ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 24 ގަޑި އިރު ކަރަންޓް ޔަޤީން ނުވާކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސަޢީދު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

ސަޢީދު މިހެން ވިދާޅުވީ، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި 5000 ލެޑް ބޮތްކާއި ހަވާލުވުމަށް މިއަދު އެންވަޔަރމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ނިމިދިޔަ ސަރުކާރުން ވިދާޅުވި 24 ގަޑިއިރު ކަރަންޓް ޔަޤީން ވާހަކަ. ނަމަވެސް 24 ގަޑިއިރު ކަރަންޓް ޔަޤީނެއް ނޫން. ކަރަންޓް ޔަޤީން ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފަ ވަނީ." ސަޢީދު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ސަޢީދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުން ބޭނުންކުރާ މިންވަރަށް ކަރަންޓް އުފައްދާނެ ވަޞީލަތްތައް ނެތުމަކީ ރަނގަޅު ގޮތުގައި މި ޚިދުމަތް ދިނުމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށާއި، އެހެންކަމުން ވީހާވެސް ގިނައިން ސޯލާ އެނާރޖީ ބޭނުންކުރަން ޖެހިފައިވާ ކަމަށެވެ.

"ސޯލާ ބޭނުންކުރާ މިންވަރު އެބަޖެހޭ އިތުރުކުރަން. މި ފަދަ ލެޑް ލައިޓްތައް ބޭނުންކުރުން އިތުރުކޮށްގެން ކަރަންޓް ޚަރަދު ކުޑަ ކުރެވޭނީ. ކޮންމެ ގޭބީސީ އަކަށްވެސް ދެ ލައިޓް ދޫކުރުމަށް ހަމަޖެހިފައި އެ ވަނީ." ސަޢީދު ވިދާޅުވިއެވެ.

24 ގަޑިއިރު ކަރަންޓް އޮންނާނެ ކަމުގެ ޔަގީންކަން ނެތް ކަމަށް އެންމެ ގިނަ ރަށްރަށަށް ކަރަންޓް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ފާއިތުވި ފަސް އަހަރު ތެރޭގައި ބައެއް ރަށްރަށުން ކަރަންޓް ނުކެނޑޭ މިންވަރަށް މިދިޔަ ދެމަސް ދުވަސް ތެރޭގައި ވެސް ކަރަންޓް ކެނޑިފައި ވެއެވެ.

ފާއިތުވި ހަފްތާއެއް ތެރޭގައި ވެސް ތިން ރަށަކުން ގިނަ އިރުތަކަކަށް ކަރަންޓްގެ ޚިދުމަތް މެދުކެނޑިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ދަފީން

  ކަލޯ ! ޔާމީންގެ ވެރިކަން އައިއިރު ރޭގަޑު 11 ޖަހާއިރު ކަރަންޓް ކަނޑާލާ 43 ރަށް ، ރޭގަނޑު އެކަނި ކަރަންޓްލިބޭ 38 ރަށް ، 12 ގަޑީއިރު ކަރަންޓް ދޭ 100 ރަށް އޮތް! ޔާމީންގެ ވެރިކަން ނިމުނުއިރު ފުލް ކެޕޭސިޓީއާއެކު މި ހުރިހާ ރަށަކަށް ވަނީ 24 ގަޑިއިރު ކަރަންޓް ދިނުމަށް އެކަށީގެންވާ ބޮޑަތި އިންޖީނުތައް ދީފަ! ކަރަންޓް ކެނޑުމަކީ ކެޕޭސިޓީ ނެތުމެއްނޫން. އެއީ ޓެކްނިކަލް ކަންތައް!

