ހޮނިހިރު ދުވަހު ކުރިއަށްދިޔަ މަޖިލިސް އިންތިހާބުގައި ވޯޓުލި 63 ޕަސެންޓް މީހުން ވޯޓު ދިނީ އެމްޑީޕީއާ ދެކޮޅު ކެނޑިޑޭޓުންނަށް ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު ނަސީރު މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުގައި ވޯޓުލި 63 ޕަސެންޓް މީހުން ވޯޓު ދިނީ އެމްޑީޕީއާ ދެކޮޅު ކެނޑިޑޭޓުންނަށް ކަމަށާއި، ބަލިވީ ބައި މަދުވުމުން ނޫން ކަމަށާއި، ބަލިވީ ބައިބައި ވުމުން ކަމަށެވެ.

އުމަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައި މަސައްކަތް ކުރި ދީނާއި ގައުމީ ފިކުރުގެ ހުރިހާ މީހުންގެ ސަފުތައް ރޫޅުނަ ނުދިނުމަށާއި، އެ ސަފުތައް އާ ލީޑާޝިޕެއްގެ ދަށުން ރުކުރުވާލަން ޖެހޭ ކަމަށެވެ.

"ރާއްޖޭގެ ހުރިހާ ރަށެއްގައި މަސައްކަތްކުރި ދީނާއި ގައުމީ ފިކުރުގެ ހުރިހާ މީހުން ސަފުތައް ރޫޅިގެން ދިޔަ ނުދެއްވާ. ބަދަހިކަމާއެކު ތިބުމަށް އުމަރު އިލްތިމާސްކުރަން. އިރާދަ ކުރެއްވިއްޔާ ދީނާއި ގައުމީ ފިކުރުގެ ސަފުތައް އާ ލީޑާޝިޕެއްގެ ދަށުގައި އަލުން ރުކުރުވާލެވޭނެ. މިއީ ރާއްޖޭގެ ރައްޔިތުންގެ މެޖޯރިޓީ ފިކުރު. ދީނީ ގައުމީ ފިކުރު. ''ކޮންޒަވޭޓިވް'' ފިކުރު. ސަރުކާރާއި މަޖިލީހުގައި އޮތީ ލިބަރަލް ފިކުރު.'' އުމަރު ވިދާޅުވިއެވެ.

އުމަރު މިހެން ވިދާޅުވެފައިވާ އިރު، ނިމިދިޔަ މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ 65 ވަރަކަށް ގޮނޑި ކާމިޔާބުކޮށްފައެވެ. އެއީ 87 މެމްބަރުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީއެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ދޮޅަސް ޕަސަންޓް

    63% އިން 65 ގޮޑި ... އުމަރާ ނެއްތަ ކޮފީ އެތް.

    40
    16
    • ކެކެކެކެކެ

      މުޖޫ ނައީމު އެބަ ހަނާ އަޅާ ކަލެއަށް. ކޮފީ ބޯކޮށް އެބަހުއްޓޯ.

      3
      4
  2. ހިހި

    އެއްކޮޅަށް ގިނަވޯޓު ދޭން ނުޖެހޭ. ތިގޮތަށް ބަލަންޏާ ގިނަރައްޔިތުން ވޯޓުދިން 1 ޕާޓީވެސް އެބައޮތްތަ؟ ފެއިލް ވެފަހުރި މީހަކަށް ހަޖަމު ނުޖުރެވިގެން މޮޔަވެގެން އެއޮއްތެޅި ބާލަނީ.

    59
    32
  3. ގނގނ

    މޮޔަ ނުގޮވާ. އަހަރެންނަކީ ވެސް ދީނީ ގައުމީ ވިސްނުމުގެ މީހެއް. ވޯޓު ދިނީ އެމްޑީޕީއަށް. އުމަރާ ތި ދޮގު ވާހަކަ މިހާރު ނުހިނގާނެ. ސަބްމެރިން ދުއްވަން ދޭ.

    74
    39
    • ބޑބ

      އެމްޑީޕީ މީ މިގައުމަށް ޖެހިފަ އޮތް މުސީބާތެއް

      79
      75
    • ޕްލީޒް ހަޖަމު

      ކަލޭ ވޯޓު ދިނީ އެމްޑީޕީ އަށް ވެއްޖެއްޔާ ކިތަންމެ ބާރަކަށް ތިހެން ގޮވިޔަސް ގައުމީ ދީނީ މީހަކަށް ނުވާނެ. ވާނީ ހަމަ ލާދީނީ އަކަށް.

