ލާދީނީ މީހުންނަށް ލާދީނީ މީހުންނޭ ކިޔުމަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާ އިން ވެސް ކަށަވަރު ކޮށްދޭ އަސާސީ ޙައްޤެއް ކަމަށް ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޝައިހް އަބްދުﷲ މިހެން ވިދާޅުވީ ލާދީނީ މީހުންނަށް ލާދީނީ މީހުންނޭ ކިޔާތީ ސަރުކާރުން "ވަގުތު" އަށް ކުރިމަތި ކުރަމުން ގެންދާ ގޮންޖެހުންތަކާއި ގުޅިގެން "ވަގުތު" ގައި ޝާޢިއު ކުރި ޚަބަރެއް ޓްވީޓް ކުރައްވަމުންނެވެ.

ޝައިހް ވިދާޅުވީ ލާދީނީ މީހުންނަށް ލާދީނީ އޭ ކިޔުމުގެ ޙައްޤު ނިގުޅައިގަތުމަށް މަސައްކަތް ކުރުމަކީ ބޮޑު އަނިޔާއެއް ކަމަށެވެ. އަދި އެއީ ޤާނޫނު އަސާސީން ލިބިދޭ ޚިޔާލު ފާޅުކުރުމުގެ ޙައްޤުގެ މިނިވަންކަމަށް ފާޅުގައި ހުރަސް އެޅުން ކަމަށެވެ.

ލާދީނީ މީހުންގެ ވާހަކަތައް "ވަގުތު" ގައި ގެނެސްދޭތީ ފުލުހުންގެ ދަތިކުރުމުގެ ފިޔަވަޅުތައް "ވަގުތު" އާއި މެދު ވަނީ އަޅާފައެވެ. އަދި ސަރުކާރު އަޑީގައި އޮވެ، މީޑިއާ ކައުންސިލް މެދުވެރިކޮށް "ވަގުތު" އަށް ގިނަ ދަތިތަކެއް ވެސް ގެންދަނީ ކުރިމަތި ކުރުވަމުންނެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން އިސްލާމްދީނާއި ހިލާފު ވާހަކަތައް ދައްކާ މީހުންގެ އަދަދު ވަނީ އެތައް ގުނައެއް އިތުރުވެފައެވެ. އެމީހުން ވަރަށް ފާޅުގައި މިހާރު އެފަދަ ވާހަކަތައް ދައްކަމުން ގެންދިޔަ ނަމަވެސް ސަރުކާރުން އެއްވެސް ފިޔަވަޅެއް އެމީހުންނާއި މެދު އަޅާފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

  1. އަލީ

    އަސްލުވެސް އަންނިއަށް ލާދީނީ ކިޔަނީ ލާދީނީ ވާހަކަ އަންނި ދަށްކާތީ

    46
    11
    • ލިންލިން

      ޔާމީނު ދައްކާ ލާދީނީ ވާހަކަ އަޑު ނީވެނީތޯ؟ ފައިސާ ފޮއްޗެއް ލިބިއްޖެއްޔާ ކޮންމެ ގޮތަކުން ލިބުނަސް ހަލާލުވާނެކަމާ ބެންކޮކަށް ގޮސް ލާރި ދީފަ އަންހެނުންކައިރިއަށް ވަނީމަ އެއީ ހިލޭ އަންހެނުން ނޫންކަމާއި ނޫހުގެފާނުގެ ނާކޮޅު ދުއްވަނީ ޕީޕީއެމުންނޭ ކިޔާ ދެއްކި ލާދީނީ ވާހަކަތައް ކޮބާ؟ ސަލަފަކަށް ވެސް އަޑެއް ނީވޭ.. އެހެންވެ ތިޔަ ބައިގަނޑު ދައްކާ ވާހަކަ ރައްޔިތުން އަޑު ނާހަނީ..

