ދަނޑުވެރިކަން ކުރުމަށް ދޫކޮށްފައި އޮންނަ ފަޅު ރަށެއް ކަމަށްވާ އދ. އަރިޔަދޫގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

މި ހާދިސާ އާއި ގުޅިގެން މިހާރު ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުން ވިދާޅުވީ، އެރަށުގައި އަލިފާން ރޯވެގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު މެންދުރު 14:40 ހާއިރު ކަމަށެވެ.

އދ. އަރިޔަދޫގައި ރޯވެ އަނދަނީ

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެނގިފައި ނުވާއިރު އެ ރަށުގައި އަލިފާން ރޯވުމުގެ ސަބަބުން މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އެނގިފައިވާ ގޮތުގައި ރޯވެ އަނދަމުން ދަނީ އަރިޔަދޫ ވަލުތެރޭގައެވެ. ރޯވެފައިވާ އަލިފާންގަނޑު ވަރަށް ބޮޑަށް ރަށުތެރެއަށް ފެތުރިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

އދ. އަރިޔަދޫގައި ރޯވެ އަނދަނީ

ފުލުހުން ވިދާޅުވިގޮތުގައި، މާމިގިލީ ކައިރީގައި އޮންނަ އަރިޔަދޫގައި ރޯވުމާއި ގުޅިގެން މާމިގިލީ އެއާޕޯޓުގެ ފަޔަރ ޓީމް މިހާރު ދަނީ އަލިފާން ނިއްވުމުގެ މަސައްކަތުގައި ހަރަކާތްތެރި ވަމުންނެވެ. ނަމަވެސް ރޯވި އަލިފާންގަނޑު އަދި ކޮންޓްރޯލް ނުވެއެވެ.

އަރިޔަދޫގައި ރޯވި އަލިފާން ނިއްވުމުގެ މަސައްކަތުގައި ކައިރީގެ ރިސޯޓުތަކުންވެސް ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދެމުންދާއިރު މާމިގިލީގައި ތިބި ވޮލެންޓިއަރ ފަޔަރފައިޓަރުންވެސް ވަނީ ހަރަކާތްތެރި ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވަރަށް ދެރަވޭ

    ތި ވާނީ ހޫނުގަދަ ވީ މަކަމަށް 🙁

    • ކޮޅު

      ވަރަށް ދެރަވޭ ލައިކު ނުދެވޭތިވެސް.

  2. ގ ކެނެރީގޭ ވަގު

    ތި ވާނީ ފީއަލީ ބަޔަކައް!

    3
    1
  3. މާމިގިލީ މީހާ

    ބަޔަކު ގަސްދުގައި ރޯކޮއްލާފަ ތިޔަ އޮތީ. ޑިންގީ ތައް އަބަދު ގޮސް އުޅޭ ރަށެއްތީ.

  4. ކާކުބާ

    ބަޔަކު ގަސްދުގައި ރޯކޮއްލާފަ ތިޔަ އޮތީ