  78
  4
 2. ކެޔޮޅު

  މޮޔަވާހަކަނުދައްކަވާ އަދިވެސް ތަނެއްއޮތިއްޔާ ބޯކޮއްޕާލެވޭތޯ ބަލާތި ތިމާގެ ޤާބިލްކަންނެތީއޭ ނުބުނާތި؟

  69
  2
 3. ޖަޒީރާމަނިކު

  ކުރީސަރުކާރުގައި 24ގަޑިއިރު ކަރަންޓް ޔަގީން. މިސަރުކާރު އައިފަހުން ކަރަންޓްގެ މައްސަލަ އިންތިހާ. މީގެކުރިން އަހަރެމެން ރަށުގާ ކަރަންޓެއް ނުކެނޑޭ. ބަރާބަރަށް ހިނގާ. މިހާރު އެތާތިބި މީހުންތައްވެސް ވަނީ ބަދަލުކޮށްފާ. އަބަދު އަބަދު ކަރަންޓް މައްސަލަޖެހޭ.

  64
  2
 4. ކައްޕިތާން

  ދެން ކާކު ބުނެގެން ތޯހަވާލުވެލެއްވީ ވެދާނޭ ކިޔާފައި ތިޔަށްވުރެ މާރަނގަޅުވާނެ އަލުން ރަށްޔަތުންގެ އިންޖީނުގެތައް ރަށްޔަތުންނާއި ހަވާލް ކުރީމާ މީގެ ކުރިންވެސް ރަށްޔަތުން އަމިއްލަ މަސަތް ކަތުން އިންޖީނުގެތައް ހިންގަހިންގާ ތިއްބާ ތިމާމެންނަށް ވެދާނޭ ކިޔާފަ ފާޑެއްގެ ޔުޓިލިޓީސް ކުންފުންޏެއް ހަދައިގެން ބޯލްޕޮއިންޓް ގަލަމެއް ޖީބަށް ލައިގެން އައިސް ބަދަލް ދޭނަމޭ ކިޔާފަ އަތުލީ ގަދަކަމުން މިހާރު ތިފެންނަނީ އެކަމުގެ ހިތި ދެން ލޯކަލް ކައުންސެލަރުން ނަށް ދެއްވަން ތިޔަ ވިދާޅުވާ ބާރު ތަކުން ރައްޔަތުންނަށް ހަވާލް ކުރަށްވާ އޭރުން ތިޔަ ލަދެއްގަ ބެދޭކަށް ނުޖެހޭނެ ވަރަށް ވެދުން ލައްކަ ވާހަކަމީ

  54
  2
 5. ރާއިފް

  ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރު 24 ގަޑީއިރު ކަރަންޓް އޮތީ ޔަޤީންވެފަ! މިހާރު އަލުން ދަނީ 12 ގަޑިއިރަށް ބަދަލުވަމުން. ފކ ކިޔާބަލަ!

  66
  2
 6. އަހްމަދު

  ބައްލަވާ ތިކަހަލަ ނާގާބިލްމީހަކުކީއްކުރަންބާ ތިޔަމަގާމުގައިތިޔަހުރީ އަވަހައް އިސްތިއުފާދީފަ ގެއައްވަޑައިގަންނަވާ ކަރަންޓަކީ އަސާސީ ޚިދުމަތެއް އެކަންކޮށްނުދެވޭ މީހަކުތިމަގާމައް ތަސައްރަފެއްނުފުދޭނެ

  60
  2
 7. ޢައިސަ

  ވިދާޅުވިއެއްނު ކަރަންޓް އަގުހެޔޮ ކުރާނަމޭ
  ޢަތްފޯރާފަށަށް ބިލް ކުޑަކޮށްދޭނަމޭ ދެން ބިލް ކުޑަވާނެ

