ނެއްލައިދޫގައި ކަރަންޓްގެ ހާލަތު ކަންބޮޑުވާ ދަރަޖައަކަށް ދަށްވުމުގެ ސަބަބުން ރަށު އިންޖީނުގޭ ކައިރިއަށް އެއްވެ ރައްޔިތުން މުޒާހަރާ ކުރަން ފަށައިފިއެވެ.

ނެއްލައިދޫން މައުމޫމާތު ދިން މީހަކު ބުނީ ގިނަ އަދަދެއްގެ ރައްޔިތުން އިންޖީންގެ ކައިރިއަށް އެއްވެ ގޮވާލަމުންދަނީ ކަރަންޓްގެ ޙާލަތު ރަނގަޅު ކުރުމަށް ކަމަށެވެ. އަދި މައްސަލަ ހައްލު ކުރެވޭނޭ ތާރީހެއް ދިނުމަށާއި ހައްލު ނުކުރެވޭނަމަ ކަރަންޓް ފޯރުކޮށްދިނުމުގެ މަސައްކަތުގައި އިސްކޮށް ތިބި މީހުންނާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އިސްތިއުފާ ދިނުމަށްވެސް ރައްޔިތުން ދަނީ ގޮވާލަމުންނެވެ.

ނެއްލައިދޫ މީހުން މިއަދު މުޒާހަރާގައި
ނެއްލައިދޫ މީހުން މިއަދު މުޒާހަރާގައި

މިއަދުގެ މުޒާހަރާގައި އަންހެނުންނާއި ޒުވާނުން ހިމެނޭ ގޮތައް 300 އަށް ވުރެ ގިނަ މީހުން ދަނީ ބައިވެރިވަމުންނެވެ.

ނެއްލައިދުއަށް ކަރަންޓްގެ މައްސަލަ ދިމާވެފައިވާތާ މިހާރު ދުވަސްތަކެއް ވެފައި ވާއިރު އެރަށު މީހުން ބުނާ ގޮތުގައި އިރުއިރުކޮޅުން ކަރަންޓް ކެނޑުމުގެ ސަބަބުން އަގުބޮޑެތި އެތައް ސާމާނެއް ވަނީ ހަލާކުވެގެން ގޮސްވައެވެ.

ނެއްލައިދޫ މީހުން މިއަދު މުޒާހަރާގައި
ނެއްލައިދޫ މީހުން މިއަދު މުޒާހަރާގައި

"އެއާކޯނާއި، ޓީވީ އާއި ހިފައިގެންގުޅޭ އެތައް ކަރަންޓް ސާމާނެއް ބޭނުން ނުކުރެވޭ ވަރަށް ހަލާކު ވެގެން ހިނގައްޖެ. ކަރަންޓްގެ މައްސަލައިގެ ކަންބޮޑުވުންތައް ހިއްސާކުރަން ޖެހޭ ފަރާތްތަކާއި ހިއްސާ ކުރަމުން އަންނަތާ އެތައް ދުވަހެއް ވީއިރު ވެސް މައްސަލައަށް ހައްލެއް ނުލިބުނު." މުޒާހަރާގައި ބައިވެރިވަމުންދާ މީހަކު ބުންޏެވެ.

މިހާރު ވެސް ނެއްލައިދޫގައި ކަރަންޓް ނެތް ކަމަށް މައުލޫމާތު ލިބެއެވެ. ކަރަންޓް ކެނޑިފައި ވާތީ މިއަދު ސްކޫލްގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ވެސް ވަނީ ހުރަސް އެޅިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކަޅުމަރިޔަނބު

    ނުޖެހެ މުޒާހަރާކުރާކަށް މި ސަރުކާރާ ދެކޮޅަކަށް! ޢަމްދުން ނެއްލައިދޫ މީހުން.

    18
    9
  2. ހުސޭނުބޭ

    އިއްޔެއެއްނު ބަލާވެރިކަމަށް އަމިއްލައަށް އެދިގެން ކަލޭމެން ވޯޓުދިނީ! ދެން އަމިއްލައަށް ހޯދައިގަތް ބަލާވެރިކަމަށް ކެތްކޮށްލައިގެން ތިބެންވީނު!

    26
    5
  3. ކެނެރީގޭ ވަގު

    ތީކީ ސަރުކާރު މަސަލައެއް ނޫން
    ތީ ފެނަކަގެވެސް މަސަލައެއް ނޫން
    ތީ އިންޖީނުގެ މައްސަލައެއް އެހެން ވީމާ އިންޖީނާދެކޮޅައް މުޒާހަރާ ކުރޭ

    17
    9
  4. ހުސޭނާ

    އެޖެންޑާ 19 އަށް ސަލާމް،ރައީސް އަށް ސަލާމް،ބޮޑުވަޒީރަށް ސަލާމް

    18
    1
  5. ޅ

    މުޒަަހަރަަ ކުރާނެކަމެއް ނެތް. އެމް.ޑީ.ޕީ ސަރުކާރު ދެމެއްހެއްޓޭ ތޯ ބަލާ

  6. ޒޒޒ

    މިއޮށް ކަމެއް... ތި ކުދިންވެސް ނެއްލައިދޫ އަށް އެރީމަ އިނގޭނީ މީ ކިހާވަރެއްގެ ކަމެއްކަން...