ހޮނިހިރު ދުވަހު އޮތް ރައްޔިތުން މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު އަހްމަދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީ މަތިން ހަނދާން ނައްތަވާލެއްވުމަށް ފަހު އެމަނިކުފާނު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެކޮޅަށް އަޑުއުފުލަވަން ފައްޓަވައިފިއެވެ.

ވެރިކަމުގެ ނިޒާމް ބަދަލު ވާން ޖެހޭ ކަމަށް ނަޝީދު ރޭ ވިދާޅުވުމުން އެކަމަށް ރައްދު ދެއްވާ މިއަދު ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބަށް ފަހު ނަޝީދު އެންމެ އިސްކަންދޭ ކަމަކަށް ވެރިކަމުގެ ނިޒާމް ބަދަލުކުރުން ހެއްދެވުމަކީ ބޭކާރު ކަމެއް ކަމަށެވެ.

"ރައްޔިތުން އިހްތިޔާރުކޮށްފައިވާ ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށްވުރެ ބޮޑަށް ނަޝީދު އިސްކަން ދޭންވީ ރައްޔިތުން އާއްމު އިންތިޚާބުގައި އުއްމީދުތަކަކާއި އެކު ދިން ވޯޓުން ދައްކައިދީފައިވާ ގޮތައް އެޖެންޑާ 19 ގެ ވައުދުތައް ފުއްދުމަށް." ޖަމީލް ވިދާޅުވިއެވެ.

ރާއްޖެ އަށް އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށް އަދިވެސް ގަބޫލުކުރައްވާ ކަމަށް ނަޝީދު ވަނީ ރޭ ވިދާޅުވެފައެވެ.

"އަޅުގަނޑު އަދިވެސް ދެކެނީ ދިވެހިރާއްޖެ އަށް އެންމެ ރަނގަޅު ވެރިކަމުގެ ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް. އެ ނިޒާމު އަޅުގަނޑުމެންގެ ތެރެއަށް ތައާރަފް ވެގެން އަންނަންޖެހޭނީ އަޅުގަނޑުމެންގެ ޕާޓީގެ އެކިއެކި ގޮފިތަކުގައި ވެސް މަޝްވަރާ ކުރެވި، ޕާޓީގެ ކޮންގްރެސްގައި ވެސް މަޝްވަރާ ކުރެވި، ޕާޓީގެ ހުރިހާ ގުނަންތަކަކުން މި މަޝްވަރާ ކުރެވި އަދި ރައްޔިތުންގެ މަޖިލީހަށް މައްސަލަ އައިސް، ފެންނަ ނުފެންނަ ވޯޓެއް ނެގި، ވަރަށް ދިގު މަސައްކަތަކަށްފަހު" ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއަށް މަޖިލީހުގެ ސްޕަ މެޖޯރިޓީ ލިބިފައިވުމުން ޤާނޫނު އަސާސީ އަށް ބަދަލު ގެންނަން މިހާރު އެޕާޓީއަށް ހުރަހެއް ނެތެވެ. ނަމަވެސް ވެރިކަމުގެ ނިޒާމް ބަދަލު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެން ކަމަށް ޤާނޫނު އަސާސީގައި ބުނެފައި އޮވެއެވެ.

2007 ވަނަ އަހަރު ރައްޔިތުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓެއްގައި ނިންމާފައި ވަނީ ރާއްޖޭގައި އޮންނަން ވާނީ ރިޔާސީ ނިޒާމެއް ކަމަށެވެ. ނަމަވެސް އެ ވޯޓްގެ ނަތީޖާ ނަޝީދު ގަބޫލެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ރަސީދު

    މިހާރު ތީރައް ޔިތުންގެ މަޖިލީހައް ވުރެ ނަސީދުގެ ނުވަތަ އެމް ޑީޕީގެ މަޖިލީހަކައް ތިވަނީ ވެފައެވެ
    ހަމަ ބުއްދި ހުރި އިލްމީ މީހަކު މިހޮވުނު މަޖިލީހުގާ ރައްޔިތުންގެ އަޑު އިވޭނެ ކަމައް ގަބޫލެއް ނުކުރާނެއެވެ
    އަދި މިފަހަރު ހޮވުނު ކަމައް މިފެންނަ ގިނަ މެން ބަރުން ނަކީ އިލްނީ ގޮތުން ވަރައް ދައް މީހުން ނެވެ،ދުނި ޔޭގަ ތިބި ބަޔަކައް ފެން ނާނެ ތާއެވެ،

