ގދ.ތިނަދޫ ގައި މިއަދު ހެނދުނު ޒުވާން އަންހެނަކު ދަންޖެހިގެން މަރުވެފައި ވަނިކޮށް ފެނުނީ އޭނާގެ ފަސް އަހަރުގެ އަންހެން ދަރިފުޅަށް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

26 އަހަރުގެ އަންހެން މީހާ ދަންޖެހިފައި ހުރީ އޭނާ ނިދާ ކޮޓަރީގައެވެ. ފަސް އަހަރުގެ ދަރިފުޅު ވެސް އޮތީ އެކޮޓަރީގައި ނިދާފައި ކަމަށް ވެއެވެ. ކައިވެންޏެއް ކޮށްގެން އުޅޭ އަންހެން މީހާ މިއަދު ދަންޖެހިގެން މަރުވިއިރު އޭނާގެ ފިރިމީހާ މަސައްކަތް ކުރަމުން ގެންދަނީ ރިސޯޓެއްގައި ކަމަށް މައުލޫމާތު ލިބެއެވެ.

ތިނަދޫ އިން "ވަގުތަށް" މައުލޫމާތު ދިން މީހަކު ބުނީ ފަސް އަހަރުގެ ކުއްޖާ ނިދާ ހޭލިއިރު އޭނާގެ މަންމަ ހުރީ ދަންޖެހިފައެވެ. އެމަންޒަރު ފެނުމާއި އެކު ކުއްޖާ ވަނީ ކޮޓަރިން ނިކުމެ އޭނާގެ މާމަ ކައިރީގައި އެވާހަކަ ބުނެފައެވެ.

ފުލުހުން ވިދާޅުވީ ތިނަދޫގައި އަންހެނަކު ދަންޖެހުނު ކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 08:50 ހާއިރު ކަމަށާއި ދަން ޖެހުނު އަންހެން މީހާ މަރުވެފައިވާ ކަމަށެވެ. މިހާރު ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަޙްޤީޤު ކުރަމުން ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސީނު

    ހިތްދަތިކަމުގެ ކޮޅެއްވެސްނެތް!...ޔާ ﷲ އެކުޑަކުޑަ ތުއްތު ކުއްޖާއަށް އޭނާގެ މަންމައަށްވުރެވެސް އޯގާތެރި ދީންވެރި އަޚްލާގް ރަނގަޅު ބެލުންތެރިޔަކު ދެއްވާނި ...އަދި ހެޔޮލަފާ ދީންވެރި ޢިލްމްވެރި، އަދުލުވެރި ހީވާގި ކުއްޖެއްކަމުގައި އެކުއްޖާ ލައްވާށި.....އާމީން

    • ޯޮސސ

      އާމީން

  2. ދެރަ

    ތަހްޤީޤް ހެހެހެ

  3. އަލިބެއްޔާ

    ދަންޖެހުމަކީ ފާފަވެރިވާނެ ކަމެކެވެ. ނަމަވެސް ކުފުރުވެރިވާނެ ކަމެއް ނޫނެވެ. ޝައިޠާނާގެ ނުބައިކަމާއެވެ.

    • Anonymous

      ތާ އަބަދައް ނަރަކައިގަ

    • ހުސޭނު

      ދަން ޖެހިގެން މަރުވުމަކީ ކުފުރު މަރެއް...

  4. ހިދުމަތް ޅިޔަނު

    ކިހާ ދެރަކަމެއް. މިހުންނަނީ އީމާންތެރިކަން ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތައް.

  5. މަންޑޭލާ

    ކުޑަކުއްޖާއަ މިމަންޒަރު ފެނުނީތީ ދެރަވޭ.

  6. ތިމަންނަ

    މިހާރު ކަންތައްތައްދާގޮތުން ތިޔަ ކުއްޖާ އަނެއްކާ ސަލާމަތް ވާނެބާ؟

  7. ޙޭބަލިވާ

    ތައުބާވުމުގެ ފުރުސަތު ނުލިބޭ ހަމައެކަނި ފާފަ އިން ނިމެގެން ދިޔުމަކީ ކޮންފަދަ ނުބައިކަމެއްތޯ! ﷲ އަޅަމެން އެފަދަ ކުފުރުގެ އަމަލުތަކުން ރައްކާތެރިކުރައްވާށި! އަލަމެންގެ ދަރިން ސަލާމަތް ކުރައްވާށި

  8. އަލީ

    މައްޔިތާއަށް ސުވަރުގެ މިންވަރުކުރަންވައި ނިކަމެތިވިކުއްޖާއަށް ބާއްޖަވެރި ދިރިއުޅުމެއް ދައްކަވާނދޭވެ. މީހުން އަމިއްލައަށް މަރުވުމަކީ ކުށެއް. އެހެނަސް މަރުނުވެ މަރުވެފަ ހާލު ދިރިއުޅެމުންދާ ކިތަންމެ މީހުނެއް މިމުޖުތަމައުގަ އުޅޭކަމާމެދު ކިތައްފަހު ވިސްނާލެވޭބާ. އެމީހުންގެ ހައްގުތައް ނަގާލަމުންދާއިރު އެކަމަށް ފާޅުގަ ތާއީދުކުރާ މީހުންވެސް މިމުޖުތަމައުގަ މަދެއްނޫން. ތިމާގެ ތެދުވެރިކަން ވެވޭނީ އެންމެނަށް އެއްގޮތަކަށް އަމަލުކުރެވިގެން.