އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ގެ ބަންދަށް ނުވަ ދުވަސް ކްރިމިނަލް ކޯޓުން ޖެހުމުން އެމައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅައިފިއެވެ.

އިބޫ ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިންނެވެ. އޭނާ ހައްޔަރުކުރީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.

ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އިބޫގެ ބަންދުގެ މުއްދަތު 9 ދުވަހަށް އިތުރު ކުރީ މުޖުތަމައުއަށް ނުރައްކާކޮށް ހެކި ނައްތާލަފާނެތީ ކަމަށް ބުނެއެވެ. މިހާރު އޭނާގެ ފަރާތުން އެ މައްސަލަ ވަނީ އިސްތިއުނާފަށް ހުށަހަޅާފައެވެ.

އިބޫގެ ބަންދަށް ނުވަ ދުވަސް ޖެހިއިރު އެރޭގެ މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ 139 މީހަކު ހައްޔަރުކޮށްފައެވެ. ނަމަވެސް އޭގެތެރެއިން ގިނަ އަދަދެއްގެ މީހުން ފުލުހުން މިހާރު ވަނީ ދޫކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާޖިޔާ ޢަލީ / ހުޅުމާލެ

    އިބޫއެވެ! އަންިނި ، ކަލެޔާ ވަރަށް ގާތަސް އަންިނިޔަށް ވެރިކަމަށް ނާދެވޭ ޙާލަތުގައި އިބޫއަށް އެކަން ފަހިވިޔަ ނުދޭނެއެވެ. އެގޮތުން އިބޫއަށް ދެވުނުހައި ލަނޑެއްދޭނީ ބެރުފުށް ރީތިކޮށްގެންނެވެ. އިބުރާ ، ރީކޯމޫސަ ، ދަތްޑީޑީ ، އަލްޙާނު ، އިބްރާހީންޙުސެންޒަކީ އަށް އަންނި ހަދާލިގޮތް ވިސްނާލުމުން މިކަން ސާފުކޮށް އެނގޭނެއެވެ. އެކަމަކު ސިކުނޑީގައި ހުންނަ ތެތަކަން ފައިސާއަށް ބަދަލުކުރާނަމަ ކޮންމެފަދަލަނޑެއްވެސް ލިބިދަނެއެވެ. އިބޫގެ ބަންދަކީ އަންނިގެ ރޭވުމެވެ. ވިސްނާ ފިކުރުކުރާށެވެ.