ކާށިދޫ ދާއިރާގެ ރައްޔިތުން ކޭބަލް ކާރުގައި ދަތުރުކުރާ މަންޒަރު ފެންނާނެ ކަމަށާއި، އެއީ އެއްވެސް ހާލެއްގައި ކުރާ މަލާމާތެއް ނޫން ކަމަށް، ކާށިދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް އިންތިޚާބު ވެފައިވާ ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

"ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ، ދާއިރާގެ ރައްޔިތުންނަށް ވެފައިވާ ހުރިހާ ވަޢުދެއްވެސް ފުއްދަވާނެ ކަމަށާއި، ނުކުރެވޭނެ އެއްވެސް ކަމެއްގެ ވާހަކަ ދަންނަވާފައި ނުވާނެ ކަމަށެވެ.

"ވަރަށް ގިނަ ބޭފުޅުންނަށް އެބަ ހީވޭ މިއީ ކާށިދޫ ދާއިރާގެ ރައްޔިތުންނަށް ކުރާ މަލާމާތެއް ކަމަށް. މިއީ ކުރާ މަލާމާތެއް ނޫން. ކޭބަލް ކާރަކީ އެޅޭނެ އެއްޗެއް. އިރާދަކުރެއްވިއްޔާ ކާށިދޫ ދާއިރާގެ ރައްޔިތުން ކޭބަލް ކާރުގައި ދަތުރު ކުރާ މަންޒަރު ފެންނާނެ." ޖާބިރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، އިސްލާމީ އުޞޫލުތަކާއި ޚިލާފުނުވާ ގޮތަށް ޓޫރިޒަމް ވެސް ތަރައްޤީ ކުރެވޭނެ ކަމަށާއި، އަރަބި ޤައުމު ތަކުގެ ވަރަށް ގިނަ މީހުން ރާއްޖޭގެ ރީތިކަން ބަލާލަން އައުމަށް ބޭނުންވާ ކަމަށެވެ.

"ގާފަރު ފަޅުތެރޭގައި ރިސޯޓުވެސް ތަރައްޤީ ކުރާނަން. މި ރާއްޖެއަށް އެންމެ ބޮޑެތި އިންވެސްޓްމަންޓްތައް ގެނައި މީހަކީ އަޅުގަނޑު. އެކަން ކުރެވޭނެ. ކާކުތޯ މި ބުނަނީ ކުރެވޭނެ ވާހަކަ. ޢަބްދުﷲ ޖާބިރު ނޫންތޯ އެ ވާހަކަ މި ބުނަނީ." ޖާބިރު ވިދާޅުވިއެވެ.

ކާށިދޫ ދާއިރާގެ ގޮނޑި އަށް ވާދަކުރުމުގެ ކުރިން، އެ ދާއިރާގައި ބޭއްވި އެމްޑީޕީ ޕްރައިމަރީގައި ޖާބިރު ވާދަކުރެއްވިއެވެ. ޕްރައިމަރީ ނާކާމިޔާބު ވުމާއި ގުޅިގެން އަމިއްލަ ގޮތުން އެ ގޮނޑިއަށް ކުރިމަތިލައްވާ، އޭނާ ވަނީ އެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.

މަޖިލިސް ކެމްޕެއިންގައި އެކި ގޮތްގޮތުން މަސައްކަތް ކޮށްދެއްވާ، ވޯޓު ދެއްވި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށް ޖާބިރު މިއަދު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ވިއުސް

    މިއީ މަލާމާތެއް ނޫން، ކާށިދޫ ދާއިރާ ރައްޔިތުން ކޭބަލް ކާރުގައި ދަތުރުކުރާނެ ކަމަށް ޖާބިރު ބުނުން އެއީ މަމެން އުފާ ކުރާ ކަމެކޭ ސަބް ކޮންޝަސް މައިންޑްއޭ ފުރަތަމަ މުއްސަނދިވާން ޖެހޭނީ އެއަށް ފަހު އެއެޕްލައި ކުރަން މަސައްކަތް ކުރާ މީހުންނަށް އެކަން ކަން ކާމިޔާބު ވާނެއޭ ޖާބިރު އަކީ ރާއްޖޭގެ ޕޮލިޓިކްސް ގައި މޮޅަށް ކެމްޕެއިން ކުރަން ދަންނަ އަދި ޕޮލިޓިކްސް ދަންނަ މީހެއް ކަމަށް މަމެން ގަބޫލު ކުރަމޭ އެމްޑީޕީ އަށް ގޮން ޖަހާފައި ގޮސް ގޮނޑި އެމްޑީޕީ އަތުން ދަމައިގަތުން އެއީ މިދުނިޔޭގައި އެމެރިކާ އަތުން ހަނގުރާމަ ކޮށްގެން މޮޅުވުން ފަދަ ކަމަކަށް ކަމަށް މަމެން ދެކެނީ...

    71
    3
  2. ރަކޫޓަންޖިންނި

    ކޭބަލްކާރު ހުރިގައުމުތަކަށްގޮސް ކާށިދޫ ދާއިރާ ނޫންމީހުންނަށްވެސް ކޭބަލްކާރުގައި ދަތުރުކުވޭނެ.

