ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއާއެކު ވެފައިވާ އެއްބަސްވުންތައް ވަރަށް ތަފްސީލުކޮށް މުރާޖައާ ކުރާނެ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

"ރޮއިޓާސް" އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކުރީގެ ސަރުކާރުން ސޮއިކޮށްފައިވާ ހުރިހާ އެއްބަސްވުންތަކެއް ވަރަށް ގާތުން މުރާޖައާކުރަންޖެހޭ ކަމަށެވެ.

"ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި އެއްބަސްވުންތައް ވަރަށް ގާތުން ބަލައި ކުރީ ސަރުކާރުން ސޮއިކޮށްފައިވާ އެއްބަސްވުންތައް މުރާޖައާ ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރެވެމުން. " ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގައި މައްޗަން ގޯޅި މެދު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ނަޝީދު އިތުރަށް ވިދާޅުވިއެވެ.

އެ އިންޓަވިއުގައި ނަޝީދު އިތުރަށް ވިދާޅުވީ އަލަށް އިންތިހާބުވި މަޖިލީހުން އެންމެ ފުރަތަމަ ވެސް ބަލަންވީ ކޮރަޕްޝަނާއި، ގޮތް ނޭނގޭ މަރުތައް ބަލަން އުފެއްދި ރިޔާސީ ކޮމިޝަނުތައް ބާރުވެރިކުރަން ހުށަހަޅާފައިވާ ބިލުތަކަށެވެ.

"ރައްޔިތުން ނުކުމެ ދިން ވޯޓުގެ ނަތީޖާއިން، އެމްޑީޕީން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގެ ޒިންމާ އިތުރަށް ވަނީ ބޮޑުވެފައި" ނަޝީދު ވިދާޅުވިއެވެ.

ޗައިނާއާއި ގުޅޭ ގޮތުން ނަޝީދު މީގެ ކުރިން ވިދާޅުވީ ޗައިނާއިން ގައުމުތަކުގެ މާލީ ހާލަތާއި ނުބައްދަލު ލޯނު ދިނުމަށްފަހު ގައުމުތަކުގެ މިނިވަންކަމަށް ބާރު ފޯރުވާފައިވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ރާއްޖެއަށް ދީފައިވާ ފައިސާ ތަކުން ރާއްޖެއަށް ލިބޭ ގެއްލުން ބޮޑުވާނެކަމަށާއި ރައީސް ޔާމިންގެ ސަރުކާރުން ރާއްޖެއަށް ހޯދި ޗައިނާގެ ބޮޑެތި އެހީތަކަކީ ރާއްޖެ މިނިވަން ކަމާއި އިސްތިގުލާލު ގެއްލިގެންދާ ފަދަ ކަންތައްތަކެއް ކަމަށެވެ.

މީގެ އިތުރުން ނަޝީދު ވިދާޅުވީ ރައްޔިތުން ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރީ، ރާއްޖޭގެ މިނިވަންކަން ގެއްލޭ ފައްތަރަކަށް ރައީސް ޔާމީންގެ ސަރުކާރުން ރާއްޖެ ގެންދިއުމުން އެކަމާ ކަންބޮޑުވެ ކެތްތެރިކަން ކޮޅުންލައިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސެއިޚް އިލްޔާސް ސެއިހް

    މީނާ ހީވަނީ މިގައުގެ ވެރި މީހާހެއް އަބަދު ސަރުކާރުގެ ބަސްބުނަށް ކީއްކުރާ މީހެއްތަ ވެރިކަމަށް އެހުރީ ތިމާއަށް ބަސްބުނަށް ނުކެެރެއްނާ ވެރިކަމުންފައިބާ

  2. ދަންޑަހެލު

    އަބަދު ޗައިނާއާ އަޅާ ގަނެގެން އެމެރިކާއަށް ޗައިނާ ކަނޑު ފައްތާ ނުލެވޭ އިރުވެސް ޖަޒީރާ ރާއްޖެ އިން ޗައިނާ ކަނޑު ފައްތަން ހަމަ ހިނި އަންނަނީ

  3. ސަންދާނު މޮޔަމީހާ

    މިޔެހީކެރަނީ މިޔެކީ ރައީސްކަމައްދީ....؟ ބަލާ ސީނުކަރާއި ކޮޅަނައް ހިތަށަސް އަރުވަފެލެ

  4. މުރާޖާއެއް ނޫން

    ނަޝީދު ބޭނުން ވަނީ ހަމަ އުވާލަަން.

