ރައްޔިތުން މަޖިލީހާއި، ސަރުކާރާ ހަވާލުކުރެވުނު ޒިންމާ އަދާކުރެވޭތޯ ބަލަން ޖެހޭނީ ނޫސްވެރިން ކަމަށާއި، އެކަންކަން ހާމަކުރުމަށް މަޑުން ނުތިއްބެވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފިއެވެ.

ރައީސް މިހެން ވިދާޅުވީ މަޖިލީސް އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ސާފު އަގުލަބިއްޔަތާއެކު އުފާފާޅުކުރުމަށް ލޮނުޒިޔާރަތް ކޮޅުގައި ބޭއްވި ޖަލްސާގައެވެ.

" އަޅުގަނޑުމެންނާ މި ހަވާލުކުރި މަސައްކަތުގެ ޒިންމާ އަދާކުރޭތޯ ބަލަންވީ ނޫސްވެރިން. ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ފައިސާ އަށް ހިޔާނާތްތެރިވެއްޖިއްޔާ ލިޔުއްވާ. އަޅުގަނޑު މި ހުރީ ފިޔަވަޅު އަޅަން ތައްޔާރަށް. މި ސަރުކާރުގައި ތިބެން ވާނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް. އަމިއްލަ މަސައްކަތް ކުރުމުގެ ޖާގައެއް ހިލާ އަޅުގަނޑު ނުދޭނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއީ ގައުމުގެ ރައްޔިތުން އެންމެން އެކީގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށާއި، މިހުންނެވީ ތައްޔާރަށް ކަމަށެވެ.

"މިއީ ގައުމުގެ ރައްޔިތުން އެންމެން އެކީގައި މަސައްކަތް ކުރަންވީ ވަގުތު. އެންމެން އެކީގައި މަސައްކަތް ކުރަން އަޅުގަނޑުމެން މި ތިބީ ތައްޔާރަށް. އަޅުގަނޑު މިއަދު ވެސް މިހުރީ މި ޓީމާ އެކީގައި މަސައްކަތް ކުރަން ތައްޔާރަށް. ކޮރަޕްޝަނާއި ވައްކަން ބަލަން އެކުލަވައިލި ކޮމިޝަން އާ މަޖިލިހާ އެކު ކުރިއަށް ދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިއަދުގެ ވޯޓުން ދައްކައިދެނީ 23 ސެޕްޓެންބަރުގައި ނިންމި ނިންމުމުގައި ރައްޔިތުން ސާބުތުވެ ތިބިތަން ކަމަށާއި، އެގޮތުގައި ރައީސްވެސް ހިދުމަތް ކުރައްވާނެ ކަމަށެވެ.

"ރައްޔިތުން މި ނިންމި ނިންމުމަކީ 23 ސެޕްޓެމްބަރުގެ ނިންމުމާ އެކު ތިއްބެވި ކަން އަންގައިދޭ ނިންމުމެއް. ވައްކަމާއި ކޮރަޕްޝަނަށް އެނބުރި ދާން ބޭނުން ނުވާ ކަމަށް ތިޔަބޭފުޅުން ނިންމެވީ. މި އިންތިޚާބު ކުރިއަށް ގެންދިޔައިރު ފުލުހުންނާއި އެމްއެންޑީއެފަށް ޝުކުރު އަދާކުރަން، ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ޚިޔާލު

    ކަމާއި ބެހޭފަރާތަކުން އަޅާނުލައްޏާ ކަންކަމުގެ ވާހަކައިން ހަމައެކަނި ރިޕޯޓުކުރެވެންވާނީ ނޫސްވެރިންނަކަށްނޫން ކޮންމެ ދިވެހިރައްޔިތަކަށްވެސް ވަލިއްޔުލް އަމުރަކަށް ހުންނަވާ ބޭފުޅަކަށް ގައުމުގައި ފަސާދައެއް އުފެދޭކަން އެގޭނަމަ ލިޔެވެންވާނެ އަދި އެފަދަ ކަމެއްގެ ދޮގުތެދު ބެލެއްވާނެ ވޭތުވި ކުޑަދުވަސްކޮޅުގައި ވައްކަމެއް ނުހިގިނަމަވެސް މި ސަރުކާރު އެހާ ރަގަޅު ނޫންކަން އަޅުގަނޑަށް ފާހަގަ ކުރެވޭ މަޖްލީސް ލިބުމުން ވާނެގޮތެއް އަދި ނޭގޭ ރަގަޅު ވާނެކަމަށް އުންމީދު ކުރަން

    28
    2
  2. ޟިރާރު

    ގައުމު ގެ މިނވަންކަން ވިއްކާލާފަ ވަނީ..މިއަދުވެސް އެތައްމިލިއަން ރުފިޔާ އެއް ބަހަމުންދިޔަ..ވޯޓްލާ މަރުކަޒު ތެރޭގައި ވެސް ވަކި މީހަކައް ވޯޓްލުމައް ބުނަމުން ދިޔަ... ވޯޓް ލުމުގެ އެއް ދުބަސް ކުރިން އެމްޑީޕީ އިން މާފުށީގައި ގައިސާ ބެހި

    38
    8
  3. Anonymous

    ބޮޑާވެ ކިބުރުވެރިނުވޭ، މާތްﷲ އިރާދަކުރައްވައިފިނަމަ ވެރިކަން ގެންދަވަން ސިކުންތުކޮޅެއްވެސް ނުނަގާނެ.

    16
  4. ހިރިޔާ

    ނޫސްވެރިންނޭ ނަމަނަމަ އެނގިހުރެ ދަންތުރައެއްގައި ނުބެދޭތި އެޖެއްސެވީދަންތޫރައެއް ރަނގަޅަށް ހޭއަރުއްވާ ނަމަނަމަ ސާފްމަގަކުންނޫނީ ކުރިއަށް ނުދާތި މިއީ ހެޔޮނަސޭހަތެއް

    11
    1
  5. ކައްޕިތާން

    ރަށްޔަތުންނައް ހިދުމަތް ކުރަށްވާވާހަކަ ވިދާޅުވާއިރު މި ފާއިތުވި 2 މަސްދުވަހު އުޅުއްވީ ކެންޕޭނުގައި މުޅި ކެބިނެޓް ކަހަލަގޮތަކަށް އެއީ ހިދުމަތުގެ ބަޔެއްތޯ

    14
  6. ކޮއިފުޅު

    އެހެންވީމަ ކޮންމެ މީހަކުވެސް ނޫސްވެރިޔަކަށްދޯވާންވީ ދައްކާ ވާހަކަ ރަށްރަށުގައި ލާރިތައްބަހަބަހާފަ ރިޝްވަތުދީގެން ވޯޓްފޭރިފަ ކިބޫ

    13
  7. ކޮތަރު އިމްރާނު

    ރައީސް ނޫސް ނުކިޔާކަން ފާހަގަ ކުރެވޭ. އެހެންނޫންނަމަ މި ނޫހުގަ ލިޔާ އެއްޗެހިވެސް ހުންނާނީ ފެނިފަ.

    9
    2
  8. ކުރާކަމެއްތޭ

    ހުރިހާ ސިޓީ ތަކުން ސްޕެޝަލީ މާލެ އޭރިޔާއިން %99 ގޮނޑި ތައް އެމްޑީޕީ އަށް ދިނީ އެއީ މާލެ ސަރަހަައްދަށް ކަންކަން ކޮށް ދިނުމަށް ޓަކައޭ އެގޮތުން ބަލާއިރު އެބަޖެހޭ މިމަހު ހުޅުމާލޭން 2 ހާސް އަކަފޫޓްގެ 25 ހާސް ގޯތި މާލެ ސަރަހައްދުން ގޯއްޗަށް އެދިފައިވާ އެންމެންނަށް ދޫކޮށްލަން އެއިރުންނޭ ރައީސް އިބޫގެ ވެރިކަމުގައި ފިރިހެންވަންތަ ކަމެއް ކުރި ކަމަށް ގަބޫލު ކުރެވޭނީ ރަނޑު ކަންކަމޭ މިހާރު ތިޔާ ކުރަނީ ރަށްރަށުގައި ފާޚާނާ ހޮޅި އަޅައިގެން އެއީ ކިއެއްކުރަން

    3
    3
  9. އަހްމަދްފުޅު

    ދާދިމިދާކަށް ދުވަހު ކެމްޕޭނުޖަލްސާއެއްގައި ރައީސް ސޯލިހު ބުނީ ކަރަންޓްގެ އަގުހެޔޮކޮށްފީމޭ. މިމަހުގެ ކަރަންޓް ބިލުން އެކަން އެނގޭނޭ. އިއްޔެ އެއޮތީ މިގޭކަރަންޓް ބިލް ލިބިފާ. ކުރީގެ އަގާ އެއްވެސް ތަފާތެއްނެތް. ހެދީ ބޮޑުދޮގެއް. ނޫސްވެރިން މަޑުން ނުތިބެ މިކަމުގެ ވާހަކަތައް ލިޔެބަލަ.

  10. ކެޔޮޅު

    ދެންކީއްތަ ކުރަންވީ ފުމެންވީތަ؟؟

  11. ާޝުޖާ

    ވެރިކަން ކުރާޕާޓީއަށް ސުޕަމެޖޯރެޓީ ދިނުމުން ހިތާމަކުރަން ޖެހޭނެ ފަހުން!