އެމްޑީޕީގެ އެޖެންޑާ19 ވަގުތުން ތަންފީޒުކުރުމަށް މަޖިލިސް އިންތިޚާބުގައި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރައްވާ، އެ އިންތިޚާބުން ބަލިވެ ވަޑައިގަތް އަލްހާން ފަހުމީ ގޮވާލައްވައިފިއެވެ.

އަލްހާން މިހެން ގޮވާލެއްވީ ޓްވިޓަރ މެދުވެރިކޮށެވެ. އެޖެންޑާ19 ވަގުތުން ތަންފީޒުކުރެއްވުމަށް އަލްހާން ގޮވާލެއްވިއިރު، އަލްހާން އަކީ ފާޅުގައި މި ސަރުކާރުގެ ސިޔާސަތަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.

އަލްހާން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް މަޖިލީހުގެ ފުރިހަމަ މެޖޯރިޓީ ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވެ، އެމަނިކުފާނު އިސްކަން ދެއްވާނީ ކޮން ކަންތައްތަކަކަށްތޯ ސުވާލު އުފައްދަވާފައެވެ.

"ގެއްލިފައިވާ ނޫސްވެރިޔާ ރިލްވާން ހޯދުންތޯ، ރައީސް ޔާމީން ހައްޔަރުކުރުންތޯ، އުއްތަމަ ފަނޑިޔާރަށް އަލްެއުސްތާޛު ހުސްނުއްސުއޫދު އައްޔަންކުރުންތޯ ފަދަ ކަންކަންތޯ " އަލްހާން ވަނީ ސުވާލު އުފައްދަވާފައެެވެ.

ހޮނިހިރު ދުވަހު ބޭއްވުނު މަޖިލިސް އިންތިޚާބުގެ ނަތީޖާތައް ދައްކާގޮތުން، އެމްޑީޕީ އަށް މަޖިލީހުގެ ސްޕަރ މެޖީރިޓީ ވަނީ ލިބިފައެވެ.

އެގޮތުން 19 ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީއަށް 65 ގޮނޑި އަށް ވުރެން ގިނައިން ލިބޭއިރު މާލެ، އައްޑޫ އަދި ފުވައްމުލަކު ސިޓީގެ ގޮނޑިތަކުގެ ބޮޑު އަގުލަބިއްޔަތު އެމްޑީޕީއިން ވަނީ ނަގާފައެވެ. އަދި މާލެ ސިޓީގެ 15 ގޮނޑީގެ ތެރެއިން، 14 ގޮނޑިއެއް ވަނީ އެމްޑީޕީގެ ކެންޑިޑޭޓުން ކާމިޔާބު ކުރައްވައިފަ އެވެ. މާލެ ސިޓީގެ ގޮނޑިތަކުގެ ތެރެއިން އެމްޑީޕީއަށް ނުލިބުނީ ވިލިމާލެ ދާއިރާ އެކަންޏެވެ.

އިންތިހާބުގައި ޖުމްހޫރީ ޕާޓީ އަށް ހަތް ގޮނޑި ލިބުނު އިރު، އިދިކޮޅު ޕީޕީއެމް އަށް ހަތަރު ގޮނޑި، ކޮންގްރެސް ޕާޓީ އަށް އެއް ގޮނޑި ލިބެ އެވެ. އެމްޑީއޭ އަށް ދެ ގޮނޑި ލިބޭ އިރު، މިނިވަން ކެންޑިޑޭޓުންނަށް ލިބެނީ ހަ ގޮނޑި އެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. އަބްދުﷲ

    ވޯޓުން އިގިއްޖެ އަލްޙާން ގެ ސައިޒު އިގިއްޖެ. ތިޔައީ ހަމަ ބެކާރު މީހެއް.

    51
    14
  2. ިކީ

    ދެން ކޮންމެހެން ގުޅެން އުޅޭނެ ކަމެއްނެތް. ސޭޓު ކައިރީ، ސޭޓުގެ ބޯ މޮޑެދޭން ހުރޭ.

    29
    8
  3. ފަޒޫ

    އެއްމެންނަކީ ވެސް ބޭކާރު މީހުން ތިބުނާގޮތުން އެމްޑީޕީ ނޫނިއްޔާ.... ވަގުވޯޓް. ކޮރޮޕްޓް

    19
    16
  4. ޙނ

    ސިޔާސީ މައިދާނުން ދުރަށް ދޭ.

    22
    9
  5. ވަގު ވޯޓު

    އެޖެންޑާ19 އަށް ވޯޓުދިންމީހުން ވޯޓުދިނީކީ އޭގަ އޮތްއެއްޗެ އެގިގެނެނޫން. ޖީބަށް ލައިދިން ފައިސާކޮޅަށް. ގެއަށް ވެއްދި ޓައިލްސްތަކާ ސިމެންތިއާ ފަރުނީޗަރުތަކަށް. މޑޕގެ ގިނަމީހުންނަ ތިއެޖެންޑާގަ އޮތީ ކީކޯތޯ ސުވާލުކުރިއަސްނޭގޭނެ. ރައްޔިތުން ވޯޓުދޭއިރު ބަލައެއްނުލާ ތައުލީމަކަށް ތަރުބިއްޔަތަކަށް. މޑޕ އިން ހޮވިފަތިބި ގިނަމީހުންނަކަށް ބަހުސަށް އަރާނޭގުނު އަމިއްލަ ތައާރަފެދޭންވެސް މައިން ބަފައިންނަ ކިޔާނަމެ ބުނެނުދެވޭ. މިވަރުމީހުން ގާނޫނުހަދަން މިތިބީ ހޮވާފަ. އެކަމަކު މިސަރަހައްދުގެ އެއްމެ ތަހުޒީބު ގައުމުކަމަށް ދައުވާކުރާ މީހުންތިބި ގައުމުމީ ރިޝްވަތަށް ގޮސްހުސްވެފަ. ވައްކަމާ ކޮރަޕްޝަނާ ރިޝްވަތާ ހުއްޓުވަން މަޖުލިހަށް ވަންބަޔަކު ރިޝްވަތުދީގެން ވޯޓުހޯދީ. އިބުރާހިމު ފޮނިކަޑަން ބުނެފި ވައްކަން ކުރަން ހިތުލާފަ ހުރިމީހަކު ހުއްޓަސް ދުރަށްދާށޯ. މިހެން މީނަ ބުނިއިރު މީނައަށް ލިބިފަހުރި ލާރިޔާ މީނަގެ ކޮއްކޮއަށް ލިބިފަހުރި ލާރިއާމެދު ތުހުމަތުކުރަނީ ރައްޔިތުން މީނަގެ ސަރުކާރުން ރިޝްވަތުދިނީ މީނަހުރެގެން. ދުރަށްދަންޏާ ދޭބަލަ މިކަލޭގެ.

