އިންޓަނެޓްގެ އަގުހެޔޮކުރުމަށް ދިރާގާއި އުރީދޫއާއިއެކު ސަރުކާރުން މަޝްވަރާތައް ފަށައިފިއެވެ.

ކޮމިއުނިކޭޝަން މިނިސްޓަރ މަލީހު ޖަމާލު އިސްވެ ހުންނަވައިގެން މިއަދު ވަނީ އިންޓަނެޓްގެ އަގުހެޔޮކުރުމަށް ދިރާގާއި އުރީދޫ އާއި އެކު މަޝްވަރާތައް ފަށާފައެވެ.

ދިރާގުގެ ފަރާތުން މި ބައްދަލުވުމުގައި އިސްކޮށް ބައިވެރިވެޑައިގަންނަވަނީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝިީދުއެވެ. އުރީދޫގެ ފަރާތުން ބައިވެރިވެޑައިގަންނަވަނީ އެ ކުންފުނީގެ ސީއީއޯ ނަޖީބް ޙާންއެވެ.

އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދެކެވެ.

މިއަދު އިންޓަނެޓް އަގުހެޔޮ ކުރުމުގެ މަޝްވަރާތައް ފެށި ނަމަވެސް މަޝްވަރާ ބައްދަލުވުމުގައި ނިންމުނު ކަންތައްތަކުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެއެވެ. ކޮމިއުނިކޭޝަން މިނިސްޓްރީން ވިދާޅުވީ މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި ކުރެވޭ މަޝްވަރާގެ ތަފްސީލް ފަހުން ހާމަކުރާނެ ކަމަށެވެ.

މި ސަރަހައްދުގެ ޤައުމުތަކުން އިންޓަރނެޓްގެ އަގުތައް އެންމެ ބޮޑީ ރާއްޖޭގައެވެ. ނަމަވެސް ދެކުނު އޭޝިއާގެ ޤައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތުން އެންމެ ގިނަ ޢަދަދެއްގެ ބަޔަކު އިންޓަރނެޓް ބޭނުންކުރާ ޤައުމަކީ ރާއްޖެކަމަށްވެސް ރިޕޯޓްތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ފޯންބެ

    އާރުއޯއެލް ބައިބެރި ނުވޭތަ

  2. ރަސީދު

    މިހާ ކިތައް ފަހަރު ތިހެން ކިޔާފިތޯ ، ސައްކުވާނަމަ ބަލާލާ

  3. ޓަވަރު

    ކުރިންވެސް ފެށި.....

  4. ހުސޭނުބޭ

    އަގު ތިރިކޮށްލިކޮސްލީނުން ފައިދަށުނުލާތި! އޭރުން އިންޓަނެޓަށްވެސް އެރޭނީ ފައިން!

  5. ހާނީ

    މިލީހު، މިހާރު ހަފްތާއެއްވެސް ވެއްޖެ. ހަފްތާއެއްފަހުން ވާނޭބުނިތަން 3 ހަފްތާ ވެއްޖެ. 3333333

  6. ރރރ

    އަގު ހެޔޮ ކުރުމުގެ ކުރިން ފެޔަރ ޔޫސޭޖް ޕޮލިސީ އުވާލަދީ.