“ރިިލްވާޟް އެންްޑް ޔާމީން ފައުންޑޭޝަން“ މި ނަމުގައި ފައުންޑޭޝަނެއް އުފެއްދުމަށް އެ ދެ ފަރާތުގެ އާއިލާއިން ނިންމައިފިއެވެ.

މިކަން އިޢުލާން ކުރުމުގެ ގޮތުން މ.ޝައިނިންގ ސްޓާރގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީންގެ މަންމަ ވިދާޅުވީ މިއަދަކީ ޔާމީންގެ އުފަން ދުވަސް ކަމަށާއި އެހެންކަމުން މި ދުވަހާއި ގުޅިގެން ފައުންޑޭޝަނެއް އުފައްދަން ބޭނުންވީ ކަމަށެވެ.

”މި ފައުންޑޭޝަން އަކީ ކޮންމެ މީހަކަށްމެ ލިބިދޭ އިންސާނީ ހައްޤުތަކާއި، ޑިމޮކްރަސީއާއި ޚިޔާލުފާޅުކުރުމުގެ މިނިވަން ކަމާއި، ތަފާތު ފިކުރަށް އިޚްތިރާމް ކުރުމާއި، އިންސާފާއި ގަދަރުވެރި ދިރިއުޅުމުގެ ހައްޤު ކުރިއެރުވުމަށް މަސައްކަތް ކުރާނެ ފައުންޑޭޝަނެއް. މިދެންނެވި ރޮނގުތަކުން ތަޢުލީމާއި ތަމްރީން ފޯރުކޮށްދިނުމަކީ މި ފައުންޑޭޝަންގެ އެންމެ ބޮޑު އެއް އަމާޒު.” ޔާމީން ރަޝީދުގެ މަންމަ ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޔާމީންގެ މަންމަ ވިދާޅުވީ، މިހާތަނަށް އައިއިރު ޔާމީން އަދި ރިޟްވާންގެ އާއިލާއަށް އެެއްވެސް ތަސައްލީއެއް ލިބިފައި ނުވާ ކަމަށާއި އިންސާފުގެ ކުނޑިފުކެއްވެސް ލިބިފައި ނުވާ ކަމަށެވެ. އަދި މަރުތަކުގެ މައްސަލަތައް ބަލަން ރައީސް އުފެއްދެވި ކޮމިޝަނަށް ޤާނޫނީ ބާރުވެރިކަން ދިނުމާއި ބެހޭ ބިލް ތިންފަހަރު އެޖެންޑާ ކޮށްގެންވެސް ފާސްކޮށްނުދިނުމަކީ މަރުތަކުގެ ހަޤީޤަތް ފޮރުވުމަށް ނުފޫޒުގަދަ ބަޔަކު ފައިނަގައިގެން ތިބި ކަމުގެ ސާފު ދަލީލެއް ކަމަށްވެސް ޔާމީންގެ މަންމަ ވިދާޅުވިއެވެ.

ރިޟްވާނަށް ވީނުވީ ގޮތް އަދިވެސް ހޯދިފައިނުވާއިރު ޔާމީން ރަޝީދަކީ ވަރަށް އަނިޔާވެރިގޮތަކަށް މަރާލެވިފައިވާ ޒުވާނެކެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙާމުދުރު

    1 ދުވަސް ތެރެ ހޯދިފަ ވާނީ..

    7
    1
  2. ހެކި

    ތި މީހުންގެ މައިންބަފައިން ނަށް ހުރި ލަދެއް ތި ދެމީހުންނަކީ.. ނޫނީ ކެޔޮގަހަކުން އަލަނިރެއް ނުފަޅާނެއޭ ބުނާ ބީދައިން އެ ދެމީހުންނަށް ދީފައި ހުރި މައިންބަފައިންގައި ހުރި ތަރުބިއްޔަތު.. ތިދެމީހުންނަކީވެސް ދީނަށް ޖޯކުޖަހާ ދީނާއި ދެކޮޅަށް ވާހަކަ ދައްކަމުން އައި ދެމީހުން..

    6
    1
  3. ޔަގީންތަ

    ސަލާމް ރިލުވާނަށް ވީގޮތް އެންމެ ރަނގަޅަށް އެނގޭނެ މީހަކީ ކެނެރީގޭ ނަސީދު، އެއީ މީހުން މެރުމާއި، ވައްކަން ކުރުމާއި، ޤައުމު ގަޑުބަޑު ކުރުމުގެ މޭސްތިރި، ޔާމިން ގެ މަރުގެ ހަގީގަތް ވެސް އިނގޭނީ އަންނިއަށް، މިހާރުވެސް އަނދަގޮނޑި ޖަހާފަ ދެފައިތިލައިގަ ބޮނބިނަރު ކޮޅެއް ކާއްތަބަލަ، ﷲ ގަނދީ ބުނަން އަންނި އެއްބަސްވާނެ، އެ ހުރިހާ ހަގީގަތެއް އޭނަޔަށް އިނގޭކަމަށް، މި ޤައުމުގެ ހުރިހާ ޖަރީމާއެއް ހިންގަމުންދަނީ އަންނި، ދިވެހިން ހޭލާކަށް ނުވޭތަ، މުޙައްމަދު އަމީނަށް ހަދާލި ގޮތް ދިވެހިން ހަނދާން އެބަހުރިތަ، ހުރިނަމަ ދެން އެކަން އިއާދަވާނީ އަންނި އަށް ކަން ޔަޤީން،

  4. Anonymous

    ޝިރުކު ކުރުމުގެ ތަންތަން ހެދެންފެށީތަ؟

  5. Anonymous

    މިމީހުން އަޅެ ޝިމާ އަކަށް ދޭނެ ބެލޫނެއްވެސް ނެތީތަ؟ ލާދީނީ ނޫންވީމަ ކަންނޭނގެ. ނޫނީ މި ސަރުކާރުގަ ގެއްލުނީމަ އެވާހަކަ ނުދައްކަނީ ތޯއްޗެއް.

  6. ލާދީނީ

    ތަފާތު ނަންނަމުގަ ފައުންޑޭޝަންތައް ހަދައިގެން ލާދީނިއްޔަތު ފަތުރަންނޫން ދެންކޮންކަމަކަށްތޯ ތިއުޅެނީ.. މަގުސަދުތައް ކިޔާލީމަ ވަރަށް ސާފު.

  7. ރިޟްވާން

    "ދަ މުރުތައްދީސް" ކީ ނަމަ ވަރަށް ސަޅި ވާނެ ! ނޫނީ "ދަ ލާދީނީސް"......

  8. ޙަބީބާ

    ތިވެސް ހަމަ އިންސާނުން ތި ދެފަރާތަށްވެސް ޙައްޤު ލިބެން ޖެހޭނެ އެކަމް ހިތަށް އަރާ ތި 2 މީހުން ނޫން މީހަކު މިރާއްޖޭގައި މަރާނުލަނީ ބާއޭ !