އައްޑޫ ސިޓީ މީދޫ ދަނޑު ބިންތައް އޮންނަ ސަރަހައްދުގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

މީދޫގެ ދަނޑުބިންތައް އޮންނަ ސަރަޙައްދަކީ މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރުގައި އޮންނަ ސަރަޙައްދެކެވެ. މައުލޫމާތު ލިބޭގޮތުގައި އެ ސަރަޙައްދުގައި ރޯވީ ދަނޑުބިން ސާފުކުރުމަށް އަލިފާން ރޯކުރުމުންނެވެ.

އެރަށުން ވާހަކަަދެއްކި މީހަކު ބުނީ، ރޯވެފައި ވަނީ ދަނޑުބިންތައް ސާފް ކުރުމަށްފަހު ހުރި ކުނިތަކުގައެވެ. އެ ކުނި ތަކުގައި ރޯކޮށްލި އަލިފާންގަނޑު ވަރަށް ބޮޑަށް ފެތުރިގެން ދިޔައެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން އަލިފާންގަނޑު މިހާރު ނިއްވާލާފައިވާއިރު، އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢަހަންމާ

    ޢެޖެންޑާ 19 ގެ ފެށުން. ސާބަހޭ ނަޝީދު

    1
    2
  2. މީދޫހަމީދުޑީޑީ

    އައްޑޫގަ ވޯޓު އޮޅުވާލަން ބޭނުން ކުރި ތަކެތި އިނޑިޔާގެ ރޯ އެޖެންޓުން ނައްތާލީ ކަމަށް ވަނީ. އެ ސަރަހައްދައް އެމްއެންޑީއެފް އިން ބޭނުންކުރާ ވެހިކަލެއްގަ ފޮށިގަނޑު ތަކެއް ބޭލިތަން ފެނުން ކަމަށް މީހުންބުނި

  3. 1111

    މިހާރު މި އެނގެނީތާ ތަންތަނުގައި ހުޅު ޖެހުމުގެ ފަހަތުގައި މިވަނީ ކޮން ބައެއްކަން! އަބަދުވެސް ކޮންބެވެސް އެހެން ބައެއްގެ ބޮލުގައި އަޅުވަންހެން ހީވަނީ މީގެ ކުރީން އެކަން ކޮށް އުޅުނީ.. އަދި ކިރިޔާ ތޮށިން ބޭރަށް އަންނަން ފެށީ.. ގޮތް ހުސްވީމަ ކަންނޭގޭ

    2
    1
  4. ހިތާމަ

    އުޚުއްވަތްތެރި ކަމުގެ އަގުމާތްވި ގުޅުމާ އަދި ވަފާތެރިކަން
    އަޚުންނާ އުޚުތުނާ ދުރުގައި މިއަދު އުޅެނީ ގަޔާނުވެގެން
    ޝަރަފުވެރި އަދި ޤަދަރުވެރި އިއްޒަތާ އަބުރުގެ އެނަލަފޭރާން
    ވަނީ އަދު ބާވެފައި ކުލަ ފަނޑުވެފައި ބޭނުން ނުކޮށް އޮވެގެން
    ހަސަދަވެރި ފިތުނަވެރި ރޫހާއި ގުޅިގެން އަދުލުވެރިކަންވެސް
    މިސައްތައިން ސައްތަ ދިވެހި ބިމުން ވަކިވެދާތަން ދަނީފެނިގެން
    ބޮޑަތިވާ ކުޑަކުދިންތައްވެސް މައިން ބަފައިންގެ ބަސްނާހާ
    ބޮޑަތިވާ މަންޒަރޭ ތަކުރާރުކޮށް މިދަނީ މިއަދު ފެނިގެން
    ހަޔާތުގެ ދަތުރުގައި ބޭނުން ހިފަންއޮތް އެންމެ ރީތި އަމާން
    އަޤީދާ ރިވެތި އިސްލާމީ ދަނީ ބަލިކަށިވަމުން އުވިގެން
    މިޖީލުގެ އެންމެހާ ކުދިބޮޑުތަކުން ދުނިޔޭގެ ރަޅަތަކުގައި
    ނިކަން ރަނގަޅަށްވަނީ ޖެހިފިތިފައޭ ހޭވެރިކަމެއްނެތިގެން

  5. ބައުކަލޯ

    ތިވާނީ ރޮޒޭނާ ހޮވުމުން އިދިކޮޅު މީހުން ކޮށްލި ކަމަކަށް

    1
    1