ގދ.ތިނަދޫގައި ޒުވާން އަންހެނަކު ދަންޖެހިގެން މަރުވެއްޖެއެވެ.

ދަންޖެހިގެން މަރުވެފައި ވަނީ 26 އަހަރުގެ އަންހެނެކެވެ.

ފުލުހުން ވެސް ވަނީ ތިނަދޫގައި އަންހެނަކު ދަންޖެހިގެން މަރުވެފައިވާކަން ކަށަވަރު ކޮށްދީފައެވެ.

ފުލުހުން ވިދާޅުވީ ހާދިސާ ހިނގައިގެން އުޅޭ ތަނުގައި ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ފުލުހުން ވިދާޅުވީ ފުލުހުންނަށް މިހާދިސާގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 08:50 ހާއިރު ކަމަށެވެ.

އަންހެން މީހާ ދަންޖެހިފައި ވަނީ އޭނާ ނިދާ ކޮޓަރީގައެވެ. މީހަކާއި ކައިވެނިކޮށްގެން އުޅޭ އަންހެން މީހާގެ ފަސް އަހަރުގެ އަންހެން ކުއްޖަކު ވެސް ހުރެއެވެ. މަރުވި މީހާގެ ފިރިމީހާ މަސައްކަތް ކުރަނީ ރަށުން ބޭރުގައެވެ. ހާދިސާ ހިނގި އިރު އޭނާ ރަށުގައި ނެތް ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    މިއޮތީ ދަންޖެހޭ މޫސުމް ފެށިފައި. ކޮބައިތަ ސްޕޮންސަރުން؟

  2. އަޙުމަދު

    ތައުބާވުމުގެ ފުރުސަތު ނުލިބޭ ހަމައެކަނި ފާފަ އިން ނިމެގެން ދިޔުމަކީ ކޮންފަދަ ނުބައިކަމެއްތޯ! ﷲ އަޅަމެން އެފަދަ ކުފުރުގެ އަމަލުތަކުން ރައްކާތެރިކުރައްވާށި! ޤައުމީ ފެންވަރުގައި އެންޓި ސުއިސައިޑް ހަރަކާތްތަކެއް ހިންގަން ކަމާބެހޭ ފަރާތްތަކުން ވިސްނުން ގެންގުޅުން މުހިއްމު. ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ސޯސަލް މީޑިއާ، ޓީވީ އަދި އެކިކަހަލަ އެވައަރނެސް ޕްރޮގްރާމްތައް ފައްޓަވާ. ސޯސަލް މީޑިއާގައި މައްސޫރު ފަރާތްތައް ސްޕޮންސަރކޮށްގެން ޕޯސްޓައް ސެއަރކުރައްވާ. ހުރިހާވެސް މައްސަލައަކީ ދީނީ އަގީދާ ބަލިކަށިވުން، އީމާންތެރިކަން ކުޑަވުން. "މޯލްޑިވްސް އެންޓި ސްއިސައިޑް ޑޭ" މުހިއްމެއްނޫންތޯ؟

    • ރޯނުއެދުރު

      ތިކަމުގަ އޮވޭތަ ސައްހަ ދަލީލެއް

      • ރައްޔިތު މީހާ

        ޤުރުއާންގެ ތަރުޖަމާ ކިޔާލަބަ ދަލީލު ލިބޭނެ

  3. ސުމްސު

    ދެން މިނޫން އަޑެއް ނުކިޔާނެ

  4. ާަރަން

    ދަންޖެހޭ މޫސުމް

  5. ހިތާމަ ނެތުން

    "ކަލޭގެފާނު ވިދާޅުވާށެވެ! އެއުރެންގެ އަމިއްލަ ނަފްސު ތަކުގެ މައްޗަށް ފާފައިން إسراف ކޮށްފައިވާ، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން اللَّه ގެ ރަޙްމަތުން އުންމީދު ކަނޑައިނުލާށެވެ! ހަމަކަށަވަރުން، اللَّه އީ، އެންމެހާ ފާފަތައްފުއްސަވާ ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެއެެވެ." (39:53)

  6. Anonymous

    ދަންޖެހޭމޫސުންތަ ؟!ދަންޖައްސާމޫސުންތަ!؟