ހަކަތައާ ގުޅޭ ބައިނަލްއަގުވާމީ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ޖަރުމަންވިލާތައް ފުރައިވަޑައިގެންފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ވިދާޅުވީ ފޮރިން މިނިސްޓަރ ޝާހިދުގެ ދަތުރުފުޅަކީ މި މަހުގެ 9 އިން 10 އަކަށް އޮންނަ "ބާލިން އެނާޖީ ޓްރާންސިޝަން ޑަޔަލޮގު" ގެ ފަސް ވަނަ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރ ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އެ ބައްދަލުވުމަކީ ތިމާވެއްޓަށް ގެއްލުން ކުޑަ ހަކަތަ އުފެއްދުމަށް ހިޔާލު ބަދަލު ކުރުމަށް ބޭއްވޭ މުހިންމު މަޝްވަރާތަކެއް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އެ ބައްދަލުވުމުގެ ތެރެއިން، އިއާދަކުރެނިވި ހަކަތާއި ގުޅޭގޮތުން ބާއްވާ މަޝްވަރާ ޕެނަލްގައި މިނިސްޓަރ ޝާހިދު ވާހަކަފުޅު ދައްކަވާނެ އެވެ.

މި ދަތުރުފުޅުގައި މިނިސްޓަރ ޝާހިދު ޖަރުމަނުގެ ފޮރިން މިނިސްޓަރު ހެއިކޯ މާސްއާ ބައްދަލު ކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން މަސައްކަތް ކުރައްވާނެކަމަށް ވެސް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

މިނިސްޓަރ ޝާހިދު ވަޒީރުކަމާއި ހަވާލުވެ ވަޑައިގެންނެވި ފަހުން ރާއްޖެ އިން ބޭރަށް ގިނަ ދަތުރުފުޅުތަކެއް ކުރައްވާފައިވެއެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި އެދަތުރުފުޅުތަކުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. ނަމަވެސް ފޮރިން މިނިސްޓްރީން އިއުލާން ކުރަމުންދާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ސަރުކާރަށް ހިލޭ އެހީގެ ގޮތުގައި ލިބިފައި ވަނީ 389.6 މިލިއަން ރުފިޔާ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މިގުންޑާ 19

    އެދިޔައީ ގާނޫނަށް ޔަހޫދީން ގެންނަން ބޭނުންވަނީ ކޮންކަމެއްތޯ ބަލަން. އެމީހުން ލިޔެފަދޭ ގާނޫނުތަ މަޖުލިސް ހުޅުވުނީމަ ފެންނާނެ ބަލަންތިބޭ ރިޝްވަތަށް ގައުމުވިއްކިމީހުން. ޔަހޫދީން އަތުން ލާރިނަގައި ގައުމާ ދީން ވިއްކައިގެންތިބި ލާދީނީ ބައިގަޑު.

    9
    1
  2. ޒައިތޫނި

    ޢެޅ ރާއްޖެއަށް އަންނައިތު ހަކަތަ ވަރަށް ވަރުގަދަވާނެދޯ؟

    4
    3
  3. މުގް

    ދަތުރު ތަކުން އެހީލިބޭ ކަމުގާވާނަމަ ހަމަ ރަނގަޅު

    2
    7