      16
      17
      • ޑިމޮކްރަޓިސްޓް، ރ.ވާދޫ

        ކަލެޔަށް ކީއްވެހޭ އެމްޑީޕީގެ ލާދީނީކަން ހަމަ ތި ޔާމީނުގެ ވާހަކަ ދައްކާހެން ދައްކަން ނުކެރިގެން އަނގަބެދިގެން ތިހުނަނަނީ؟ އެވާހަކަ ދައްކަބަލަ؟ ޔާމީނު ވެރިކަމުން ދުރުކުރީ ލާދީނީވީމަ! ދެން މިހާރުގެ ލާދީނީ ވާހަކަވެސް ދައްކަބަލަ؟

        14
        2
  2. ލާދީނީ

    ލާދީނީ ކިޔުމަކީ ދީނީގޮތުންވެސް ގާނޫނީގޮތުންވެސް ހުއްދަ ކަމެއް. ލާދީނީގެ މާނައަކީ ދީނާދުރު. އެހެންވީމާ ދީނާ ދުރު ކޮންމެ ކަމަކަށް ލާދީނީއޭ ކިޔޭނެ. އެހެން ކިޔުމަކުން އެއީ މީހަކު ދީނުން ބޭރުވެފައި ހުރި ވާހަކައެއް ނޫން. ލާދީނީ މި ލަފުޒަކީ ދިވެހިރާއްޖޭގައި ނޫނަސް ދުނިޔޭގެ އެހެން ތަންތަނުގައި ބޭނުންކުރާ އާންމު ލަފުޒެއް. އަދި އެތައް ފޮތެއްގައި ލިޔެ ޝާއިއުކޮށްފައިވާ އާންމު ލަފުޒެއް. މީހެއްގެ ކިބައިގައި ދީނާދުރު ގޮތްތައް ހުރެފައި އެގޮތަށް އަމަލުކުރަމުންދާނަމަ ކޮންމެ މީހަކާ ދިމާއަށްވެސް ލާދީނީ މީހެކޭ ބުނެވޭނެ.

    32
    8
  3. އަލީރާޖާ

    އެއީ ސަލަފު ޖަމިއްޔާއަށް އޮންނަ ބާރެއް ނޫން. މީހަކު ލާދީނީ ކަމަށް ކަޑައަޅަންޖެހޭނީ ދެފަރާތުގެ ވާހަކަތައް އަޑު އަހާފާއި ޝަރުއީ ކޯޓަކުން. އެހެން ނޫނީ ކޮންމެ މީހަކަށްވެސް އަނެއް މީހާ ލާދީ ކަމަށް ކަޑައެޅިދާނެ. ކޮންމެ މީހަކަށްވެސް އަނެއް މީހާއަކީ މުރުތައްދެއް ކަމުގައިވެސް ކަޑައެޅޭނެ؟ އަޖައިބެއް.

    17
    38
    • ކެރެފޭ

      މާލޭ ،، ކެެނެރީގެ މުހައްމަދު ނަޝީދަކީ ލާދީނީ މީހެއް ހަޖަމުނުކުރެވެންޏާ ނުކުރެވެންވީ....

      21
      5
    • ބުރޯ

      ބަލައެއީ ސަލަފަށް އެކަނިއޮތް ބާރެކޭބުނީ ކާކުތޯ؟ ކޮންމެމީހަކަށްވެސް ލާދީނީމީހަކާ ދިމާލަށް ލާދީނީއޭ ބުނެވޭނެ. ގޮޅާބޯ، ދަހިސޭޓު، ގަންޖާބޯ އަދި ބާގީކެރަފާ ފަދައިން. ކޮންމެހެން ޝަރުއީކޯޓު މިދޭތެރެއަށް ވަންނާކަށް އަދި ވައްދާކަށްވެސް ނުޖެހޭ. ކަލޯ މީހަކަށް ބޯންދޭންވީމަ ކޯޓަށްތޯ ދަނީ؟ އަޖައިބެއް.

      9
      2
    • ނައިބުތުއްތު

      މނ ކިޔާ މީހަކު ދިވެހި މުސްލިމް އަޚުންނާއި އުޚުތުންނަށް ކުރިމަތިކުރުވި ސުވާލަށް ވިސްނާއިރު އަލީރާޖާގެ ނަޒަރުގައި އެއީ މުސްލިމެއްތޯ؟ މުސްލިމަކު އެފަދައިން ސުވާލު އުފައްދާނެތޯ؟ އަދި އެމީހާއަށް ބުނާނީ ލާދީނީ ނޫން ދެންކޮން އެއްޗެއްތޯ؟ ޤުރުއާނާއި ޙަދީޘްނޫން އެހެން އެއްޗެއް ހޯދަން މަސައްކަތްކުރީމާ ދެންކިޔާނީ ލާދީނީ ނޫން ދެން ކޮންއެއްޗެއްތޯ؟