    45
    9
  3. ހޮޑާފުށީކަތީބު

    ލައްބަ ލައްބަ މަނިއްޕުޅު ވިދާޅުވެއްޖެއްޔާ އެކަމެއްކުރައްވާނެ ކަމުގެ ހެކި އަޅުގަޑު އަތުގާއެބަހުރި މަނިއްޕުޅުނޫންތޯވިދާޅުވީ ކުލަބު ވެލެންސިޔާ އާއި ހަވާލުވެފާއި ރަށެއް ނަންގަވާއިގެން ދުނިޔޭގެ ފެންވަރުގެ ސްޓޭޑިޔަމެއް އަޅުއްވާ ދުނިޭގެ މަޝްހޫރު ކުލަބުތައް ޕްރެކްޓިސް ކުރަންވެސް އަންނާނޭ އެ އަވާގަޖައްސާއިގެން ބަޔަކު ނުލާހިކު ރަގަޅައްހިންގަ ހިންގާއޮތް ކުލަބެއް މިހާރު އޮތް ހިސާބެއް މަނިއްޕުޅައް އެގިލައްވާތޯ

    24
    1
  4. ޙަސަނު

    މިއީ ސެންޗަރީ އޮފްދަ ޖޯކް. ހިނދުކޮޅުގަ ހުރެ ދައްކާ ބުއްދިހަމަނުޖެހޭވާހަކަ. މިލަލޭގެ ބަހަށްމިހެއްލެނީ އޭނަޔަށްވުރެން މޮޔަމީހުން.

    28
    1
  5. Anonymous

    ހޮނޑައިދޫ މަތިން ވަރަށް ހަނދާންވޭ

    22
    1
  6. ޚކކކ

    މެން އެކޭ މީ

    10
    5
  7. ކަމަނަ

    ގަދަ ޖާބިރު ހަމަސާބަސް ތިވަރެއް ނެތް ތީހަމަ ކެރޭ ދިވެހި ދަރިޔެއް

    5
    11
  8. Anonymous

    2000 ޕަސެންޓް ޔަޤީންކަން މިދެނީ ކާށިދޫއާ ގާފަރާ ދޭތެރޭގެ ކޭބަލްކާރަކުން ކާށިދޫމީހުން ޖާބިރުގެ ދައުރުގައި ދަތުރެއް

    7
    3
  9. ނަޞީރާ

    200% ޔަޤީންކަން ދެން ތިކަމެއް ޖާބިރަކަށް ނުވާނެ!

    20
    1
  10. ރިޔާސާ

    2000 ޕަސެންޓް ޔަޤީންކަން މިދެނީ ކާށިދޫއާ ގާފަރާ ދޭތެރޭގެ ކޭބަލްކާރަކުން ކާށިދޫމީހުން ޖާބިރުގެ ދައުރުގައި ދަތުރެއް ނުކުރާނެ!

    19
    1
  11. ޙުދުކަލޯ

    ޖާބިރު ބަސްގިނަ ނުކުރައްވާ އަވަހައް މަސައްކަތް ފައްޓަވާ.

    19
  12. ހަޖަމް

    ހުވަފެނަކުން ތަ؟

    15
    2
  13. މުހައްމަދު އަހްމަދު

    ކާށިދޫއާއި ގާފަރާ ދޭތެރޭ 20 މޭލު ހުރޭ.. އެދޭތެރޭގައި އޮންނަނީ، 9000 ފޫޓުގެ ފުން މާކަނޑެއް... އެއީ ހުޅުލެއާއި މާލެއާ ދޭތެރެ ކަހަލަ 180 ވަރަކަށް ފޫޓުގެ ތިލަ ކަނޑުއޮޅިއެއްނުން... ދެން ކޭބަލް ކާރާމެދު ވިސްނާ...

    • ބާބާ ރާމްދޭވް

      އަބްދުﷲ ޖާބިރު އަށް ވާނެ އެކަން..ކޮންމެހެން ކަނޑުގެ ފުންމިނަކަށް ވައިގެ ތެތް ކަމަކަށް އަބްދުﷲ ޖާބިރެއް ނުބަލާނޭ..އެއީ މޭން އެކޭޭ?

  14. ތީބޭކާރު އަމަލެއްނުން

    ޒިމްބާބުވޭގަ، ދެކުނުސޫދާންގަ ބިލިޔަނަރަކައް ވެދާނެ ފަހަރެއްގަ، ދަރަނީގެ ލިސްޓު ޕަބްލިޝް ކޮށްލަންތަ ވާގޮތް ބަލާލަން!

  15. ާަައިބިލީސް

    ދިވެހިންގެ މޮޔަކަން ފެނި ހަމަ ކޮސްވެއްޖެ ތި ފޮށީގެ ނަތީޖާފެނި. އޭނާއަށް އެޅޭނެ ކޭބަލްކާރ އަކާއެއްޗެހި އަޅައި ނިމިއްޖެ ހޮޑައިދޫގައި.. އެފެންވަރުގެ މީހުން މަޖިލިހަށް ހޮވަން ހެޔޮނުވާނެ. މާއްދިއްޔަތަށް ގޮސް އަރަޤުނުވެ ހޭއަރަންވެއްޖެއްނު ދިވެހިން