ފެބްރުއަރީ މަހު ފަހުކޮޅު ލ.މާމެންދޫ މަރިޔަމް ޝިމާ ޑިންގީއެއްގައި ދަތުރުކުރަނިކޮށް ގެއްލުނު ހާދިސާ ހިނގިއިރު އެޑިންގީ ދުއްވަން އިން އިބްރާހިމް ފަޒީލް، ޝަރުތުކޮށް، ގަމު ކޯޓުން ދޫކޮށްލައިފިއެވެ.

"ވަގުތު"އަށް އެނގިފައިވާ ގޮތުގައި، ފަޒީލްއާއެކު ހައްޔަރުކޮށްފައިިވާ އަނެއް ދެ މީހުންވެސް ވަނީ ޝަރުތުތަކަކާއެކު ކޯޓުން މިއަދު ދޫކޮށްލާފައެވެ.

ފަޒީލްއާއި އޭނާގެ ގްރޫޕް މީހުން ހައްޔަރު ކުރީ ޝިމާ ކޮއްކޮ ގޮވައިގެން ޑިންގީއެއްގައި ކަނޑު ދަނިކޮށް، ކަނޑުމަތިންނެވެ. ޝިމާ ގެއްލުނުތާ ދެމަސް ވާން ކައިރިވެފައިވާ އިރު، އޭނާގެ އެއްވެސް ހަބަރެއް ވެފައެއް ނުވެއެވެ. އަދި އެއްވެސް ކަހަލަ ނިޝާނެއްވެސް ފެނިފައެއް ނުވެއެވެ. ފަޒީލަކީ ޝިމާއާއެކު ދަތުރު ކުރި މީހާއެވެ.

ފަޒީލް ހައްޔަރު ކުރި ދުވަހު 16:00 ހާއިރު، އުމުރުން 16 އަހަރުގެ ޝިމާގެ ކޮއްކޮ ގޮވައިގެން އޭނާ ޑިންގީއެއް ފިލަން އުޅުނީ ތިން ފިރިހެނަކު ވެގެންނެވެ. ދެ ދުވަހެއްގެ މަތިން، އެމީހުންގެ ބަންދުގެ މުއްދަތު ވަނީ 15 ދުވަހަށް ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޢަހަންމާ

    ސާބަހޭ މޯލްޑީވެސް ޕޮލިސް. ޢުޕްސް ސޮރީ އެމް.ޑީ.ޕީ ޕޮލިސް

    1
    1
  2. ފަޒީލް

    ތިޔަ ސޮރު ދެކެ ބިރުގަންނަނީތަ ގަމުގެ ޕޮލިހުން ބިރުގަންނަހެން ކޯޓުގަ ތިބޭ ފަންޑިޔާރުންވެސް؟

  3. ވާނުވާ

    މަރުބަލާ ކޮމިޓީ މިފަސް އަހަރު ބަލަން ތިބެމާ ކިތައް މީހުންގެ ޓެސްޓު ހޭތޯ

  4. އިމުރާނު މެކުހަށް

    ހޯމް މިނިސްޓަރު އިމުރާނަށް ޝުކުރިއްޔާ... ފައްފަށުން މަރުހަބާ. އަދުލު އިންސާފުގެ ހަމަހަމަކަމާ އިންސާފު ގާއިމުކޮށް އަމާން ގައުމެ ހޯދަދޭން ތިކުރާ މަސައްކަތަށް. އުމަރު ފިޔަކޮށާފަހުރެ މިގައުމުގެ މިފަދަ މުޖުރިމުން ހަމަބިމަށް ތިރިކޮއްލީ އަހަރެމެން އެކަނި މަޖީދީމަގުން ނަށަމުން ދިޔަސް ބެހިލާނެމީހެނެތި ބިރެނެތި. މިސަރުކާރުން އިމުރާނަށް ހުރިހާ ބާރެއްދިނީމަ ޖަލުތައް ދޮވެސާފުކޮއްފަ އެތަނުގަ ބިންބި އިންދަނީ. މިހާރު ސޯލިހަށް ބުނެވޭނެދޯ އިމުރާނު ބޭނުންވާ ހުރިހާބާރެ ދިނީމަ ކުއްކުރުން ނުހުއްޓުވެނީ އިމުރާނުގެ ގާބިލްކަންނެތިގެންނޭ. ސޯލިހު ބޯބޮޑޭ.

  5. ރާދޭ

    ދެރަކަމެއް! ފުލުހުންގެ ފަރާތުން މިއަދާ ހަމައަށްވެސް އެއްވެސް އަޕްޑޭޓެއް މިކަމުގަ ނުލިބޭތީ ހިތާމަކުރަން!!! މީހުން ހިފާ ދޫކުރާ ވާހަކަ މި އިވެނީ އަބަދު!

  6. ރާދޭ

    @'އިމުރާނު މެކުހަށް' ކޮންމެ ކަމެއް ސިޔާސީ ނުކޮށް މާއިތިރިވެބަލަ!

  7. އޖޑ 19

    ފަޒީލް ބިރުނުގަނޭ މަޖިލީސް މިއޮތީ ލިބިފާ.. ގޭމީހުން ސޮއިކުރަނޫ ދެން އިނބަ ސަލާމަތްވަނޫ 100%

  8. ާަާައަލް

    ދޫކޮށްފަ ބަހައްޓާ،، މިސަރުކާރުގަ ކުއްވެރިން ނެއް ނުތިބޭނެ.. ނުވެސްބަލާނެ، ބަލާކައް ނުވެސް ކެރޭނެ..

  9. ޖޯކާ

    ކަމާ ނުބެހޭ ދެމީހަކު އެއްވެސް ކުށަކާނުލާ ހައްޔަރުގަ ކާކު ޒިންމާ ނަގަނީ....ލޯންޗް ކައްޕި އަދި ކުރޫގެ އެއްވެސް ކުށެއް ނެތް.....