ސަބްމެރިންއެއްގެ ތެރެއަށް މަސްތުވާތަކެތި ލައިގެން އެތަކެތި ވ.އަތޮޅު ފެލިދުއަށް އެތެރެކުރަނިކޮށް އަތުލައިގެންފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުުހުންގެ އިންޓެލިޖެންސާއި ވ. ފެލިދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާއެކު ފެލިދޫން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މާލޭން ފުރައިގެން ފެލިދުއަށް ދަތުރުކުރަމުންދާ ފެރީ ލޯންޗަކުން މީހަކު ފެލިދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި މިއޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އިއްޔެ 17:20 ހާއިރު ހިންގި މި އޮޕަރޭޝަނުގައި، ފެލިދޫ ބަނދަރު ސަރަޙައްދުން މިމީހާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މިމީހާގެ އަތުގައި އޮތް ކޮތަޅެއްގެ ތެރޭގައި އޮތް ސަބްމެރިންއެއްގެ ތެރެއިން، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފިލްމް ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ ފެލިދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިލްޔާސް ސެއިހް

    ތީ މައްސަލައެއްނޫ ކީކުރަންތަ ހައްޔަރުކުރަނީ ކޮންމެ ގޮތަަކަށް އުޅުނަށް މިހާރު އެއީ ކަމެއްތަ

    18
    5
  2. ހަސަނުޓޭކޭ

    އެމްޑީޕީ ކުދިންކޮޅު ހައްޔަރު ނުކުރޭ

    13
    4