ސްކޫލް ތަކުގެ ދަރިވަރުންގެ މެދުގައި ބާއްވާ އެންމެ ފުރަތަމަ ޤައުމީ ތާރީޚު ސުވާލު މުބާރަތް އިއްޔެ ފަށައިގެން ކުރިއަށް އެބަދެއެވެ.

މި މުބާރާތް ކުރިއަށް ދަނީ ބާޖަމާލުއްދީން ސްކޫލްގައި ހުންނަ އިލެކްޝަން ކޮމިޝަންގެ ބޮޑު ހޯލުގައެވެ.

އަލް ގާޟީ ހަސަން ތާޖުއްދީންގެ ވާދައިގެ ތަށްޓަށް ބާއްވާ ގައުމީ މުބާރާތެކެވެ. ދިވެހި ބަހުގެ އެކަޑަމީން ވިދާޅުވީ މިއީ ދިވެހި ތާރީޚާއި ސަގާފަތާއި އާދާކާދަ ކުރިއަރުވައި ތަރައްގީކޮށް ދަރިވަރުންގެ ހިތްތަކުގައި ތާރީހާއި ސަގާފަތާއި އާދާކާދައަށް ލޯބި ޖައްސައި ގައުމިއްޔަތަށް ކުރާ ލޯބި އިތުރު ކުރުމުގެ މަގްސަދުގައި ރާއްޖޭގެ ހުރިހާ ސްކޫލްތަކަށް ބާއްވާ މުބާރާތެއް ކަމަށެވެ.

ތާރީޚީ ސުވާލު މުބާރަތުގެ ތެރެއިން – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)
ތާރީޚީ ސުވާލު މުބާރަތުގެ ތެރެއިން – ވަގުތު އިމޭޖްސް: އަޝްހާދް އަބްދުﷲ (ޖެރީ)

މި މުބާރާތް މި މަހުގެ 24 ވަނަ ދުވަހާއި ހަަމައަށް ކުރިއަށްދާނެއެވެ.

މި މުބާރާތުގައި ދެ އުމުރު ފުރާއެއްގެ ކުދިން ވަނީ ބައިވެރިވެފައެވެ. އެއީ ސާނަވީ އުމުރުފުރާ އާއި މަތީ ސާނަވީ އުމުރުފުރާއެވެ. ސާނަވީ އުމުރު ފުރާރައިން މި މުބާރާތުގައި 14 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ. އަދި މަތީ ސާނަވީން ތިން ސްކޫލަކުން ވަނީ ބައިވެރިވެފައެވެ.

މި މުބާރާތުން ވަނަތައް ހޮވާ ގޮތަށް ބަލާއިރު، މުބާރާތުގެ 1 ވަނަ 2 ވަނަ 3 ވަނަ ސްކޫލް ހޮވާނެއެެވެ. އަދި 1 ވަނަ 2 ވަނަ 3 ވަނަ ދަރިވަރު ހޮވާނެއެވެ. އަދި ކޮންމެ ބުރަކުން އެންމެ މޮޅު ދަރިވަރާއި، ކޮންމެ އުމުރުފުރާއަކުން އެންމެ މޮޅު ދަރިވަރު ހޮވާނެއެވެ.