      7
      12
  4. ލީމް

    ރަނގަޅު ވާހަކައެއް އުމަރު އެބުނީ..ބައިބައިވީ ޔާމީނާ ގާސިމު ހެދި އެއްޗަކުން.

    46
    38
  5. ައާންމުން

    ތިކަންވާއޮތީ މައުމޫން އެމްޑީޕީގެ ހިޔަނިން ނެއްޓިގެން

    39
    10
    • Anonymous

      ނައްޓުވާނެ ކަމެއް ނެތް. އޭތި ބަހައްޓާ އެތާ. އެ ބޭނުމެއް ނޫން ދެނެއް.

      8
      2
  6. މާވަޑި ފަލާހް

    އުމަރާ ކަލޭތީ ވޯޓްގެ ޕަސެންޓޭޖްގެ ވާހަކަދައްކަން އެންމެ ރަނގަޅުމީހާ، އެންމެ އިންތިހާބެއްގައި ވާދަކުރީ، އެފަހަރުވެސް ބާތިލް ވޯޓާއެއްވަރަށްވެސް އުމަރަށް ވޯޓްނުލިބުނު. އަދިވެސް އަގަމައިތިރިކޮށްގެން ހުންނާކަށްނުވޭތޯ. ތީރައްޔިތުން ބަލައިގަންނަމީހެއްނޫނޭ، އަނގަ އަރުވާފަ ކަމެއްވާއިރަ ފިލާރައްކާވާމީހެއްތީ.

    59
    27
    • އަހަންމަދޭ

      ރީނދޫ ބައިގަނޑު ނިކަން ރުޅި އާދޭ އުމަރު ދެކެ. ސަބަބަކީ އެމީހުންނަށްވެސް ޔަގީންވޭ ދުނިޔޭގެ އެންމެން ނަޝީދާ އެއްކޮޅަށް އެރިޔަސް އުމަރު ހުންނާނީ ގޮތުގަކަން. އުމަރު ދެކެ އަހަރެން ލޯބިވާ ސަބަބަކީވެސް އެއީ. ސާބަހޭ އުމަރު.

      9
      5
  7. އިބްރާހިމް

    100 ގެ ވާހަކަ އެއް

    54
    39
  8. ާްްހަރުގަނޑު

    އުމަރާ ކަލޭ ހަމަތަ %63 މީހުން ވޯޓު ދިން ކަރުދާސް ތަށް ކޮބާ؟

    38
    24
  9. ބިބީ

    ކަލޭ ދޭބަލަ ހަރުގަނޑުގަ ތަތްވެގެން އޮންނަން. ރައްޔިތުންނަށް ހަމަޖެހުން އަންނަތަން ބަލަން ކެތްނުވަނީ. ބޮޑު އުނދަގުލެއް މީ. ވަރިހަމައެއްނު އެއް ޕަސެންޓް ލިޔަސް. އެއޮތީ މެޖޯރިޓީހޯދާފަ. ނުލިބުނު ނަމަ ކަލޭ އޮންނާނެ އެންމެ ކުރީގަ ހަރުގަނޑު ހިފައިގެން ބަޣާވާތް ކުރަން. ރައްޔިތުންނަށް އެވަރު އެނގޭ މިހާރު.

    47
    32
  10. އިގިއްޖެ

    ބޮލަށް ބޭސްކުރަން ދޭ.

    39
    22
  11. ހޮނޑާފުށި

    ކީއްވެތަ މުޅިދުނިޔޭގެ ޕޮޕިއުލޭޝަން އިން ޕަސެންޓް ނުނެގީ

    18
    12
  12. ގ ފިކުރު

    އަޅުގަނޑުމެން ގަދަހިއްވަރާއި އެކު ގައުމީ ފިކުރު
    ދަމަހައްޓާނަމެވެ އުމަރު ނުކެވަޑައިގެން ގައުމީ ސަފްތައް ވަރުގަދައަށް ރުކުރުވާލައްވާށެވެ މޑޕ
    އިނދަޖައްސާލައި ގައުމީ ވަތަނީ ރޫހުދިރުވައި
    ދެއްވާށެވެ.