    79
    17
    • އެކަނބުލޯ

      މި މަޖިލީހަށް ހޮވުނު ވަރުގެ އިލްމީ ބޭފުޅުން ތާރީޙްގަވެސް ނެތް މަޖިލީހަކަށް ހޮވިފަ.. ފަސްޓް ޑިގްރީއާ މާސްޓާސް ފެންވަރުގެ 53 ބޭފުޅަކު އެބަތިބި. ކަލޭމެންނަށް އިލްމީ ވާނި އަދުރޭ ނިހާނު ރިޔާޒު ރަޝީދު މުސްތަފާ މެންކަހަލަ ގުރޭޑު 7ގެ ފެންވަރުގެ ޖާހިލުން ހޮވުނީމަ

      2
      5
    • ހަނު ހުންނަ މީހާ

      އާދައިގެ މަތިން އިންޓަވިއުއިން ތަބްކޮޅެއް ނަގާ ހަބަރުފަތުރަނީ. ދެން އޮތީ ގާބިލްވާހަކަ. 18 ވަނަ ނަޖިލިހުން ފެނުނު ވަރަށް އިލްމީ މީހުން ނިހާން އަދި އަދުރޭ. އެ މީހުންތިބީ ޕީ އެޗްޑީ ނަގާފަ.

  2. މީރާ ބޯއީސް

    ޖަމީލު ސިޔާސީ މައިދާނުން ދުރައް ދާންޖެހޭ.ރައްޔިތުން ބަލައި ނުގަތީ ކީއްވެތޯ އަމިއްލަ ނަފްސާ ސުވާލުލުރައްވާ.

    62
    27
  3. ނާނި

    އޭ މީނަ އަށް ކިތައް ޕަސެންޓޭ ލިބުނީ ވިލި މާލެއަށް ވާދަކޮށްގެން؟ އިންތިޚާބެއްގައި އަލަށް ވާދަ ކޮށްލީމަ ޗޮކުން ދިޔަ މީހެއް އަދި އަނގަ ހުޅުވަން ކެރޭދޯ އެބަ. މަ ނަމަ ލަދުން އޮންނާނީ.

    32
    22
  4. ސަބަބު

    ސިޔާސީގޮތުން ފެއިލްވީމަ ކުރެވިދާނެ މަސައްކަތް މަދެއްނޫން މިގައުމުގަވެސް. ރޯނުވެށުން، ލިޔެލާޖެހުން، ތިލޭރުކަން، މަސްވެރިކަން،،، މިހެންގޮސް ކިޔާހުސްނުވާނެ. މިއިން ކަމަކާ އުޅޭންވީނު.

    30
    18
  5. ބަރުދަނެއް ނެތް މީހާ

    އެންމެ ފަހަރަކު އިންތިހާބެއްގައި ވާދަ ކޮށްލީ. އެންމެ 20 ޕަސެންޓް ގަނޑު ވެސް ނުލިބުނު. ފުލުން ދެވަނަ އަށް ދިޔައީ. ކަލޭ ވެއްޖެ ދޯ ސިޔާސީ ކަންތައް ދޫކޮށްފަ އެހެން ކަމަކާ އުޅޭން.

    30
    19
  6. ކާލާ މަންނަ

    ކެނެރީގޭ ނަޝީދު އަސްލު ހާދަ މޮޅޭ ދޯ. އޭނަ ބޭނުން ގޮތަކަށް އެދުވަހެއްގެ ނޫސްތަކުގެ ހެޑްލައިން އެބަ އަބުރާލާ. އެކަހަލަ ހުރިހާ ގުއި ރޯނެއްގައި ޖެހޭނެ ޖަމީލާ، ގާސިމާ، އަދުރޭ މެން. ތިކަމަކާ ހެދި ތިމާމެން އަމިއްލަޔަށް ވިއްކާ ސިޔާސަތެއް ތަސައްވަރެއް ނެތި އެންމެ ފަހުން އިންތިހާބުން ހަބޭހަށް ބަލިވެގެން ދިޔައީވެސް. އަބަދުވެސް ފޯކަސް ގެއްލިފައި ނަޝީދު ނަޝީދު ވެފައި. ކިޔެވިޔަސް ޖަމީލުމެން ބޮލުގައި ސިޔާސީ ތެތްކަމެއް ނެތް ވިއްޔަ. އެކަން އިގޭނު ވިލިމާލެއަށް ވާދަކޮށްގެންވެސް އެންމެ ފުލަށް ދިޔަ އެކަކު. ސިޔާސީ ގޮތުން ތިހިރީ ހަމަ ސީޑާ އަދުރޭމެން ލެވެލްގެ ވިސްނުން ވިއްޔަ. ހަރުކަށި ކަމާއި ބޮޑާ ކަމާ ކިބުރުވެރިކަމުން ތިބާ ފުރި ބަންޑުން ވަނީ.