  28
  1
 8. ދިސްވޭއޭ

  ޑރ. ޖަމީލް އާއި އުމަރު ޕީޕީއެމް އާއި ގުޅިގެން ޕީޕީއެމް ވަރުގަދަ ކުރަން އުޅޭ އިރު ޖެހޭނެއޭ ސިޔާސީ ކަންކަމަކީ އެއީ މިލިއަނުން ފައިސާ ޚަރަދުވާ ގޮތަށް މިނިޓް އަކުން ވިސްނާ މޮޅު ވިސްނުން ތަކުން މިނިޓަކު މިލިއަނުން ޑޮލަރު ލިބިގެންދާނެ ކަމެކޭ މިހާރު ކެނެރީގެ ނަޝީދު ޗައިނާ އާއި އެކު މަމެން ޕިންކީން ވެފައިވާ އެއްބަސްވުން ތައް މުރާޖައާ ކުރަން އުޅޭ ކަން އަޑުއިވުމުން ޗައިނާ އަށް ލޮބީ ކޮށްގެން ޗައިނީސް އިންވެސްޓްމެންޓްސް ހިމާޔަތް ކުރަން ފާޅުގައި ޕީޕީއެމް އިން އަޑުގަދަ ކޮށް ގޮވާ އެކަމުގައި ނިކުންނަންވީއޭ އެކަން ކުރަންވީވެސް އުމަރު ނަސީރު އާއި ޑރ. ޖަމީލު ދެމީހުންނޭ ފުރަތަމަ ވެސް އެއިރުން މަމެންނަށް ޔަގީނޭ ޗައިނާގެ އިންވެސްޓަރުން ރިޗް ބޯއިސް އިން ތައް ފައިސާ ފީނި ފީންނަށް އަޅާލާނެއޭ ޕިންކީންނަށް އެއިރުން ޒިންމްބާބްވޭ ގައި އޮތް މުގާބޭ ގެ ވަރުގަދަ ވެރިކަން ވެއްޓުނު ގޮތަށް ހިންނަވަރު އިބޫގެ ވެރިކަން ވެއްޓިގެންދާނެއޭ ޗައިނާގެ ޕޮލިސީސް ތަކަކީ އެއީ ވަރަށް ވަރުގަދަ ޕޮލިސީސް ތަކޭ މިހާރު ލަންކާގައި އެ އެޕްލައި ކުރަނީ އެއީ ޗައިނީސް ޕޮލިސީސް ތަކޭ ކުރިއަށް ދެވުނުތޭ ސިރިސޭނާ އަށް ނުދެވުނެއް ނޫންތޭ ހަމަ ޗައިނާ އާއި ގުޅެން މަޖްބޫރުވީ ދޯ..

  11
  2
 9. އައިވޮނާ

  ރާއްޖޭގައި އޮތް އެންމެ ފިރިހެންވަންތަ ޕާރޓީ އަކީ އެއީ ޕީޕީއެމް އޭ އަދި ޕީޕީއެމް ގުޅިފައިވަނީ އެއީ ދުނިޔޭގެ އެއްވަނަ އިގްތިސާދު ކަމަށްވާ ޗައިނާ އާއިއޭ އެމްޑީޕީ ގުޅިފައިވަނީ އެއީ އިންޑިއާ އާއިއޭ އެމްޑީޕީން އިންޑިއާ އާއި ގުޅިގެން ފަންޑް ހޯދައޭ އެމެންގެ ކަންކަމަށް ހަމަ އެގޮތަށް މަމެންނަށް ޗައިނާ އާއި އިންޑިއާ އާއި ދެމެދު އިކޮނޮމިކް ކޯލްޑްވޯރސް ތަކެއް އުފެއްދިދާނެއޭ އަދި އޭގެ އެޑްވާންޓޭޖް ވަރަށް ބޮޑަށް ނަގައި ޕީޕީއެމް އަށް ބޭނުންވާ ފަންޑް ހޯދިދާނެއޭ ޗައިނާ އަތުން މިކަން ނުކުރަންވީ އެއްވެސް ސަބަބެއް އޮތް ކަމަށް މަމެން ނުދެކެމޭ...

  14
  2
 10. ދަވޭ

  ޕޮލިޓިކަލް ސައެންސް މަސައްކަތް ކުރާ ގޮތުން ނަމަ ޖިއޯ ޕޮލިޓިކްސް ބޭނުން ނުކޮށް ޕީޕީއެމް އަށް ކުރި ނުހޯދޭނެއޭ ސަބަބަކީ ޖިއޯ ޕޮލިޓިކްސް ބައި ބޮޑުވުމުން އެއީ ފަންޑް ރެއިސް ކޮށްދޭ އެންމެ ބޮޑު ވަސީލަތަކީ ލޯކަލް ވިޔަފާރިވެރިން އަތުން ފަންޑް ހޯދައިގެން ޕީޕީއެމް ހިންގަން ދިމާ ކޮށްގެން އެކަން ނުކުރެވޭނެއޭ ޗައިނާ އަކީ އެއީ ޕީޕީއެމްގެ ޖިއޯ ޕޮލިޓިކަލް ޕާރޓްނަރ ކަން މިހެން ހުރުމުން ޗައިނާ އާއި ގުޅިގެން އުމަރާއި ޑރ. ޖަމީލު ޖިއޯ ޕޮލިޓިކްސް ކުޅެފިނަމަ މަމެންނަށް ޔަގީނޭ ކާމިޔާބު ވާނެ ކަން ޔަގީނޭ ކާމިޔާބު ވާނެ ކަން...

