މަޖިލީހުގެ އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ޝައުގުވެރިކަން އެބަހުރި ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް ދިން އެކްސްކްލޫސިވް އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ، އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕް ލީޑް ކުރުމަސް ޝައުގުވެރިކަން އެބަ ހުރި ކަމަށެވެ.

"އަޅުގަނޑުގެ ޝައުގުވެރިކަން އެބަހުރި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑް ކުރަން. އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންނަށް 60، 70 ބޭފުޅުންނާއި އެކީގައި ހުރިހާ އެންމެން ރަހުމަތެރިކަމާއިއެކީގާ ކަންކަން ކުރަމުން ކުރިއަށް ގެންދެވޭނެ. އަޅުގަނޑު ނުދެކެން އެއީ އުނދަގޫކަމަކަށް ވެދާނެ ކަމަކަށް". ނަޝީދު ވިދާޅުވިއެވެ.

މިހާރު އެ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްއެވެ.

ނަޝީދު ވިދާޅުވީ، ދާއިރާއަށް ކަންކަންކޮށްދިނުމަށް އެ އޮންނަ އުސޫލުތަކާއި އެ އޮންނަ ގަވާއިދުތައް އެކަށައެޅޭނެ ކަަމަށާއި، އަދި އެ މަސައްކަތް ކުރެވޭނެ ކަމަށެވެ. އަދި އެއްވެސް މެންބަރަކު ބާކީ ނުވާނެ ކަމަށާއި، އެއްވެސް މެންބަރަކާއި، ބައްދަލުނުވެ ނުދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ. އަދި މުޅި ރާއްޖޭގެ ތަރައްގީއަށް ހުރިހާ މެންބަރުންވެސް މަސައްކަތް ކުރަން ވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، މިފަހަރުގެ މަޖިލީހުގެ ނަތިއްޖާއަކީ މީގެ އެތައް އަހަރެއް ކުރިން ފަށައިގެން ދިވެހިން ކުރަމުން އައި އުއްމީދެއްގެ އެންމެ ފަހުގެ ނަތީއްޖާ ކަަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން ޑިމޮރެޓިކް ވެރިކަމަކާއި ސަރުކާރު ޖަވާބުދާރީ ކުރެވޭނެ އަދި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދޭނެ ވެރިކަމެއް ހޯދަމުން އަންނަތާ ޒަމާންތަކެއް ވެއްޖެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް އިންތިހާބުގައި ރަނގަޅު އަގުލަބިއްޔަތެއް ލިބޭނެކަމަށް ގަބޫލުކުރެވުނު ކަމަށެވެ. އެހެން ނަމަވެސް ލިބިފައިވާ ނަތީއްޖާއަކީ ވަރަށް ބޮޑު ނަތީއްޖާއެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ، އެޖެންޑާ 19ގައި ހިމެނޭ ވައުދުތައް ފުއްދުމަކީ ވަރަށް ބޭނުންވާ ކަމެއް ކަމަށެވެ. އެގޮތުން އެޖެންޑާ 19ގައި ހިމެނޭ ގެދޮރު ބޭނުންވާ މީހުންނަށް އެކަންކަން ހައްލުކޮށްދެއްވާނެ ކަމަށާއި، އެކަންކަން ފެނިގެންދާނެ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

"19 ވަނަ މަޖިލީހުގެ ފުރަތަމަ ދައުރުގައި އިރާދަކުރެއްވިއްޔާ އެންމެ މުހިންމު، އަދި އެންމެ ބޮޑަށް އަޅުގަނޑުމެންނަށް ފާހަގަވާ މައްސަލަަތަކާއި ގުޅޭ ބިލްތައް މަޖިލީހަށް ހުށަހެޅި އިރާދަކުރެއްވިއްޔާ ފާސްވެގެން ދާނެ". ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ދިސްވޭ

    ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަމަށް ޝައުގުވެރިކަން އެބަހުރި ކަމަށް ކެނެރީގެ ނަޝީދު ބުނާނަމަ އޭނާ އަށް އެމަގާމް ހައްގުވާނެއޭ މިހާރު މަޖްލީހަށް ހޮވިފައިވާ އެމްޑީޕީ މެމްބަރުންނަށް ފަންޑް އިންޑިއާގެ ވަގު ވިޔަފާރި ކުރާ މީހެއްގެ އަތުން ހޯދާ ދިނުމާއި އަދި ބޯޑަރ ކޮންޓްރޯލް ސިސްޓަމަށް ދެއްކި 18 މިލިއަން ޑޮލަރުގެ %95 ފައިސާ އާއި އަދި 5 މިލިއަން ރުފިޔާ ދޭން ޖެހޭ ތަނަކަށް ޕީއެސްއެމްއިން ދިން 35 މިލިއަން ރުފިޔާގެ ފަންޑް މިހުރިހާ ފަންޑްސް ތައް ދަމައިގަތީ ކެނެރީގެ ނަޝީދުގެ ރޭވުމުންނޭ އެއީއޭ އިންތިޚާބު ކާމިޔާބު ވުމުގެ ތަޅުދަނޑިއަކީ އޭނާ އަށް ހައްގުވާނެއޭ އެމްޑީޕީ ގެ ޕީޖީ ގްރޫޕްގެ ލީޑަރު ކަން...

    13
    2
  2. ...

    ހޫން. މަޖިލިސް ރައީސް އަކަށް ވުމަށް ޝައުގެއް ނެތޭ ބުނި ތަންކޮޅާ ވިއްދާފަ ނުބުނެވި އޮތް ތަންކޮޅަކީ މީ ދޯ؟

    • ބޯހަލާކު 9 އޭޕްރީލް 2018

      ނުކުރާނަމޭ ބުނެފިތާ ތިކަމާތިއުޅެނީ

  3. މަންޖެ 8ްއޭޕްރީލް2019ހހ

    ނުކުރާނަމޭ ބުނެފިތާ މުނާފިގު ކަލޭގެ ހުރިގޮޠް ބަލަމާ ބޯހަލާކު