ޝަރީޢަތުގެ އެކި ނިންމުންތަކަށާއި ފަނޑިޔާރުންގެ އެކި ނިންމުތަކަށް ފާޅުގައި ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ ޤާނޫނީ ވަކީލް ހިސާން ހުސައިން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީޢަތް ކެންސަލް ކުރުމުން އެކަމަށް އަމާޒުކޮށް އެއްޗެއް ސީދަލަށް ވިދާޅުވުމުގެ ބަދަލުގައި "މުސްކުޅިބަހެއް" ޓްވީޓް ކުރެއްވުމަށް ފަހު "ހަނު ހުންނަވައިފިއެވެ."

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގެ ފުރަތަމަ އަޑުއެހުމަށް ފަހު މިމަހުގެ 18 ވަނަ ދުވަހު ހިސާން ދެއްކެވި ވާހަކަފުޅާއި ގުޅިގެން ހޯމަ ދުވަހު ވަނީ ކްރިމިނަލް ކޯޓަށް ހާޒިރު ވެސް ކޮށްފައެވެ.

ހިސާން ކުރިމިނަލް ކޯޓަށް ހާޒިރުކުރީ އުއްތަމަ ފަނޑިޔާރުގެ ޝަރީއަތް، އެ މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ހިންގަވަނީ އާބިޓްރަރީކޮށް ކަމަށް ވިދާޅުވުމުންނެވެ.

ހިސާންގެ އެ އަމަލުގެ ސަބަބުން ކޯޓާ މެދު ނޭދެވޭ ތަސައްވުރެއް އުފެދޭ ގޮތަށް ވާހަކަ ދެކެވިފައިވާތީ، އޭނާ ވަނީ ކްރިމިނަލް ކޯޓުގައި މަޢާފަށް ވެސް އެދިވަޑައިގެންފައެވެ.

އިއްޔެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ބަންދާއި މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ހަގަޑިއިރު ކޯޓުގައި ބޭންދެވުމަށް ފަހު ޝަރީޢަތް ކެންސަލް ކުރުމުން ހިސާންގެ ފަރާތުން ކޯޓަށް "ވަރުގަދަ ބަހުގެ ހަމަލާއެއް" ދޭނެ ކަމަށް ހީކުރެވުނު ނަމަވެސް ހިސާން ދެއްވީ ވަރަށް ފިނި ރައްދެކެވެ.

ހިސާން ކުރެއްވި ޓްވީޓެއްގައި ހިމަނުއްވާފައި ވަނީ މުސްކުޅިބަހަކާއި އެބަހުގެ މާނަ އެވެ. އެބަހަކީ "ވަކަރު ގަނޑު މާވަޑިޔާގެ ހިތެކެވެ." އެބަހުގެ މާނަ އަކީ "މިހެން ބުނެ އުޅެނީ ޝަރީޔަތުގެ ކޮންމެ އެއްފަރާތަކަށް ބުރަވާގޮތައް ނިޔާ ކަނޑައެޅިއްޖެކަމަށް ހީވީމައެވެ."

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީޢަތް އިއްޔެ ކެންސަލް ކުރުމާއި ބެހޭ ގޮތުން ހިސާން އަދި އިތުރު އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދިސްއިޒްއިޓް

    ރައްޔިތުންގެ މަޖްލީހުގެ އިމްތިޔާޒު ތަކާއި ބެހޭ ގަވާއިދަކީ އެއީ ގާނޫނެއް ނޫނެވެ. އެއީ އެމެން އަމިއްލަ އަށް ހެދި ގަވާއިދެކެވެ. ގާނޫނުގެ ކުރިމަތީގައި އެންމެން ހަމަ ހަމަ ވާން ޖެހޭނެއެވެ. ރައްޔިތުންގެ މަޖްލީހުގެ މެމްބަރުން ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވިފައިވާ ނަމަ އެމެން ނުޖެހޭނެ މަޖްލީހުގެ ޖަލްސާ އަށް ހާޒިރު ކުރަން ބިކޮޒް އާންމު މީހާ ވެސް ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވިއްޖެނަމަ ނުޖެހޭ އޭނާ ވަޒީފާ އަދާ ކުރާ ތަނަށް ވަޒީފާ އަށް ނިކުންނާން. އެހެން ކަަމަށްވާނަަމަ އެއުސޫލު އޮންނަން ޖެހޭނީ މަޖްލީހުގެ މެމްބަރުންނަށް ވެސް. މަޖްލީހުގެ މެމްބަރުންގެ އިމްތިޔާޒު ތަކާއި ބެހޭ ގަވާއިދަކީ އެއީ އެމެން އަމިއްލަ އަށް ކޮންފްލިކްޓް އޮފް އިންޓަރެސްޓް ހުންނާނެ އުސޫލުން ހަދާފައިވާ ގަވާއިދަކަށް ވާތީވެ އެގަވާއިދު ޖެހޭނީ ސްޕްރީމް ކޯޓުގެ ހުކުމް އަކުން ބާތިލް ކޮށްލަން ސަަރުކާރުން. އެއްވެސް ގަވާއިދެއް ނެހެދޭނެ ގާނޫނު ތަކަަށް ވުރެން ބާރު ގަދަ ކޮށް. ދިސް އިޒް އިޓް.

  2. ހުސޭނުބޭ

    ވަކީލުކަމުގެ ދާއިރާގައި ތިމާ ހިތްރުހޭ ގޮތަށް ކަންތައްތައް ނުވުމުން ތެޅިތެޅި މުސްކުޅިވީމާ ދެން ބުނެވޭނީވެސް މުސްކުޅި ބަހެއްނު............ ތިއީ މަސްނުބޭނުމުން ކަނޑު ގޯސްކުރާ މީހުން.

    • ހުސޭނު

      އެހެންވީމާ އަބްދުﷲސައީދަށް ބުރަވާގޮތަށް ނިޔާ ކަނޑައެޅިއްޖެކަމަށް ހިސާނަށް ހީވީތާ؟

  3. ވާނުވާ

    1980 ގެ ފަހު ކޮޅުގެ އަހަރުތަކުގައި ޝެއިޚް ހުސައިން ޔޫސުފް އޭނާގެ އުފަން ރަށް ކަމަށް ވާ ބ. ހިތާދޫ އަށް ވަޑައިގެން އެރަށުގެ ހުރިހާ އަންހެނުން އެއްކޮށްގެން ދީނީ ނަސޭހަތް ދެއްވި އެވެ. އެތަނަށް ދިޔަ މީހަކު ބުނާ ގޮތުން އދުވަހު އެތާ ލޮލުން ކަރުނަ ނާޅާ އަންހެނަކު ނެތެވެ. އެދުވަހުގެ ފަހުން ހިތާދޫ ގެ ހުރިހާ އަންހެނުން އުޅެނީ ބުރުގާ އަޅައިގެން ނެވެ. އުމުރުން 9 އަހަރުގެ ކުޑަކުދިން ވެސް މެ އެވެ. އޭރު އަދި ރާއްޖޭގެ ރަށްރަށޫގައި ބުރުގާ އެހާ އާންމެއް ނޫނެވެ.
    ޙޫސައިން ޔޫސުފް ރަށުގެ ރައްޔިތުންނަށް ދެއްވި ބަސޭހަތް ދަރަިކަނަބަލުން ނަށް ނުދެއްވަނީބާ؟ ނޫނީ ބޯހަރު ކަމުން ބައްޕަގެ ބަސް ނާހަނީބާ؟

  4. ރައްޔިތުން

    ހަަމަ އެގޮތަށް ގައުމު ހިންގުންވެސް ރައީސްގެ އަތްމަތީގައި އޮތް ބާރެއް ވީއިރު މި ހުރިހާ ހައިޖާނެއް އުފެދެންވީ އެއްވެސް ސަބަބަ އަޅެ ފަހެ އެބައޮތްތަ؟؟

  5. ޒުންނޫރާޒު

    ހައްގު އޮންނަނީ ހަމައެކަނި ޔާމީނަށް ބައި އަތުހިފައިންތިބޭ މީހުންގެ އެކަނި މަޙްޝަރު ދުވަހުންވެސް ޔާމީން އަށް ބައި އަތުހިފައިގެން ތިބޭމީހުން އެކަނި އުތަ ސަވާބު ލިބެނީވެސް