    35
    15
  7. ބަރުދަނެއް ނެތް

    ކަލޭ ރަނގަޅުވާނެ ޔާމީނު ފަހަތަށް އަނެއްކާ އެރީމަ. ފަހަރުގައި ފަހު ޒަމާނެއްގައި އެއްކަލަ ނައިބު ރައީސްކަމުގެ ނުނިމި އޮތް ބައި ފުރިހަމަ ކޮށްލަން ލިބިދާނެ. ބޯ ބުރާންޗެއް މިވެސް ހަމަ

    24
    16
  8. ސުޒޭން

    ކިތައް ޕަސެންޓޭ ލިބުނީ ކަލޭ ވިލިމާލެއަށް ކުރިމަތިލައިގެން؟ މިމީހަކު މުޅި ޖޭޕީވެސް ހަލާކު ކޮއްޕޭ ވަދެގެން. ވަތް ތަނެއް ހަމަ ހަލާކު. ރައީސް ޔާމީނަށްވެސް ދޯކާ. މިހާރު ގާސިމު ތައްޕާހުން. ގާސިމު ސޮރުވެސް އިންތިހާބުން ބޮޑުތަނުން އެވީ ބަލި މިކަހަލަ ދެބަން ދިހާރައިން ލައިގެން.

    22
    10
  9. ކުޑަ ޖަމީލް

    ޖަމީލް ތި ޓްވީޓް ކުރަނީ އަންނި ދެއްކި ވާހަކަ އަޑުވެސް ނާހާ. އަންނި ބުނީ ފުރަތަމަ ކުރިއަށް ގެންދާނީ އެޖެންޑާ19 ކަމަށް. އޭގައި ހުރި ހުރިހާ ކަމެއް އެއްފަހަރާ ކުރިއަށް ގެންދާނެ ކަމަށް. ފުރަތަމަ ކަމަކަށް ކުރާނީ ނަރުދަމާ އެޅުމާ ސާފު ބޯފެން ދިނުމަށް ބުނީ. ވެރިކަމުގެ ނިޒާމަކީ އޭގެ ފަހުގެ ކަމެއް ކަމަށް ބުނީ. އެ ވެސް އަދި ރައްޔިތުން ބޭނުމިއްޔާ. ތި ކަހަލަ ދޮގު ހަދާތީއޭ ޖަމާލްމެންނަށް މީހުން ވޯޓު ނުދެނީ.

    33
    18
  10. ޥިންދު

    ޖަމީލަކީ ޤައުމަށް ހެޔޮއެދޭ މީހެކޭ. އަންނިއަކީ ޤައުމަށް ހެޔޮއެދޭ މީހެއް ނޫން. އަމިއްލަ އެދުން ބޮޑު ޤައުމުގައި ލާދީނީ އުސޫލުތަކާއި ފިކުރު ތއް ފަތުރަން މަސައްކަތް ކުރާ މީހެކެވެ.

    20
    19
  11. އިބޫ

    ޖަމީލްގެ ހުރިހާ އެންމެން ސަރުކާރުން ބޭރުކުރަން ގޮވާލަން. ކުންފުނިތަކުގަވެސް އެބަތިބި ޖަމީލްގެ މީހުން އެކަމު މިހާރު އެމީހުން އުޅެނީ މާ އިބޫވެގެން.

    13
    9
  12. އހ

    ރައީސް ނަޝީދު އެއްޗެކޭ ވިދާޅުވާއިރަށް އެއްކަލަ ޖަމީލު ނިދާފަ އޮވެފަ ތެދުވެއްޖެ.. އޭއްޗެކޭ މީއްޗެކޭ ކިޔަން ފަށާފި.. ތިކަހަލަ ކަންނެތް ފިނޑި، ކިނބުރުވެ ބޮޑާވާ މީހުންނަކަށް ސިޔާސީ ހަރަކާތެއް ނުހިންގޭނެ.. ރުޅިވެސް އެހާގަދަ.. 2008ގަ ރުޅިއައިސްގެން ބަހުސްތެރެއިން ނިކުތް މީހެކޭމީ..