    33
    14
  13. ނަސީދު

    ތެދުވާހަކަ ފުޅެއް

    28
    4
  14. އައްލާ ބެއްޔާ

    ކޮއްކޯ ވޯޓައްބަލާ! ހަޖަމުކުރޭ! އެމްޑީޕީއަކީ މިޤައުމުގެ މުސްތަޤްބަލް! މިސިސްޓަމްގެ ބާނީ!

    17
    33
    • ރުޒާނާ ޗޮއްޕަޓު

      "މުސްތަގުބަލު" ވައްޓާލާތަން ބަލަން ހުރޭ.

  15. ރާބޮޑޭ

    ދީނާ ގައުމޭ ނުކިޔަ ހަރުގަނޑާ ސަބްމެރީނޭ ކިއްޔަ މާތާހިރުވާނެއވެ

    17
    20
  16. ބުމަރު

    ޢުމަރަށް ކިތައް ވޯޓް ލިބުންތަ....

    9
    14
  17. އައިވޮނާ

    އުމަރުގެ ހިސާބު އިލްމް ދިމާނުވެއޭ ވޯޓް ނުލާ ތިބި މީހުންގެ %50 އެއީ އެމްޑީޕީ އަށް ސަޕޯރޓް ކުރާނެ ބަޔަކަށް ވުމަކީ އެމްޑީޕީން ރަނގަޅަށް ވެރިކަން ކޮށްފިނަމަ ހެދޭނެ އެއްޗެކޭ ވޯޓް ލާމީހުންނަކީ އެއީ ސްޓޮކް އެކްސްޗޭންޖް ގައި ޝެއަރސް ތައް ފްލޯ ކުރާ ގޮތަށް ފްލޯ ކުރާ އެއްޗެކޭ ދެކޮޅަށް އޭގައި އޮންނާނީ އެކްސްޗޭންޖް ގައި ޝެއަރ ތައް ބައި އެން ސެލް ކުރެވުނު ފްރިކްއެންސީ އަކަށޭ ކާމިޔާބާއި ނާކާމިޔާބު ވުން އެމްޑީޕީ އަށް ވޯޓް ދިން މީހުންގެ އަދަދު ހެދިދާނެ އެމެން މާލެ ސަރަހައްދުން 50 ހާސް ގޯތި ދިރިއުޅެން ދޭއިރަށް ރާއްޖޭގެ ރައްޔިތުންގެ %95 އަށް ވެސް އިޓްސް ސޯލޯ އިޓްސް ސޯލޯ އިޓްސް ސޯލޯ އިޓްސް ސޯލޯ އެވްރީބޮޑީ އެމްޑީޕީން އެއޮތީ ދުނިޔޭގެ ހިސްޓްރީ ބުކްސް ތައް ބަލާއިރު ވޯލްޑް ރިކޯރޑް ފޮތުން ޖާގަ ހޯދާފައޭ ނައު އައި ޓެލްޔޫ ޔުއަރ ސަކްސެސް ޓު ބީ ސަސްޓެއިންޑް ވިދް ސާރވިސް ނޮޓް ޕްރައުޑް އޮފް އިޓް...

    5
    12
  18. ޟިރާރު

    އެއްވެ އުޅުމުގެ މިނިވަންކަމޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަމޭ ކިޔައިގެން ހިމާރުގެ އަޑުނެރެގެން ވާހަކަ ދެއްކިމީހުނައް މިއަދު ހަޖަމްއެއް ނުވޭ ބަޔަކުތަނަކައް އެއްވެދާނެތީ..ބައްދަލުވުމެއް ބޭއްވުމައްް އެއްވެސް ތަނެއް ދޫ ކުރާކައް ނުކެރޭ ވެރިކަން ވެއްޓިދާނެތީ

