މާލޭގެ މަގު ބައްތިތައް ކޮންޓްރޯލްކޮށް ބެލެހެއްޓުމުގެ ގޮތުން ސްމާރޓް މީޓަރު ހަރުކުރަން ނިންމާފައިވާކަމަށް އެންވަޔަރމަންޓް މިނިސްޓަރ ޑރ ޙުސައިން ރަޝީދު ވިދާޅުވެއްޖެއެވެ.

ޙުސައިން މިހެން ވިދާޅުވީ، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކުރި 5000 ލެޑް ބޮކި، ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"ސްމާޓް މީޓާ މަސައްކަތް ކުރޭ އެކަތި އަނެކެއްޗާ ފޯނު މަސައްކަތް ކުރާހެން. އަޅުގަނޑުމެން ބޭނުންވީމާ ވަކި ހިސާބަކުން ކަރަންޓް ދިޔައިއްޔާ މާދުރުން ހުންނަ އިންޖީނުގޭގެ މީހުންނަށް އެނގޭނެ މިތަނުން ކަރަންޓް ހިނގައްޖެކަން ކޮން ބޮތްކެއްކަން ނިވިފައި އިނީ ވެސް މިއީ ޖީޕީއާރުއެސް ހަމަ ފޯނުބޭނުންކުރާ ނެޓްވާކް ބޭނުންކޮށްގެން އަމިއްލަ އަށް އެމީޓަރުތައް އެކަތި އެނެކެއްޗާ ވާހަކަ ދައްކާނީ،" ޙުސައިން ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ޙުސައިން ވިދާޅުވީ، ރޭގަނޑު ނިދާ ގަޑީގައި މަގުތަކުގެ އަލި ތަންކޮޅެއް ފަނޑުކޮށްލަން ބޭނުންވިޔަސް އެކަން ކުރެވޭނެ ކަމަށާއި މިއީ ހަކަތަ ބޭނުންކުރާ މިންވަރު މަދުކޮށް، އެންމެ އެދެވޭ ގޮތެއްގައި ކަރަންޓް ބޭނުންކުރުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓްގެ ޚިދުމަތް ދިނުމުގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކަރަންޓް ބޭނުންކުރާ މިންވަރާއި އެއްވަރަށް އިންޖީނުތަކުގައި ހަކަތަ ނެތުން ކަމަށާއި، މިކަން ހައްލުކުރެވޭނީ ސޯލާރ ބޭނުންކުރާ މިންވަރު އިތުރުކޮށްގެން ކަމަށެވެ.

"ކަރަންޓް ނެތި ދާ ވަގުތު ތަކަކީ ވަރަށް ހިތްދަތި ވަގުތު ތަކެއް. 24 ގަޑި އިރު ކަރަންޓް ޔަޤީނެއް ނޫން. އެކަން ޔަޤީން ކުރެވޭނީ ސޯލާ ބޭނުންކުރާ މިންވަރު އިތުރުކޮށްގެން. މިއަދު މި ލިބުނު ލެޑް ލައިޓްތައް ހުރިހާ ބޭފުޅުންވެސް ބޭނުންކޮށްގެން." ސަޢީދު ވިދާޅުވިއެވެ.

5000 ލެޑް ބޮކީގެ އިތުރުން 2500 ލެޑް މަގު ބައްތިވެސް އިންޑިޔާއިން ވަނީ ހަދިޔާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަޅުބަކަރި

    އިންޑިޔާ އިން ދީފައިވާ ލެޑްލައިޓް ތައް ތަހުގީގް ކުރަން ޖެހޭ!! ތީގަ ކެމެރާ ހަރުކޮށްފަތޯ ހުރިީ ބަލަން ސަބަބަކީ ތިލައިޓް ތައް ޖަހައިން މާ ރަނގަޅު ނަތީޖާއެއް ނުނުކުން ނާނެ އަދި އިންޑިއާ މީހުންނަކީ ވަރަށް މަކަރުވެރި ބައެއް.. އަދި ތިބުނާ ޖީޕީއާރުއެސް ބޭނުންކޮށްގެން އެމީހުން ބޭނުންވާ މައުލޫމާތު ހޯދާނެ ޔަގީން.. މިކަމާ ދިވެހިން ފުންކޮށް ވިސްނަވާ....

  2. ހާން

    ތީއަނެއްކާ ކޮންއުސޫލަކުން ހަދިޔާކޮއްފާ ވާލެޑު ބޮކިތަކެއްބާ ތިވެރިންގެ ހަދިޔާކުރުން ހުންނަނީ ދެއަހަރުން ދެއްއަހަރުން އެގްރީމެންޓް ކޮއްގެން އެ ތަކެތިބަލަހަޓަން އިންޑިޔާ ސިފައިން ތިބޭގޮތައް ވިއްޔަ