  7
  1
 11. އައިޑޫއިޓް

  ޕީޕީއެމް ވަރުގަދަ ކުރަން ޑރ. ޖަމީލު އަދި އުމަރު ނަސީރު އަނބުރާ ޕީޕީއެމް އާއި ގުޅުން އެއީ އުފާ ކުރަން ޖެހޭނެ ކަމެކޭ ދެން ޕީޕީއެމް އިން ފާޅު ކަން ބޮޑު ގޮތެއް ގައި ޗައިނާ އަށް ތާއީދު ކުރަންވީއޭ އިންޑިއާ އަށް ތާއީދު ފާޅުގައި ނުކުރަންވީއޭ ބަލާނެ ކަމެއް ނެތޭ އިންޑިއާ އިން ހިލަ އާއި ހިލަވެލި ނުދިނުމުން މިހާރު އެކަން ވެސް މަމެންގެ ވެރިކަމުގައި އެވަނީ ވަރަށް ސްމާރޓް ކޮށް އެކަން ކޮށްފައި ނޫންތޭ އެގޮތަށް ދެން ހުރި ކޮމޯޑިޓީސް ތައް ވެސް ހަމަޖެއްސޭނެއޭ ސޯ އައި ޑޫ އިޓް...

  10
  1
 12. ހުސޭނުބޭ

  ލޭމެން ކިހިނެއް ތި ހަދަނީ! ބައިތުލްމާލު ކާހެން އިންޖީނުތައްވެސް ކަނީތަ؟

  14
  1
 13. ގޮނާސަކް

  ހިންނަވަރު އިބްރާހިމްގެ ވެރިކަމަށް 9 މަސް ދުވަސް ވެގެން ދާއިރު ވެސް އެމެންނަށް ކުރެވުނު ކަމެއް ކުރާ ކަމެއް ނެތޭ މުޅިން ކޫސުނި ކަންކަން ކޮށްގެން ނޫސް ތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދަނީ އޭނާ އިނދެފި މީނާ ވަރިކޮށްފި މިލަވަ ކިޔައިގެންނޭ ދެން ނާޒިމް މިފަދަ ކޫސުނި ކަންކަން ކުރާ ބަޔަކާއި ގުޅުމަށް ވުރެން ރަނގަޅުވާނެ ނޫންތޭ މަމެން ޕިންކީން ނާއި ގުޅިގެން ކުރިއަށް ކަނޑަން އުޅުނިއްޔާ ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް ގޮނާ ސަކް ދޯ...

 14. ޖޮއްބެ

  އެއީ ފެނަކަ އެމްޑީގެ ބަހެއްނޫން ސަރުކާރުގެ ބަސް. އަތޮޅުތެރޭގެ ރައްޔިތުން ރިޔާސީ އިންތިޚާބުގައި ރީނދޫ ޕާޓީ ހޮވާދިނުމާ އަދި މަޖްލިހުގެ މެޖޯރިޓީ ހޯދާދިނުމުން ދޭ އިނާމެއް. ދެން އެ އިނާމުގައި ބަގުޑިބައްދައިގެން ކަނު އަނދިރީގައި ގަދަހޫނުގައި ތިބޭ.

 15. ދދދދދ

  ނުވާނޭ. ނުކުރެވޭނޭ. ފެންވަރެއް ނެތޭ. ވާނޭ ވާނޭ ކިޔާފަ މެހިގަތްއިރު ހީކުރީ ލައްކަ ފަސޭހަ ކަންކަމޭ.