    10
    8
  13. އަލީ

    އަންނިއަށް ހީވާނެ އަންނިއާ ނުލާ އެމްޑީޕީއަށް އެއްވެސް ކަމެއް ނުވާނޭ އެކަމް ބަލާބަލަ އަންނި ނެތީސް އިބޫ ވެރިކަމަށް ގެނެސްފަ އެހެރީ

    15
    5
  14. ފުވައްމުލައް

    ޑޮކްޓަރ ޖަމީލަކީ އަޒުމް ވަރުގަދަ ހީވާގި ޢިލްމީ ބޭފުޅެއް ތަންދޮރު ނުދަންނަ ބަޔަކު ކިޔާ އެއްޗަކައް ފަސް އެބުރި ނުބައްލަވާނެ ކުރިއައް ވަޑައި ގަންނަވާ ނާކާމިޔާ ބަކީ ކާމިޔާބީ ގެ ފެށުން އަމިއްލަ މަސައްކަތުން ދިރި އުޅުން ކުރިއައް ގެންދަވަނީ ޤާސިމްގެ ފައިސާ އަކުން ނޫން އަނބި ކަނބަލުންނަކީ ވެސް ތަނަވަސް ބޭފުޅެއް.....ހަޖަމް ނުވިއަސް މިގަުމުގައި ނުއުފެދޭ ވަރު ޤާބިލް ބޭފުޅެއް.... ފާގަތި މުސްތަޤުބަލެއް ދެއްވާށި..

    12
    10
  15. އަލްޖިބްރާ

    ކަލޭ ނަޝީދުއާއި އިދިކޮޅަށް ތެދުވާނެކަން މާކުރިންވެސް އެގޭ ! ދެން އަވަހަށް ޔާމީނުގެ ކޮންމެވެސް ކަމެއް ކޮށްދޭނަމޭ ކިޔާފަ ޔާމީނުގެ ފައިބުޑަށް ދާންވީނު ! ވެރިކަން ލިބުނަސް ހަވާލެއް ނުކުރާނަމޭ ބުނީވެސް ކަލޭ ! މިހާރު ތިއީ ފެއިލް ވެފާ ހުރި މީހެއްކަން އެންމެންވެސް ދަނޭ ! ކަލޭގެ އަމިއްލަ ރަށަށް ކުރިމަތިލާން ނުކުރުނު މީހަކަށް ކުރެވޭނެ ކަމެއް ނޯންނާނެ ! އުސްތާޒު ޝަހީމް ހެދިހެން ފޭލްވީމަ ކޮންމެވެސް ބަހަނާއެއް ދައްކާފަ ރާއްޖޭން ބޭރު ވަޒީފާއެއް ހޯދައިގެން ރައްކާވިއްޔާ މާރަގަޅުވާނެ !

    4
    7
  16. ބުރޯ

    ގުއި ރޫނުގަ ނަސިދު ޖެހިގެންދާތަން ވަރަށް އަވަހަށް ފެންނާނެ، ގުއި ރޯނަކީ އެޖެންޑާ 19 މި އެޖެންޑާ ތަންފީޒެއްނުކުރެވޭނެ އެއަކުންތް ގާނޫނުއަސާސީގަ ނެތް ވާހަކައެއް .އެކަންކަން ތަންފީޒު ނުކުރެވި އޮތީ ބޭނުންވާ ފައިސާ ނެތީމަ . ތިޔަ މަޖިލީހެއް ސްޕަރ މެޖޯރިޓީއާއެކު އޮތަސް ފައިސާ އެއް އަތަކަށް ނާންނާނެ . ވީމާ ތިޔައީ ހަގީގީ ފެއްިލް ވުމެއްކަން ފެންނާނީ ސަރުކާރަށް 2 އަހަރާ ބައިވާތަނުން.

    7
    5
  17. ފަލާކު

    ބަލަގަ ނަޝީދު ބުނީ ތިޔަ ހެނޭ ފުރަތަމަ ނިޒާމްގެ ވާހަކަ ބާއްވާ މިއުޅޭނީ ރައްޔިތުންނަށް ވީ ވަޢުދު ފުއްދުމަށްކަމަށް ބުނީ" އޭނާއަށް ކަމުދަނީ ބަރުލަމާނީ ނިޒާމޭ އެއީ ފަހުގެ ވާހަކައެކޭ" ޖަމީލުއާއި ދޮގު ހަބަރު ފަތުރާ ވަގުތު ނިއުސްއަށް ނަޝީދު ދައްކާވާހަކަ ފަހުމު ނުވަނީ ސިކުނޑީގެ ރަގަނޅު ޓެސްޓެއް ހަދަން ފެނޭ!

    2
    3
  18. ބާރު ގަދަ މީހާ

    ދެން ލަ ލަ ލާ ?????