  4. ނަފާ

    މުސްލިމަކު ޖާގަރަކު ނުވަތަ ލާދީނީކަށް ކަނޑައަޅަނީ ސަލަފުންތޯ؟ ނޫނީ ސަލަފުގެ ރައީސްތޯ؟ ޤާނޫނު އަސާސީ ހުއްދައެއް ނުކުރޭ މީހުންގެ އަބުރަށް އަރާކަށް..

    16
    34
  5. ހަބޭސް

    ސަލަފްގެ އިލްމުވެރިންނަށް ތިކަންކުރަން ހިތްވަރުދެން

    29
    10
  6. މުހައްމަދު އަހްމަދު

    މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމުގެ ޙައްޤުގައި ތިޔަ ނޫހުން ކުރަމުންދާ ހިތަވަރުގަ ޖިހާދަށް ކުރިއެރުމާއި، ފާގަތިކަން ދެއްވާށިއެވެ. ލާދީނީ މީހުންގެ ނުބައި ވަކިތަކުން މިޤައުމު ސަލާމަތްކުރައްވާށިއެވެ. އާމީން

    46
    11
  7. ހެޔޮބަސް

    މުސްލިމްގައުމެއްމިއީ މުސްލިމްގައުމެއްނޫނަސް ލާދީނީވެފަ ލާދީނީވާހަކަދައްކާނަމަ ލާދީނީއޭކިޔުމުން
    މައްސަލައަަކަށްވާންވީކީއްވެތޯ ؟ ލާދީނީވީމަ ލާދީނީއޭކިޔަނީ ވައްކަންކުރީމަ ޒިނޭކުރީމަ،މީހުންމެރީމަ ހުޅުޖަހާ ތަންތަންރޯކޮށް ސަރުކާރާ ، ރަށްޔިތުންނަށް ބޮޑެތިގެއްލުންދިނުމާ ބަގުރާބޮއި އޫރުމަސް ބޭނުންކޮށް އެތަކެތި އިޝްތިހާރުކޮށް ޒިނޭކުރުމަށް ހިތްވަރުދީ ރަސޫލާއަށާ، ކީރިތިޤްރުއާންއާ ދީނީ ޢިލްމުވެރިންނަށް ހަޖޫޖެހުމުންވެސް އެވާހަކަނުދައްކަންވީތޯ އެމައްސަލަ ތަހުގީގުވެސް ނުކުރަންވީތޯ
    އެހެންކަމަށްވާނަމަ ޖަންގަލީގެ ގާނޫނުވެސް މާރަގަޅުވާނެ

    9
    1
  8. ނައިބުތުއްތު

    މުސްލިމަކަށް ދެވޭނެ އެންމެ ބޮޑުއަނިޔާއަކީ އެމީހުންގެ ދީނާ ދެކޮޅުވާހަކަ ދައްކައި އެމީހުން ހިތްދަތިކުރުވުން. އަދި މިފަދަ ޢަމަލުތައް ހިންގާ މީހުންނާ ދޭތެރޭ މުސްލިމުޤައުމެއްގެ ސަރުކާރަކުން ފިޔަވަޅު ނާޅާނަމަ އެސަރުކާރަކުންވެސް އެގެންދަނީ އަނިޔާވެރިވަމުން.

    10
    2
  9. ޢިޚްލާސްތެރި

    ޚިޔާލުފާޅުކުރުމުގެ މިނިވަންކަމޭ ކިޔާފަ އެމީހަކު އަނގައިން އައިހައި އެއްޗެއް ކިއުމީ ލިބިގެންވާ ހައްގެކޭ ބުނެވޭނެ ކަމަކައް އަހަރެން ގަބޫލެއް ނުކުރަން