    30
    14
  6. ސާބަސް

    ދޭފުއްކެހެރި ޓޭފް !

    23
    2
  7. އަލްޖިބްރާ

    ކަލޭގެ ފެންވަރު މިހާރު އެގިއްޖެނު ؟ ދެން ކަލޭ މީހުނާއި ކުރާނެ ސުވާލެއް ނޯންނާނެ ! ކޮބާ ފުޓްބޯޅަ މުބާރާތެއް ބާއްވައިގެން މީހުނަށް ފައިސާކޮޅެއް ބަހާކަށް ނުވޭތަ ؟

    20
    2
  8. ޝާން

    މީނަ މިއީ ކާކު އެމްޑީޕީ މީހުން ކަންތައް ކުރަންވީގޮތްބުނަން. އަދި މިއީ އެޖެންޑާ 19 އާއި ދެކޮޅަށް ނިކުތްމީހެއް.

    24
    8
  9. ނަސީދު

    ޙުވާކޮއްފައި އެޖެންޑާ 19 ދައްކާލާނާން މައިތިރިވޭ

    19
    11
  10. عبدالله

    ސިޔާސީ ހައްޔަރީން މިނިވަންކޮށް ދޫކޮށްލުމާއެކު މަޖިލީހުގެ ގޮނޑިތައް ހޯއްދެވުމަށް އެބޭފުޅުން މަސައްކަޕުޅު ކުރައްވާފައިވަނީ، ރައީސް ޞާލިޙާ ދެކޮޅަށެވެ. ނަމަވެސް ސިޔާސީ ހައްޔަރީން މިނިވަންކޮށް ދޫކޮށްލުމުގެ ވަޢުދަށްވުރެ ބޮޑުވަޢުދެއް ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިޙު ނުކުރައްވައެވެ. ރައީސް ޞާލިޙަށް މަޖިލީހުގެ ގޮނޑިތައް ގިނަވާންޖެހޭ ސަބަބަކީ، މިއީ ކަމަށް ބެލޭނެއެވެ. ވީމާ، އެކަންކުރެވުނު މީހަކަށް ދެންހުރި ކަންތައްތައްވެސް ކުރެވޭނެއެވެ.

    1
    10
  11. ޑްރައި

    މީދެން ކާކުތަ ؟ ސިޔާސީ ގޮތުން ބަލައެއް ނުގަންނަން.

    10
    5
  12. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    އެޖެންޑާ 19 އާހެދި ހޭކެނޑިގެން ތިއުޅެނީ ކީއްވެހޭ؟ ރައްޔިތުން ވިސްނާ. މީގަ ނުބައެއް އެބައުޅޭ. އެހެންނޫނި މީގެން ނުނެއްޓިގެން މިތަންފީޒު ނުކުރެވިގެން އުޅޭ ސަބަބެެއްނެތް. އަމިއްލަ އެޖެންޑާ ކިއްޔާ މާތާހިރުވާނެ.

    8
    7
  13. Abdul Latheef

    21 ގޮނޑި އެމްޑީޕީ އަށް ކާމިޔާބު ކޮށްދިނީ ކޮމިޝަނުންކަމަށް އެތާގެ މެމްބަރަކު ލީކް ކޮށްލައިފި. ދެން ސުޕަރ މެޖޯރިޓީ އޮޅާލާ.

    17
    2
  14. މިހާރު

    ގެއްލިފައިވާ ނޫސްވެރިޔާ ހޯދުމުގެ މަސައްކަތް އަދި ނުނިމޭތަ ރައިސްސަލިހު ކެންޕެއިނުގައި ވިދާޅުވީ ފުރަތަމަ ދުވަހު އެކަންކޮށްދޭނެކަމަށް އެވާހަކަދެއްކީ ރިލްވާނުގެ މައިންބަފައިގެނަސް ކާށިދޫގައި އެކަން ނުވެއޮތީމަ މިފަހަރު މުޅިރާއްޖެއަށް ކެންޕެއިނު ދަތުރުތައް ކުރިއިރުވެސް ކާށިދުއަށް އަންނަންނުކެރުނީވެސް އެފަދަ ބަސްތަކުން ސަލާމަތްވާންހަދާނެ އިތުރުދޮގެއްނެތުމުން ޢައިލާގެކޮއްކޮ ކާށިދޫދާއިރާއަށްކުރިމަތިލީމަ އެފަކީރަށް ކެންޕެއިނުކޮށްނުދީ ޕާޓީގެ އެހެންމީހުނަށް ކެންޕެއިނުކުރަންދުއްވިދުއްވުމަކީ އެފަކީރަށްކުރިމަލާމާތެއްނޫންބާ؟