ވޯލްޑް ބޭންކް ގުރޫޕްގެ އައިއެމްއެފް ސްޕްރިންގް މީޓިންގައި ބައިވެރިވެ ވަޑައިގަތުމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރް، އެމެރިކާއަށް ފުރައިވަޑައިގެންފިއެވެ.

މި މަހުގެ 10 އިން 15 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތެއް މިނިސްޓަރު ދެއްވާފައެއް ނުވެއެވެ.

ރައީސް ސޯލިހްގ ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަމުންދާ އެެއް މަސައްކަތަކީ ބޭރުގެ ގައުމުތަކަށް ޒިޔާރާތްކޮށް ގުޅުން ބަދަހި ކުރުމެވެ. އެގޮތުން ފޮރިން މިނިސްޓަރުވެސް މިވަގުތު ހުންނެވީ ރާއްޖޭން ބޭރުގައެވެ. އަދި މީގެ އިތުރުން، ފޮރިން މިނިސްޓަރު މީގެ ކުރިން ކުރެއްވި ދަތުރުފުޅުގައި ރާއްޖެއަށް މާލީ އެހީތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.

ފިނޭންސް މިނިސްޓަރުގެ މި ދަތުރުފުޅުގައި ޗީފް ފައިންނޭޝިއަލް ބަޖެޓު އެގްޒެކިއުޓިވް ސަރުވާޝް އާދަމް ވެސް ވަނީ ބައިވެރިވެވަފައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ....

    ޔަހޫދީންގެ ވާގިޔަށް އެދެނީ އެވެ....

  2. ނުޒުހާ

    މިވެރިންގެ ދަތުރުތަކަށް ދައުލަތުގެ މާލިއްޔާއިންހޭދަ ކުރުމަށްފަު ރައްޔިތުންނަށް ދޭކަށް އެއްވެސް އެއްޗެއް އޮންނާނެބާ! މިހާރުވެސް 1.5 ބިލިޔަން ރުފިޔާ ގެއްލިފައިވާކަމަށް އިބޫ ވަނީ ބުނެފައި