އިސްލާމީ މަރުކަޒުގެ އިމާމަކަށް ބޭފުޅަކު ހަމަޖައްސައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްއަޢުޡަމުގެ (އިސްލާމީ މަރުކަޒު)ގެ އިމާމުގެ މަޤާމަށް ބ. ކެންދޫ، އެއްގަމުގެ އަލްއުސްތާޛު ނަޞްރުﷲ ޢަލީ މިއަދު ޢައްޔަނު ކުރައްވައިފިއެވެ. އަލްއުސްތާޛު ނަޞްރުﷲ ޢަލީ މި މަޤާމަށް ޢައްޔަނު ކުރައްވައިފައިވަނީ މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.

ޤުރުއާނާއި، އިސްލާމީ ޢިލްމު އުނގަންނައިދިނުމުގައި މީގެ ކުރިން ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ، އަލްއުސްތާޛު ނަޞްރުﷲ ޢަލީ އަކީ މިޞްރުގެ ޢަލްއަޒްހަރު ޔުނިވަރސިޓީއިން "ބެޗެލަރ އޮފް އަރޓްސް ޑިގްރީ އިން އިސްލާމިކް ޝަރީޢާ" ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ.

އިސްލާމީ މަރުކަޒަކީ ރާއްޖޭގެ އެންމެ ބޮޑު އެއް މިސްކިތެވެ. އަދި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީވެސް ހިންގަމުން ދަނީ އެ އިމާރާތުގައެވެ. އިސްލާމީ މަރުކަޒަކީ ދީނީ ކަންތައްތަކާ ބެހޭ ބައްދަލުވުންތަކާއި، ގުރުއާން މުބާރާތްތައްވެސް އެންމެ ގިނައިން ބާއްވާ އެއް ތަނެވެ. އަދި ރާއްޖޭގެ އެންމެ ޒަމާންވީ މިސްކިތަކީވެސް އިސްލާމީ މަރުކަޒެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ނަސީބަކުން އިންޑިޔާ ފާދިރީއެއް ނޫންދޯ!