    • ގަބޫލް

      ދެންތިބޭފުޅާއަށް ގަބޫލުކުރެވެނީ ޒިނޭކުރުމަށް ހިތްވަރުދީ ރަސޫލާއަށާ، ކީރިތިޤްރުއާންއާ ދީނީ ޢިލްމުވެރިންނަށް ހަޖޫޖެހުންފަދަ ކަންކަންދެއްތޯ! ހެހެހެހެހެ. "ލާދީނީ" މީމިހާރު ގޯހަކީ... ނަޝީދުބެސްޓް. ދޯ! ކަލޯމެންދުވަހަކުވެސް އިޙްލާސްތެރިއެއްނުވާނެ. ކަލޯމެން ހިތަހަމަޖެހޭނީ ލިވާތުކުޅި ހުއްދަކޮށްފަ ނަޝީދާހިތާވެވުނީމަ. ލިވާތުސްޓައިލްއަށް. މީދޮގެއް؟

  10. އެމަންޖެ

    ސާބަސް ވަގުތު ކުރިއަށް....

    13
    2
  11. ޑިމޮކްރަޓިސްޓް، ރ.ވާދޫ

    ކިޔާނަން، ވާކަމެއް ނުވާކަމަކަށް ނެހެދޭނެ. ވަރަށް ސާފުކޮށް މިބުނަނީ ނުހުއްޓުވޭނެ. ހަމަ ލާދީނީ. ކަނޑައެޅިގެން ލާދީނީ. ލާދީނީ ބަޔަކަށް ތާއީދުކޮށް ލާދީނީ މީހުނަށް އެއްވެސް ފިޔަވަޅެއް އަޅާ ސަރުކާރެއްނޫން މީކީ. ލަދީނީއޭ ކިޔަނީ ކީއްވެކަން ހަޖމު ނުވާބަޔަކު މާ ދީނީކަމަށް ދައްކަން އެހެން މީހުންގެ އަނގަމަތީ ޓޭޕުއަޅަން އުޅުމަކީ މިލިޓަރީ އުސޫލެއް. ނަމުގަ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިން ބަޔަކީ އެމްޑީޕީ ކަމަށް ދައުވާކުރާއިރު، ކަމުގަ މިފެންނަނީ މުޅިން އެހެންކަމެއް. މީ ރައްޔިތުން އަނެއްކާވެސް ވިސްނަންޖެހޭކަމެއް. އެމްޑީޕީގެ ނުރައްކާތެރިކަން ހާމަވަމުން މިއަންނަނީ.

    11
    3
  12. ރައްޔިތުމީހާ

    އަންނި އެއްޗެއް ބުނެފިއްޔާ މިބައިގަނޑު ހީވާނީ ފޫކޮޅުގަ ރޯވެގެން ދުވާހެން.

    6
    7
  13. ސަމީރު

    ހައްލު އެބައޮތް.

    3
    1
  14. ކަޅުބެ

    ކަލޭމެން ކިޔާނެ ލާދީނީއެއް ކިޔަސް ގަޔަށް ބޮލަށް އަރާ ކަނޑި ހަރާ ނަހަދާނަމަ އަހަރެމެންނަށް ހެޔޮ. ދައްޖާލު އަރާފަ އޮންނަ އިރުވެސް ދާނެ އެހެންތަނެއް ނެތިއްޔާ ޖެހޭނީ އުޅޭކަށްނު؟

  15. އަޙްމަދް

    الله ގަންދީ ބުނަމެވެ
    ސަލަފުންނަކީ ރަސޫލާ
    صلى الله عليه وسلم އާއި
    އެކަލޭގެފާނުގެ ޞަހާބީ ބޭކަލުންނެވެ
    އެހެންވީމަ ސަލަފުގެ ރައީސޭ ލިޔެފައި އޮތީމާ ތިބުނެވެނީ ނުވަތަ ނިސްބަތް ކުރެވެނީ الله ގެ ރަސޫލަ
    صلى الله عليه وسلم އެއީ ރައީސެކޭތޯއެވެ!؟
    لاحول ولاقوة إلاباالله
    ނޫނީ قرأن ގައި الله تبارك وتعالى ވަޙީ ކުރައްވަވާފައި އޮތީތޯ
    محمَّد رسول الله صلى الله عليه وسلم އެއީ ރައީސެކޭ؟
    ތމާމެން ރުހޭ ބަޔަކުވީމާ އެބަޔަކު ރުއްސަން ކޮއްމެ ފަދަ އެއްޗެއްވެސް އެއްވެސް ޖެހިލުމެއްނެތި ލިޔަނީތޯ؟؟؟
    ވީމާ ދެނެގަތު ވާޖިބުވެގެން ނުވޭތޯ "ޖަމިއްޔަތުއްސަލަފާއި" (ސަލަފުއްޞާލިހުން) ނަކީ މުޅިން ތަފާތު ދެބަޔެކަން!
    ހާހަކާއި ސުމެއްގެ ތާފާތުހުރި މި ދެބައި މީ ހުން އެެއްބައެއްގެ ގޮތުގައި ހަދާ މީސްތަކުން ނަށް އޮޅުވާލުމަކީ ކޮންފަދަ ބޮޑު އަނީޔާވެރި ކަމެއްތޯއެވެ!