    18
    5
  19. އަލީރާޖާ

    އެންމެ ފަހުން އުމަރު އިންތިޚާބަކަށް ކުރިމަތިލީ 2008 ގައި އައިޑީޕީގެ ފަރާތުން ރިޔާސީ އިންތިޚާބަށް. ލިބުނީ %1.39 ވޯޓު. އުމަރު އެޖަހާ ގޮތަށް ހިސާބު ޖެހީމާ %98.61 މީހުން ވޯޓުލީ އުމަރާ ދެކޮޅަށް. މިއީ ސިޔާސީ މައިދާނުގައި ސެއްޅިއެއްގެ ބުރަދަންވެސް ހުރި މީހެއް ނޫން. ކޮންހާ ވާހަކައެއްތޯ ތިޔަ ދައްކަވަނީ؟

    13
    16
  20. ތިމަންނަ

    ކުރަފިސޮރު ގާސިމް . ކުރަފިސޮރު އުމަރު . ކުރަފިސޮރު އަބްދުއްރަހީމު . މިއީ 3 ނުޖޫމީ އިލްމް ވެރިން...

    8
    16
  21. ޢަގަބެ

    މަގާތަށް އަންނަނީ ހަމަ ހިނި..?
    ވަގުތު ކުދިން ސައެއް ނެއްތަ މިހާ މޮޅު ހަބަރެއް ދުވަހަކު މަ ނުދެކެން

    2
    3
  22. 1111

    ޢުމަރު ހާދަ މޮޅު ހިސާބެއް ތިޖަހާލީ! ވޯޓޮލީ މީހުންގެ ޖުމްލަ %80 އަށް އަރާކަމަށް އިލެކްޝަންގެ ހިސާބުތައް ދައްކާކަމަށް ވަނީ! ޢެކަމަކު ޢުމަރު ތި ކިޔަނީ މޑޕ އަށް އޮތީ 17% ތާއިދޭ! އެއީ އަދި 65 ގޮނޑި ކާމިޔާބު ކުރެވުނީމަ ވެސް..
    އެއިން ކޮންމެ ގޮނޑިއަކީ އެވރެޖް ކޮށް 0.5%މީހުންގެ ތާއީދު ކަމަށް ބެލިކަމުގައި ވިޔަސް، މޑޕ އަށް ލިބޭ 32.5% ރއަޔިތުންގެ ތާއީދު.
    ޢުމަރު ހުރެގެން ރަކިވަނީ...

  23. ޙަސަން

    މިރާްއްޖޭގެ ވެރިކަމަށް ޢުމަރު ނަޞީރުވަރު މީހެއް ހަމަނެތް. އަދި އަނިވަރުގެ ވިޔާނުދާ މީހަކުވެސް ނެތް.

    6
    1
  24. ޢާދަނު

    ބަލިވީ ބޮޑުތަނުންވައްކަންކުރީމަ ސަރުކާރު ކުންފުނި ތަކުގެ ގަވައިދުތައްމުގުރާ ވަޒީފާތައްހިތުހިރިބަޔަކަށްދީ އުސޫލުތައްމުގުރާލީމަ މުޅިރާއްޖެ ގޭންގުތަކުގެއަތްދަށައް ޔާމީނުދޫކޮށަލަންއުޅުނީމަ

  25. މކސ

    ޕީޕީއެމްގެ ލީޑަރޝިޕް އާކުރަންޖެހޭ ވަގުތު މިއޮތީ ޖެހިފައި. އިދިކޮޅު ޕާޓީއެއް ހިންގޭހައި ހަކަތައެއް ޔާމީނުގައިގާ މިހާރަކު ނެތް!

    4
    1
  26. ދދދދދދ

    އުމަރު ތިކުރައްވާ މަސައްކަތުގައި ބަރަކާތް ލައްވައި އެންމެން އެއް ގަލަކަށް އަރައި، ވެއްޓިފައި މިތިބަ އަނދަވަޅުން ސަލާމަތް ކުރައްވާށި. އާމީން.

  27. ރުޒާނާ ޗޮއްޕަޓު

    އޭ އަހަރެން ހީކުރަނީ މި ރީނދޫ ގަބީލާ ކުނަމެހިތައް ވަގުތު ނޫސް ނުބަލާ ކަމަށް. އެކަމަކު އެހެނެއް ނޫން. އެމީހުންވެސް އެންމެ ގިނައިން ބަލަނީ މި ނޫސްކަން މިހާރު މަށަށް ކަށަވަރު ވެއްޖެ. ބަލާބަލަ ނިކަން. ހެހެހެހެހެ