ނަވާރަ ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވި އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި މުހައްމަދު ސައީދާއި އާދަމް ޝަރީފަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކަމަށާއި އެ ތުހުމަތުތައް ބަލައި ތަހުގީގު ކުރެވެންޖެހޭނެ ކަމަށް ގާނޫނީ ވަކީލު މަހުފޫޒު ސައީދު ވިދާޅުވެއްޖެއެވެ.
މަހުފޫޒު މިހެން ވިދާޅުވީ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ
އޭނާ ވިދާޅުވީ ވިދާޅުވީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް ޕީޕީއެމްގެ ލީޑާޝިޕުގައި ހިމެނޭ ގިނަ މީހުންންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ކަމަށާއި އެ ތުހުމަތުތައް ކުރެވޭ ފަރާތްތައް "އެއް ކައިރިކޮށް، އާ ލީޑާޝިޕެއް" އުފެދެންޖެހޭ ކަމަށެވެ. އަދި މިކަން ބެލިގެން ނޫނީ ވާދަވެރި އިދިކޮޅު ސިޔާސީ ޕާޓީއެއް ނުއުފެއްދޭނެ ކަމަށް މަހްފޫޒް ވިދާޅުވިއެވެ.
"ޕީޕީއެމް ގެ ލީޑަރޝިޕްގައި ހިމެނޭ ގިނަ މީހުންނަށް ބޮޑެތި ތުޚުމަތުތަކެއް އެބަ ކުރޭ. އެ އިންތިހާބުވި މެމްބަރުންނަކީ އެ ބޭފުޅުންގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ހުރި ބޭފުޅުން. ކުރީގެ ދެ ވަޒީރަކު އެބަ އުޅުއްވާ، އެ ދެ ބޭފުޅުންގެ މައްޗަށް ވެސް ހުރީ، އިންތިހާއަށް ނިހާޔަތަށް ބޮޑެތި ތުހުމަތުތައް. އެ ތުހުމަތުތަކަކީ ތަހުގީގު ވެސް ކުރެވޭނެ ކަންތައްތައް، ތަހުގީގު ކުރަން ވެސް ޖެހޭނެ ކަންތައްތައް،" މަހުފޫޒު ވިދާޅުވިއެވެ.
ނަވާރަވަނަ މަޖިލީހަށް އިންތިޚާބުވި ދެ ވަޒީރެއްގެ ވާހަކަ ވިދާޅުވި ނަމަވެސް އެ ވަަޒީރުންނާއިމެދު ކުރެވެނީ ކޮން ތުހުމަތުތަކެއް ކަމެއް ވިދާޅެއް ނުވެއެވެ.
ނަވާރަވަނަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ލިބިފައިވާއިރު، މެމްބަރުން ހުވާ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 28 ގައެވެ.
އެމް.ޑީ.ޕީގަ ތިބި ވަގުންނާ ރައީސް މައުމޫންގެ އަބުރަށް އަރާގެން މީހުންނާ ގާނޫނު އަސާސީއަށް ކޮޅުފައިން އެރި މީހުންނާ ސަރުކާރުގެ އިމާރާތް ތަކުގައި ހުޅުޖަހާ އެންދި މީހުން. ވަގުންނެ ވަގަށް މިގޮވަނީ
ބިރުން ތެޅެނީ ހޮވުނީމަ...
65 ގޮނޑި މި ދެގޮނޑިއާ ނުބައްދަލުވީ ދެއްތޯ.. ހާދަވަރަކަށޭ ސުޕަމެޖޯރިޓީ ރޫރުއަޅަނީ.
މިއިންތިހާބުގައި ހަމަގައިމުވެސް އެމްޑީޕީންވަނީ ފާޅުކަންބޮޑުގޮތެއްގައި ރިސްވަތުގެ މުޑުދާރިޢަމަލު ވަރައް ގަދަޔައްހިންގާފައި
މަޙުފޫޒު ސައީދުގެ މައްޗަށް ހުރި ތުހުމަތުތައްވެސް އިނގޭނީ ކޮނެލުމުން! ޔަޤީނުންވެސް ތިއީ އަލިފެއް ނޫން!
މަހަބޫބު އުފަން ކުރުން ކީއްތޯ އާރ ސިޔާސީ ޕާޓީ އެއް ރޯމަހެއް ތެޅޭހެން ތެޅެނީ
ވެރިކަން ވެއްޓޭނެ ދޮޅުއަހަރު ނުވަނިސް !
މަހުފޫޒު ތިޔައުޅުއްވަނީ ކހިނެއްވެގެންތަ! ތަހުގީގު ކުރަންޖެހޭ އެމްޑީޕީގެ ކުރީގެ ސަރުކާރުގެ ހުރިހާ ވަޒީރުންގެ ޚިޔާނާތުގެ މައްސަލަތައްވެސް އެހުރީ އޮޑިޓް ރިޕޯޓްގައި ފެންނަން ތިޔަދައްކަނީ ތުހުމަތެއްގެ ވާހަކަ! ގާނޫނީ ވަކީލަކު ތިޔަގޮތައް އެއްފަޔަށް ބުރަވެފައި ހުންނާނެ ކަމަށް ލަފާވެސް ކުރެވިފައިނެތް! ގާނޫނީ ވަކީލުންގެ ފެންވަރަކީ ތިއީބާ!
މަހެފޫޒު ކަލޭ ތީކާކު. ކުށް ކުރާމީހުންނަށް ގާނޫނު ތަކުން ރެކެވޭ ގޮތަށް ކިށްކުރާނެ ގޮތް ކިޔާދީގެން މީހުންލައްވާ ކުށްކުރުވާ ހަދަނީ. 4 ކޭ ކިޔާބަލަ.
ސައީދުއާއި އާދަމް ޝަރީފް ގޮނޑި ކާމިޔާބު ކުރީމަ އެކަމާ ހަޖަމް ނުވެގެން އެއުޅެނީ. ބޭނުމަކީ އެމްޑީޕީއަށް ވެސް އެ ދެ ގޮނޑި ހޯދަން. ފިތުނަ ފަސާދަ އުފައްދަން މަސައްކަތްކުރާ ބައެއް އެމްޑީޕީ އަކީ.