ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ގެ ދަރިކަލުން އިބްރާހިމް ފައިސަލް އެމްޑީޕީން މިރޭ ހުޅުމާލޭގައި ބޭއްވި ޖަލްސާއެއްގައި ބައިވެރިވެއްޖެއެވެ.

ފައިސަލް ވަނީ ހޮނިހިރު ދުވަހު އޮތް މަޖިލިސް އިންތިޚާބުގައި ހުޅުމާލޭ ދާއިރާ އަށް ވާދަކުރައްވާފައެވެ. ނަމަވެސް އޭނާ ދިޔައީ އިންތިޚާބުގެ ދެވަނަ އަށެވެ.

އަދުރޭ އާއި ފައިސަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެންމެ އިހްލާސްތެރި ބޭފުޅުންގެ ތެރޭގައި ހިމެނޭ ކަމަށް ޔާމީން ގަބޫލު ކުރައްވާ ދެބޭފުޅުންނެވެ. ޔާމީނަށް އިހްލާސްތެރި ބޭފުޅުންނަށް މަޖިލިސް އިންތިޚާބުގައި ޕްރައިމަރީ އަކާއި ނުލައި ޓިކެޓް ދެއްވި އިރު ފައިސަލަށް ވެސް ޕްރައިމަރީ އަކާއި ނުލައި ޓިކެޓް ދެއްވިއެވެ.

ފައިސަލަށް ޕީއެންސީގެ ޓިކެޓް ދެއްވާ، އަދި ޕީޕީއެމްގެ ތާއީދު ފައިސަލަށް އޮތްކަން ހާމަކުރިއިރު ހުޅުމާލޭ ދާއިރާ އަށް ޔާމީންގެ ސަރުކާރުގެ ހޯމް މިނިސްޓަރ އަހްމަދު އަޒްލީން ވެސް އޮތީ ކުރިމަތިލައްވާފައެވެ.

މިރޭ ހުޅުމާލޭގައި ބޭއްވި އެމްޑީޕީގެ ޖަލްސާ އަކީ ހުޅުމާލޭ ދާއިރާގެ އިންތިޚާބު ކާމިޔާބު ކުރެއްވި އެމްޑީޕީގެ އަލީ ނިޔާޒަށް ލިބުނު ކާމިޔާބީ ފާހަގަ ކުރަން ބޭއްވި ޖަލްސާ އެކެވެ.

ފައިސަލް އެމްޑީޕީގެ ޖަލްސާއެއްގައި ބައިވެރިވި އިރު އަދުރޭގެ މައްޗަށް އެމްޑީޕީގެ ސަރުކާރުން ބޮޑެތި ތުހުމަތުތަކެއް ކުރެއެވެ. އަލަށް އިންތިޚާބުވި މަޖިލީހާއި އެކު ރިޔާސީ ކޮމިޝަނަށް ބޮޑެތި ބާރުތަކެއްދީ ކުރީ ސަރުކާރުގެ އިސް ބޭފުޅުންގެ މައްސަލަތައް ބަލާނެ ކަމަށް ބެލެވޭއިރު އޭގެތެރޭގައި އަދުރޭ ވެސް ހިމެނޭނެ ކަމަށް ލަފާކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ސިންދިތާ

    ކޮބާ މައްސަލައަކީ ފައިސަލްއަކީ ހުޅުމާލެގައި އިހަކަށް ދުވަހަކަ ޖެހެންދެން ކެމްޕެއިން ޖަގަހައެއް ހަދައިގެން ކެމްފެއިން ކުރަމުން ދިޔަ ފަރާތެއް އެހެން ކަމުން ހުޅުމާލެއަށް ނުދެވެންވީ ސަބަބެއް ނެތް. އެމް.ޑީ.ޕީ ޖަލްސާއަކަށް ދިޔައީއެއް ނޫން ދައުވަތު ދިނީމަ އެކަން ގަބޫލުކޮށް ޑިމޮކްރަސީގެ ރީތި މިސާލެއް އެ ދެއްކީ. އަނގަ އޮތީމާ ވާހަކަ ދެއްކިދާނެ. ހައިރާންވެ އަޖައިބު އަންތަރީސް ވެދާނެ.

    40
    21
  2. Anonymous

    ރީތިމިސާލެއް...

    ޙޮވުނީމައެއީ ދާއިރާ އެންމެންގެ ޖަލްސާއެއް. ދެން ނުހޮވުނޭ ކިޔާފަ މި 5 އަހަރު ނިދާފަ އޮންނަންވީތަ، މުޒާހަރާކޮށްކޮށް، އުންމީދީ ޒުވާނެއް
    ޢިންޝާﷲ ވަންޑޭ އަވަރ މެންބާރ ...

    28
    18
  3. ދިވެހި ފޭރާން

    ތިޔަކުދިން އިހުލާސްތެރި ވާނީ ފައިސާ ޔާ މަގާމް އައް!

    29
    6
  4. އިއްސޭ

    ޓތިނިޔާޒު އަކީ ކާކުތަ ހުޅުމާލެ ގޮނޑިދޭން އަލެ ފައިސާއާހުރެ ބީތާވެފަތަ ތިބެނީ ދެންތިބޭ ވާގޮތްބަލަން ހުރިހާ ފުލެޓް ތަކެއް ދޭނީ ހިންނަވަރު މީޖުނައް ..ސޯލިހުގެ ކޮއްކޯފުލޯ ބުނާއަޑު އިވެނީ

    23
    5
  5. އަލްޖިބްރާ

    ތިޔައީ އަދުރޭގެ ރޭވުމުގެ ދަށުން ، އެމް.ޑީ.ޕީ ގެ ތެރެއަށް ފޮނުވާފަހުރި ނުރައްކާތެރި " ބޮމެއް " !

    24
    28
    • ފޮނަދޫ ކުއްދާ

      އަލްޖިބުރާ ކަލެއަށް ހާދަވިސްނޭ

      5
      2
  6. ޚަދީޖާ

    އެއީ މައްސަލައެއް ނޫނެވެ. އޭނަވެސް ދިރިއުޅެން ވާނެއެވެ. މިއީ ނާޤާބިލް އަނިޔާވެރި ސަރުކާރެއްވީމާ އެކަމާ ވިސްނަންވާނެ އޭނަވެސް!

    23
    9
  7. ކާފަދ

    ދަތްދުރޭގެ ދަރިއަކީ ވަރަށް އިޚްލާސްތެރިއެއް. ބެހިހާ އޭސީތަށް ލިބުނު މީހުންގެ ސަލާމް

    10
    8
  8. ޖަމަލޭސް1010

    މިމީހުންގެ މަސްލަހަތު ދިފާއުކުރަން ވައި ޖަހަނީ.. ވައިޖެހޭކޮޅަށް ރިޔާ ބަދަލުކުރާ މީހުން މީ

    18
    3
  9. ކާލާ މަންނަ

    އޯމައިގޯޑް،. އިޒް އިޓް އީވަން އަ ޕްރޮބްލަމް؟ ރީތި ތަހްޒީބު ގޮތްދޯ އެއީ.

    9
    2
  10. ގގގ

    ތިޔައީޕުރޮފެޝަނަލް ޕޮލިޓީޝަނުން ނަކީ

    1
    4
  11. ކޮރަލް

    ސޭފް ވާން މަސައްކަތް ކުރަނީއެވެ.