ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓް ލެވޭނެ އިންތިޒާމް ހަމަޖައްސަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މިރޭ ވިދާޅުވެއްޖެއެވެ.

ކައުންސިލް އިންތިޚާބުގައި ލޯފަން މީހުންނަށް އަމިއްލައަށް ވޯޓް ލެވޭނެ އިންތިޒާމް ހަމަޖައްސަވާނެ ކަމަށް ވިދާޅުވީ "ވީޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަހްމަދު އަކްރަމް އެވެ.

ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ އަހަރު އެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް އިންތިޚާބުތަކުގައި ލޯފަން ބޭފުޅުންނަށް އަމިއްލަފުޅަށް ފާހަގަ ޖެހޭނެގޮތް ފަހިކޮށްދޭނަން." އަކްރަމް ވިދާޅުވިއެވެ.

މިހާރު އޮންނަ ގޮތުން ވޯޓް ލުމުގައި އެހެން މީހެއްގެ އެހީތެރިކަން ހޯދެނީ ލޯފަން މީހުންނަށާއި އަމިއްލަ އަތުން ފާހަގަ ޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދޭ ފަރާތްތަކެވެ.

އިންތިޚާބުތަކުގައި ވޯޓްލުމުގައި އެހީތެރިވާ މީހުންނާއި ގުޅިގެން މީގެ ކުރިން ވަރަށް ގިނައިން ޝަކުވާ ހުށަހެޅުނު ނަމަވެސް އަކްރަމް މިރޭ ވިދާޅުވީ ހޮނިހިރު ދުވަހު އޮތް މަޖިލިސް އިންތިޚާބުގައި ވޯޓުލުމުގައި އެހީތެރިވި އެއްވެސް ފަރާތަކާ ގުޅިގެން، އެއްވެސް ޝަކުވާއެއް ލިބިފައި ނެތް ކަމަށެވެ.

ޕޯސްޓަލް ވޯޓިންގ އާއި، ޕްރިފެރެންސް ވޯޓިންގ އަށް ތަޢާރަފް ކުރަން ވެެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ޕޯސްޓަލް ވޯޓިން ތަޢާރަފް ކުރުމަކީ ބައެއް ގައުމުތަކުގައި ދިރިއުޅޭ މީހުންނަށާއި، އަމިއްލަ ދާއިރާގައި ދިރިނޫޅޭ މީހުންގެ ވޯޓްގެ ސިއްރުކަން ގެއްލޭ މައްސަލައަށް ހައްލު ލިބިގެންދާނެ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު