ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ އޭރޯޑްރޯމް އޮފީސް ރަސްމީކޮށް ހުޅުވައިފިއެވެ.

މިއަދު އެ އެއާޕޯޓްގައި ބޭއްވި ރަސްމިއްޔާތެއްގައި މިތަން ހުޅުވާދެއްވީ އެމްއޭސީއެލްގެ ބޯޑް ޑައިރެކްޓަރ އިބްރާހިމް ނޫރައްދީންއެވެ.

މިތަން ގާއިމްކޮށްފައި ވަނީ އެއާޕޯޓްގެ އެކްޓެންސަން މަސައްކަތުގެ ބައެއްގެ ގޮތުގައެވެ. މިތަން ތަރައްގީކޮށްފައި ވަނީ ދިވެހި ކުންފުންޏަކުންނެވެ. ދެ ބުރީގެ އެ އިމާރާތް ކުރީގެ އޭރޯޑްރޯމް އިމާރާތަށްވުރެ، ފުރިހަމަވެފައި ބޮޑުވާނެއެވެ. އަދި ހިދުމަތުގެ ގޮތުންވެސް ރަނގަޅުވާނެއެވެ.

މިތަން ތަރައްގީކޮށްފައި ވަނީ 11 މަސް ދުވަސް ތެރޭގައެވެ.

ވެލާނާ އެއާޕޯޓްގެ އާ އެއާޑްރޯމް އޮފީސް ހުޅުވުން - ވަގުތު އިމޭޖަސް: އަހުމަދު އަފްޒަލް

އެ ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ސޯލިހު ވިދާޅުވީ، މި ޕްރޮޖެކްޓަށް ގަތްގަނޑަކަށް 17 މިލިއަން ރުފިޔާ ހަރަދުވެފައިވާނެ ކަމަށެވެ. އަދި މިތަން ހުޅުވިގެން ދިޔައީ އެއާޕޯޓްގެ އޮޕަރޭޝަންގެ ހިދުމަތް ރަނގަޅު ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އެމްއޭސީއެލް އިން ބުނީ، މުޅި އޭރޯޑްރޯމް ސަރަހައްދު ބަލަހައްޓާނީ، މި އޮފީހުން ކަމަށެވެ. އެގޮތުން ރަންވޭ އައި ވަށައިގެންވާ ސަރަހައްދުގެ ހުރިހާ އެއްޗެއް ބަލަހައްޓަމުންދާނެ އެއް އޮފީހަށް މިތަން ވެގެންދާނެ ކަމަސް އެމްއޭސީއެލްއިން ބުންޏެވެ.

އެ އޮފީހުގެ ތިރީ ބައި ހާއްސަކޮށްފައި ވަނީ އިކިއުޕްމެންޓްސްއަށެވެ. އަދި ދެވަނަ ފަންގިފިލާ ހާއްސަ ކުރެވިފައި ވަނީ ޖާގަ ތަނަވަސްކޮށް ހަދާފައިވާ އޮފީީހަށެެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހައްލަކީ ފިޔަވަޅުއެޅުން،

    ހުރިހާވެސް މޮޅެއްމިމީހުންނަށް

  2. ރަންނަމާރި

    މިއީވެސް ބަންދު ކަޑާގުނާ 100 ދުވަހުގެ ވައުދު ތަކުގެ ތެރެއިން ވައުދެކެވެ. މިސަރުކާރުގެ ކުޅަދާނަކަމަކީ 100 ދުވަސްވެސް ނުވަނީސް ތިހާފުރިހަމަ އިމާރާތެއް އަޅާ ރީދޫކުލަޖައްސާ ރިބަން ކަޑާލުމެވެ. މިވެރިންގެ ލަދެއް ހަޔާތެއްގެ ޒައްރެއްގެ މިންވަރުވެސްނެތެވެ.