މާމިގިލީ ދާއިރާގެ މާމިމިގީލިގައި ހުރި ތިން ވޯޓުފޮށްޓެއް އަލުން ގުނަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

މާމިގިލީ ދާއިރާގެ ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކަނީ އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު އަދި ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އެވެ.

"ވަގުތު"އަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަދި ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވީ އެ ކޮމިޝަނުން ނިންމީ މާމިގިލީ ތިން ފޮށީގެ ވޯޓުގެ ތެރެއިން ބާތިލު ވޯޓުތައް އެކަނި ގުނާ ގޮތަށާއި މާމިގިލީ ފޮށިތަކުގައި ބާތިލު ވޯޓު އާދަޔާ ޚިލާފަށް ގިނަ ކަމަށެވެ.

" ބާތިލު ވޯޓުގެ އަދަދަށް ބަލާ އިރު އެ ތިން ފޮށީގައި ބާތިލު ވޯޓު ވަރަށް ގިނަ. އެއީ އެދާއިރާގެ ނަތީޖާއަށް ބަދަލު އައިސްފާނެ ފަދަ އަދަދެއް." އަކްރަމް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ހަގީގަތް

    ތިއުޅެނީ އެއްޗެކޭކިޔައިގެން ގާސިމް އިބްރާހީމް ބޭރުކުރެވޭތޯ. ހަގީގަތަކީމީ މިމާމިގިލީގަ އަދިވެސް މެޖޯރިޓީ އޮތީ ގާސިމް އިބްރާހީމްއަށް. އިންޝާﷲ އެކަން ބަދަލެއްނުވާނެ.

    36
    1
  2. އިލްޔާސް ސެއިހް

    މަ ހިތައްއަރާ ކިހާވަރަކަށް ގޮޑި ލިބުނީމާބާވައޭ ހިތްފުރޭނީ މިދާވަރުންދަންނާ އަޅުން އިންތިހާބު ބާއްވާންޖެހޭ

    35
  3. ސިއްދީގަށް

    އާ އިންތިހާބަކަށްދާން މަޖުބޫރުވޭ މިހާރު ކަންތަވާގޮތުން. އަލުން ވޯޓުލައިގެން ބަލިވިޔަސް މައްސަލައެނެތް މިހާރުވެސް ބަލިވެފަ މިއޮތީ އެކަމަކު ޝައްކެނެތި މޮޅުވާ ބަޔަކު މޮޅުވިކަން ޔަގީންކުރެވޭނެ. މިހާރު މޮޅުވިމީހުން މިވަރަށް ޝައްކު އުފައްދާއިރު ބަލިވިމީހުންނަ މާހައްގުކަންބޮޑު އިންތިހާބު ބާތިލްކުރަންއެދުން. ޕޕމ ދެންވެސް މަޑުންނުތިބެ މިކަމުގަ ތެދުވެބަލަ. ސިއްދީގު އަމިއްލަ ހައިސިއްޔަތުންވެސް މިކަމުގަ އުޅެބަލަ.

  4. ޢަލީ

    ތިއުޅެނީ އެގޮޑިވެސް ދަމައިގަންނާނެ ގޮތެއް ހޯދަން އެއްޗެކޭކިޔައިގެން،،، މަޖިލީހުން އެމްޑީޕީ މެމްބަރުންނޫން އެންމެން ބޭރުކޮށްލަން

    38
    1
  5. މާމިގިލީ މީހާ

    ބާތިލު ވޯޓް ހިމަނައިގެން ގާސިމްއަށް ގޮޑި ލިބުނީ. އަލުން ގުނާންޖެހޭ މާމިގިލީ ހުރިހާ ފޮއްޓެއް ވެސް.

    • ހަގީގަތް

      ކަލޭ ބާތިލު ވޯޓޭ ކިޔައިގެން އަނގަ ނުހުޅުވާ.. މިހާރު ހުންނާނީ ވޯޓް ކެވިފަ.

  6. ލޮލް

    ބަލަ ގާސިމް އަމިއްލައަށް އަލުން ގުނަން އިލެކްޝސަންގަ އެދުން ވާހަކަ ހަބަރުގަ ޖަހަންވާންނު.

  7. ޑިމޮކްރަސީ

    އެމްޑީޕީއަށް ލިބުނު މޮޅާއިގެން ހިތް ނުފުރިގެން ތިޔަ ތެޅެނީ... ޑިމޮކްރަސީގައި މަޖިލިސް މެމްބަރުންގެ ގޮތުގައި އިދިކޮޅު ފަރާތްތަކުންވެސް ތިބެންވެސް ޖެހޭނެ. މިހާރު ތިޔަ އުޅެނީ މަޖިލިސްތެރެއިން ވެސް އިދިކޮޅު ފަރާތްތަށް ބޭރުކުުރުން. އެމްޑީޕީ އަށް ދަންނަވާލަން އޮތީ މީ މިފަހަރު ވީ ގޮތޭ ހަޖަމްކުރަން ދަސްކުރާށޭ ..... ހަޖަމްކުރަން ދަސްކުރާށޭ،،،،...........

  8. މަރީ

    ދުވަހަކު ހިތެއް ނުފުރޭނެ...ސުޕާ މެޖޯރިޓީ ލިބުނީމަ ބޮޑާވެ ކިބުރުވެރިވެގެން ދެން އޮތް ގޮޑިތައް ÷ހޯދަން މިހާރު އެ ވީ.. އޚިރުގައި ހުރިހާ އެއްޗެއް ގެލިއްޖެއްޔާ ރަގަޅު

  9. އާނާ

    ރައީސަކު ހޮވަން ނެގި ވޯޓްތައް ނައްތާލާފައި ވަނީ ހިތުހުރިގޮތަކަށް، ގާސިމަށް ހަދާނެ ގޮތެއްވެސް ނޭނގެއި ލާރިދިންވަރެއް އޮންނާނީ އީސީ ޝަރީފްދޯ.....