    4
    1
  5. ބުރޯ

    ނަސީދުގެ ވެރިކަމުގާ ގެއްލިފައިވާ ދަވްލަތުގެ ފައިސާތަކުގެ މައްސަލަ ޔާމީނު ނުބެލި ކަމަކީ ހިތާމަހުރިކަމެއް .ދަވްލަތަށް ލިބުނު އާމްދަނީ ޑޮލަރު ބްލެކް މާކެޓްގާ ވިއްކުމާ ބިދޭސީންގެ ޑިޕޮޒިޓް ފައިސާގެ އެކައުންޓްގާ ހުރި 11 މިލިއަން ޑޮލަރަށް ވީގޮތަކަ އަތޮޅާ ރަށްރަށުގެ އެކައުންޓްތަކުގާ ހުރި ފަިސާއަށް ވީގޮތަކާ ބަޖެޓުން ގެއްލިފައިވާ 4 ބިލިއްނެއްހހާ ފައިސާއަށް ވީގޮތަކާ ކަންނެލި ދޯނީގަ ދަތުކރު ކޖޮށްފާ ދިންކަމށް ސައްކުކުރެވޭޑިޒާސް މެނޭޖްމަންޓުން ގެއްލުނު 60 މިލިއަން ރުފިޔާއާ ހެލްތުގެ ބަޖެޓުންގެއްލުނު 12 މިލިއން ރުފަިޔައާ ދަވްލަތުގެ ނަމުގާ ނަސިދު ޓިބިލަށް ނެގި ދަރަނި 16 ބިލިއަން ރުފިޔާއިން ކުރިހަރަދުިވެސް ހާއްސަ ތަހުގީގެއް ކުރެވެންޖެހޭނެ. އަދި އައްޑޫ ކޮންވެންސަންސެންޓަރު ހެދިމަށް ގާނޫނާ ހިޮލާފަށް ކޮށްފާހުރި 1500 މިލިއނެއްހާރުފަިޔާ އާއި ސިފައިންލައްވާމަސައްކަތް ކުރުވާ ވަގުބިލްކަމށް ސައްކުކުރެވޭގޮތަށް ބިލްހަދާ ނެގިފާ ހުރި ފައިސާ އާ ސޯސަންމަގުގަ ނާސަރީ ހިންގި ބިން އިންޑިޔާއަށް ވިއްކާ ނެގި 5މިލިއންޑޮލަރަށް ހެދި ގޮތެއްވެސް ބަލަންޖެހޭނެ. އަދި އިންޑިޔާ ސަރުކާރުން ނަސީދު ނެގި 100 މިލިއން ޑޮލަރުގެ ލޯނުން ބައިއެޅި މީހުންވެސް ބަލަންޖެހޭނެ.

  6. އިކުލީލް

    ޗައިނާއާއި ގެޅިގެން އެމެރިކާވެސް ނިމިގެން ދިޔައަހަރު އުޅުނު ކުޑަކަކޫ ޖެއްސިތަން އިހައްދުވަހު ފެނިގެންދިޔަ. ނަޝީދުގެ ވިސްނުން ބަދަލުކުރަންޖެހޭ.

  7. މޭން

    މޮޔަމީހާ.... މީނާ ހިތުން މީނާމީ ރާޢީސް އޯލަ... ހެ ހެއް.. ބައެއް ދިވެހިންގެ ޤަމާރު ކަމާއެވެ.