  19. މިޙައްމާ

    ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓައި ގުޅޭ ޤާނޫނަށް ބަދަލު ގެނަސްގެން ރައްޔިތުން ވޯޓް ނުލާ ގޮތައް ހެދުމުގެ ބާރުވެސް މިހާރު އެމް،ޑީ،ޕީ އަށް ލިބިގެންވޭ އެހެން ވީމާ އެގޮތައް ނިންމާލަން ފެނޭ
    ޤައުމު ހިންގޭނީ ނަޝީދު ބުނާގޮތަކަށް

  20. ިިްްއައިލަމް

    ބެެެެެކާރު މީހެން ކާކުބާ މީނަަަށް ކުރާ ކަށްތަށްތަ ބަލަނީ

  21. މިނަސް

    ޤާނޫނު ހަދާ މަޖްލީހަކަށް ފަސްޓް ޑިގްރީ އެއް ސެކެންޑް ޑިގްރީ އެއްބޭނުމެއްނޫން. ބޭނުމީ ޤާބިލް ކަމާ ތަޖްރިބާއާއެކު މިކުރިމަތިލީ ކޮންކަމެއްކަން އެނގި ކަންކުރަން އެނގުން. ޤާނޫނީ ދާއިރާއިން ކިޔަވައިގެން ތިބި މީހުންފަސްޓް ޑިގްރީ ސެކެންޑްރީ އޮތަސް ކަމާ ނުގުޅޭ ދާއިރާތަކުން ފަސްޓް ޑިގްރީ ހެދިޔަސް އަދި ރައްޔިތުންގެ މަޖްލީހަކަށް ކުފޫ ހަމަވަނީ އެއްނޫން.
    ނިހާނުމެން އަދުރޭމެން ގެ ތަޖްރިބާ އާ ޤާބިލް ކަން ހުންނާނެ. ގްރޭޑް 7 ކޭ ކިޔާކަށް ނުޖެހޭނެ.

  22. ޖަލީސް

    ބަރުލަމާނީ ނިޒާމަކީ ރާއްޖޭގެ އިޤުތިސާދާ ވެސް ކަތާ ވަރު ނިޒާމެއް ނޫން. ރައްޔިތުންގެ ބޭނުންތައް ފުއްދުމަށް ދައުލަތަށް ލިބޭ ފައިސާއިން ހެނދުނު ހޮވާފަ ހަވީރު ވައްޓާލާ ވެރިކަމެއް އޮތުމުން އޭގެއިން ގެއްލުން ލިބޭނީ ނިކަމެތި ރައްޔިތުންނަށް .އެކަން ހުރިހާ ރައްޔިތުންވެސް ދަންނަޖެހޭނެ.ރާއްޖޭގައި މިއޮތް ރިޔާސީ ނިޒާމަކީ އެއަށް ވުރެ މާ ފުރިހަމަ ނިޒާމެއް. ބޭނުމަކީ އަދުލު ވެރިކަމާ އިންސާފުން ކަނަކަން ނިންމުން.

  23. މިނަސް

    ޖަމީލް މެން ވިސްނާނުލާ އުޅުމުން ލިބުނު ނަތީޖާ މިހާރު ރަނަގަޅެއް ނުވިއެއްނު.ޖަމީލްމެން ފަދަ ޤާބިލް ބޭފުޅުންނަށް އެމްޑީޕީ ދުވަހަކުވެސް ބައިޢަތު ހިއްޕަވާކަށް ބޭނުމެއްނުވާނެ. އެމްޑީޕީ ބޭނުންވީ ޖަމީލްމެން ޤާސިމްމެން މައުމޫނު މެން ލައިގެން ޔާމީންގެ ވެރިކަން ވެއްޓުމަށް. އެމީހުން ދުވަހަކުވެސް ޖަމީލް މެންނަކަށް ހެވެއް ނެއެދޭނެ، އަދީބުއަކީ ވެސްއެމްޑީޕީ މީހުން ޕިޕީ އެމްގެ ވެރިކަން ވެއްޓުމަށް ސީދާ އެމްޑީޕީ އަޑީގައި އޮވެގެން އެޅޫއްވި ފަންޏެއް.ބޭނުމަކީ ހުރިހާއެންމެން ބޭނުން ކޮށްގެން ވެރިކަނަ ްވެއްޓުން. އެއޮތީ އެކަންވެފަ ދެން ޖަމީލްމެން އަމިއްލައަށް ފޭހުނު އިލޮށި އަމިއްލައަށް ހެރިގެން ތިބޭ. ދެން މިރާއްޖެ ދާނީ މިގޮތަށް.