މާލޭގެ މާފަންނުގައި ހުންނަ ގެއެއްގެ ހަތަރު ވަނަ ފަންގިފިލާއިން ކުޑަދޮރެއް މަގުމައްޗަށް ވެއްޓިއްޖެއެވެ.

އޯކިޑް މަގުގެ އައި ކެއާ އޮޕްޓިކަލް ކައިރީ ހުންނަ ގެއެއްގެ ހަތަރު ވަނަ ފަންގިފިލާއިން ވެއްޓުނު ކުޑަދޮރު ގޮސް ޖެހުނީ މަގުމަތީގައި ޕާކްކޮށްފައި އޮތް ވެހިކަލެއްގައެވެ. މަންޒަރު ދުށް މީހަކު ބުނިގޮތުގައި، އެ ކުޑަ ދޮރު ވެއްޓުނު ވަގުތު އެތަނުގައި މީހަކު ނެތް ކަމަށެވެ. ނަމަވެސް މިހާރު އެ ސަރަަހައްދަށް މީހުން އެއްވެފައިވާ ކަމަށް އޭނާ ބުންޏެވެ.

އެ ކުޑަދޮރުން ވެއްޓެން މެދުވެރިވި ސަބަބު އަދި ވަނީ ސާފްވާގޮތް ނުވެފައެވެ. ވެއްޓިފައި ވަނީ އެލްމެނިއަމާއި ބިއްލޫރިން ހަދާފައިވާ ކުޑަދޮރެކެވެ.

އެ ކުޑަދޮރި ވެއްޓުނު ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފައެވެ. އެ ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރި ވަމުންނެވެ. މިކަމާއި ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެއެވެ.

މާލޭގައި ހަދާ އިމާރާތްތަކާއި މީހުން ދިރިއުޅޭ އިމާރާތްތަކުން މަގުމައްޗަށް އެއްޗެހި ވެއްޓުމުގެ ނުރައްކާތެރި ހާދިސާތައް ހިނގުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޢަލީ ހަމީދު

  އެޖެންޑާ 19 ގެ ދަށުން ކަމައް ތިޔަވާނި..

  13
  6
 2. ރޭސް

  ހެލްމެޓް

  16
  1
 3. ާކާފަ

  ވެހިކަލް ޕާރކުކޮއްފަ އޮތީ ހުއްދަ ޒޯނެއްގަ ނޫންނަމަ ބަދަލު ލިބިގެނެއް ނުވާނެ.

 4. ހަخ

  ޖަޒީރާ ތަކުގަ މިހެންވާނެ. މާލެ ހިޔާކުރޭ އަވަހަށް. ޓިނުބޭ މަޖިލީހަށް ނުހޮވުނީމަ ޓިނު ލިބުންވެސް ދަތިވާނެ

 5. ގެ

  ލޮލް
  އަދި ގޭގެ ހަތަރުވަނަ ބުރިވެސް މަގުމައްޗަށް ވެއްޓޭނެ