ޖޭޕީގެ ލީޑަޝިޕާއި ކައުންސިލް ބައެއް މެމްބަރުންނާ ހިޔާލު ތަފާތުވެ، ބަހުގެ ހަމަލާތައް އަމާޒުވާން ފެށުމުން ޓޫރިޒަމް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރައީސް އަލީ ވަހީދު، އެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުން ހިމެނިވަޑައިގަންނަވާ ވަޓްސްއެޕް ގްރޫޕްތަކުން ބޭރުވެއްޖެ އެވެ.

"ވަގުތު" އަށް އެގިފައިވާގޮތުގައި އަލީ ވަހީދު ޖޭޕީގެ ގުރޫޕްތަކުން ބޭރުވީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ޖޭޕީ އަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވީ އަލީ ވަހީދު، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމުން ކަމަށް ޖޭޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ބުނަން ފެށުމުންނެވެ.

މި ކަމާއި ގުޅިގެން ބައެއް މީޑިއާތަކާއި ވާހަކަ ދައްކަމުން އަލީ ވިދާޅުވީ އޭނާ ހުންނެވީ ކުރި ހުވާގެ މަތީގައި، ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުން ނިންމި ނިންމުން ދިފާއު ކުރަން ކަމަށާއި، އެމްޑީޕީގެ ކެމްޕެއިން ހަރަކާތުގައި ބައިވެރިވެވަޑައިގަތީ ޔާމީނާ އެއްކޮށް ކުރިއަށް ވަޑައިގަތުމަށް ބޭނުން ނުވާތީ ކަމަށެވެ.

ހޮނިހިރު ދުވަހު ބޭއްވުނު މަޖިލިސް އިންތިޚާބުގެ ނަތީޖާތައް ދައްކާގޮތުން، އެމްޑީޕީ އަށް މަޖިލީހުގެ ސްޕަރ މެޖީރިޓީ ވަނީ ލިބިފައެވެ.

އެގޮތުން 19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް 65 ގޮނޑި އަށް ވުރެން ގިނައިން ލިބޭއިރު މާލެ، އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ގޮނޑިތަކުގެ ބޮޑު އަގުލަބިއްޔަތު އެމްޑީޕީއިން ވަނީ ނަގާފައެވެ. އަދި މާލެ ސިޓީގެ 15 ގޮނޑީގެ ތެރެއިން، 14 ގޮނޑިއެއް ވަނީ އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބު ކުރައްވައިފަ އެވެ. މާލެ ސިޓީގެ ގޮނޑިތަކުގެ ތެރެއިން އެމްޑީޕީއަށް ނުލިބުނީ ވިލިމާލެ ދާއިރާ އެކަންޏެވެ.

އިންތިހާބުގައި ޖުމްހޫރީ ޕާޓީ އަށް ހަތް ގޮނޑި ލިބުނު އިރު، އިދިކޮޅު ޕީޕީއެމް އަށް ހަތަރު ގޮނޑި، ކޮންގްރެސް ޕާޓީ އަށް އެއް ގޮނޑި ލިބެ އެވެ. އެމްޑީއޭ އަށް ދެ ގޮނޑި ލިބޭ އިރު، މިނިވަން ކެންޑިޑޭޓުންނަށް ލިބެނީ ހަ ގޮނޑި އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މުޙައްމަދު

    ލަނޑަޔާ ވާނީ ހަމަލަނޑަޔާށް. އެއްފުޅަށްމަތިން ފުއްމާލިބަކަރި ހާސް ފުޅައްމަތިން ފުންމާނެ. ވައްކަންކޮށްފަ ހޯދާފަ ހުރިމުދާތަށް ސަރުކާރަށްނަގަންވީ.

    37
    1
  2. އަސްލަމުލް

    ނާކާމިޔާބު ވުމުގެ އަސްލަކީ އަލަށް ޖޭޕީ ހަލާކު ކުރަން ވަން ބައެގެ ސަބަބުން ގޮނޑި ކާމިޔާބު ނުކުރެވުނީ ކެމްޕޭންގަ ފައިސަލް ޢަލީ ވާހީދު ނަހުލާ ޖެއްސި ވައްތަރުން ވަގަކާ ހެދިއެއްނުން ޕާޓީ ތެރޭގައި އިހުލާސް ތެރިކަމެއް ނެތީ

    25
  3. ޢަލީ

    ޖޭޕީއަށް އައި ކަތުރުފަންޏެއްތީ، އަވަހަށްދޭ، އެކަމަކު ޖޭޕީ ސްލޮޓެއް ޓޫރިޒަމަކީ، އިސްތިއުފާ ދޭންޖެހޭނެ.

    23
  4. ޢިބިލީސް

    ކާންދިން އަތުގަ ދަތް އަޅަނީ...މީ ކާކުތަ ވަޒީރު ކަން ދޭން..

    24
  5. ހުސޭނުބޭ

    ކާންދޭ އަތުގައި ދަތްއަޅާ މަޝްހޫރު ކުއްތާއެއް ވެރިމީހާގޯތި ދޫކޮށް ހިގައްޖެ!

    23
  6. ޣާދިރު

    އެންމެފުރަތަމަ ލަނޑު ދިނޫ މައުމޫނައް..މިފަހަރު ގާސިމައް..ލަނޑު ނުދެވުނީ ރައީސް ޔާމީން އައް..

    22
  7. ޙަސަން އަޙުމަދު

    ލަނޑައަށް އުޅެވޭނީ ގިނައިން ފެހިޖަހާފައި ހުންނަ ގާގާދޮށުގައި.

    21
  8. ޙައްވަ

    މީ ވިކޭ ސޮރެއް

    24
  9. ާަާއަލީ

    ހިތުން އުޅުނީ ޖޕ ގެ ފަރާތުން ގައުމުގެ ރައީސްކަމަށް އަންނަން.

    18
  10. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ބަލަންތިބޭ ސީދާ ޔަގީންކަމާއެކީ މިބިނަނީ.. ނައިބު ރައީސްވެސް މަގާމުގެ ދަހިވެތިކަމުގަ ތި ގުރޫޕްތަކުން ބޭރުވާނެ.. މީ ޝައްކެތް އޮތްކަމެއްނޫން.. ޖޭޕީން މިކޮމެންޓް ކިޔާލާތި..

  11. ނަން ނުބުނާނަން

    އަލީ ވަހީދު މަގާމުން ވަކިކުރައްވާ

  12. ހުވަދޫ

    ޢެންމެ ލަދުހަޔާތް ކުޑަ ވަޒީރު - ކަރާ ވަހީދު