބޮޑީ ދޯ؟؟؟

    2
    2
  6. ބަބުރު

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