  16. މާވަޑި ފަލާހް

    ނިމިދިޔަ ފަސްއަހަރު މަނިކުފާނު ހުންނެވީ ކޮންތަނެއްގައިތޯ؟ ތިބުނާ ހައްޤްތައް ނިގުޅައިގެންއިރު ޗުއްޕުވެސްނުބުނެހުަރީ ލިބިވަޑައިގަންނަވާ އިނާޔަތްތައް ހުއްޓިދާނެތީތޯ؟ ވެރިމީހާ ޕޯޑިޔަމްތަކުގައި ދީނާހިލާފު ވާހަކަތައް ދައްކަމުން ދިޔައިރު ލާދީނީއޭވެސްބުނެލަން ނުކެެރުނީކީއްވެތޯ؟؟

  17. ޢަލީ

    ޖަމިއްޔަތުއް ސަލަފްގެ ރައީސް އައްޝައިހް އަބްދުﷲ ބިން މުހައްމަދު އިބްރާހިމަށް ދައްނަވާލަންބޭނުންވަނީ ތިބުނާ އަސާސީ ހައްޤްއޮތްކަން ޝެއިޙަށް އެނގިލެއްވީ އަދިކިރިޔާތޯ؟ ނިމިދިޔަ ފަސްއަހަރު ތިބުނާހައްޤްގެ ބޭނުން ޝެއިޙް ނުކުރެއްވީކީއްވެތޯ؟ ނިމިދިޔަ ފަސްއަހަރު ވެރިމީހާ އެކިއެކި ޕޯޑިޔަމް ތަކުގައި ދީނާޙިލާފްކިތައް ވާހަކަތޯދެއްކެވީ؟އިސްލާމް ދީނުގައި ވަކިމީހަކު ދެއްކީމަތޯ ދީނާޙިލާފް ނޫނީ ލާދީނީވަނީ؟ މީތޯތިބުނާ ހައްޤްބަސްބުނާގޮތަކީ؟ ކޮންމެމީހަކު ބުނިނަމަވެސް ތިހައްޤްގެބޭނުންކުރަން ޝެއިޙަށް އަދަބުވެރިކަމާއެކު ދައްނަވާލަން.

  18. ބޯހަލާކު 10 އޭޕްރީލް 2019

    ވަރަށް ރަގަޅު ވާހަކައެއް ތިވިދާޅުވީ ޝުކުރިއްޔާ ޝައިޚު މިޤައުމު ސަލާމަތްކުރެ ވޭތޯމަސައްކަތް ކޮށްދެއްވާމިއީ އަޅުގަޑުގެ ނަޒަރުގައި ހުރިހާ ހެއުވިސްނޭ މީހުން ކުރަންވެއްޖެ ކަމެއް ޚާއްސަކޮށް ޝައިޚުން

  19. މަންޖެ 1ދdއޭޕްރީލް2019

    ސާބަހޭ ސަލަފްކުދިންނޭ

  20. މުހައްމދު

    ސަލަފުގެ ބައެއް މީހުނަކީ މިގައުމުގެ ހަލާކު މިމިދިޔަ ސަރުކާރުން ހުރިހާ ނުބައި ކަންތައްތައް ކުރިއިރު ކަލޭމެން ކޮބާ ކޮށްމެމީހަކު ކުރިއަސް ގޯސްކަން ގޯސްވާނެ ސަލަފްގެ ރައީސްއަކީ މިގަުމަށް ހުރި ހަލާކެއް