ރޭޕް ކުރުން ފަދަ ނުރައްކާތެރި ޖަރީމާތައް ހުއްޓުވޭނީ އެފަދަ ކަމެއް ކުރާން އުޅޭ ބަޔަކަށް ގަދަފަދަ އަދަބު ދީގެން ކަމަށާއި، އެހެނަކްމުން އެފަދަ ކުއްވެރިންނަށް އަދަބު ދިނުމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝައިޚް އަލީ ޒައިދު ގޮވާލައްވައިފިއެވެ.
ޝައިޚް ޒައިދު މިގޮތަށް ވިދާޅުވެފައި މިވަނީ، ރޭ މާލޭގެ ގެސްޓްހައުސް އެއްގައި ފިރިހެނުންތަނެއް އަންހެނަކު ރޭޕްކޮށްލުމަށް މަސައްކަތްކުރި ހާދިސާ އަށް އިޝާރާތްކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ.
އެ ޓްވީޓުގައި ޝައިޚް ޒައިދު ވިދާޅުވީ، މާލެ ފަދަ ބައިބޯ ތަނެއްގައި ރޭ ހަތަރު ފިރިހެނަކު ވެގެން އަންހެނަކު ރޭޕްކުރަން އުޅުނު ވާހަކަ އަޑު އަހާފައި "މިދިޔައީ ސިއްސައިގެން" ކަމަށެވެ. އަދި އެ އަމަލު ހިންގާން އުޅުނު މީހުންނަށް "އެންމެ ބޮޑު" އަދަބު ދިނުމަށް ޝައިޚް ވަނީ ގޮވާލައްވާފައެވެ.
"މާލެ ފަދަ ބައިބޯ ތާކުވެސް ހަތަރު ފިރިހެނުން ވެގެން، ރޭ ގެސްޓްހައުސް އެއްގައި، އަންހެނަކު ރޭޕް ކުރަން އުޅުނު ވާހަކަ އަޑުއަހާފައި މިދިޔައީ ސިއްސައިގެންނެވެ! ރޭޕް ފަދަ ނުރައްކާތެރި ޖަރީމާ ހުއްޓުވޭނީ ގަދަފަދަ އަދަބު ދީގެންނެވެ! އެންމެ ބޮޑު އަދަބު ދެއްވާށެވެ!" ޝައިޚް ޒައިދުގެ ޓްވީޓުގައި ވެއެވެ.
މާލޭގެ މާފަންނުގައި ހުންނަ ގެސްޓްގައުސް އެއްގެ ތެރޭގައި ހަތަރު ފިރިހެނަކު ވެގެން އަންހެނަކު ރޭޕްކޮށްލުމަށް މަސައްކަތް ކުރީ ރޭ 22:55 ހާއިރުއެވެ. އެ ހާދިސާގައި އަންހެން މީހާ ރޭޕްގެ ޝިކާރައަކަށް ނުވެ ސަލާމަތްވީ، އޭނާ ހަޅޭލަވާ އަޑަށް އެވަގުތު މާލެތެރެ ޕެޓްރޮލް ކުރަމުން ދިޔަ ފުލުހުން އެ ގެސްޓްހައުސް އަށް ވަދެ ހަރަކާތްތެރި ވުމުންނެވެ.
ފުލުހުން ވިދާޅުވީ، ފުލުހުން އެތަނަށް ވަންއިރު ދެމީހަކު ފިލާފައިވާ ކަމަށާއި، އެކަކު ގެސްޓް ހައުސްގެ ތެރެއިން ހައްޔަރު ކޮށްފައިވާކަމަށެވެ. އަދި ފިލަން އުޅެނިކޮށް ހައްޔަރު ކުރި މީހާ ހައްޔަރުކޮށްފައި ވަނީ މަގުމަތިން ކަމަށާއި، އެ މައްސަލައިގައި 32 އަހަރުގެ އަދި 33 އަހަރުގެ ދެ ފިރިހެނުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ގެސްޓް ހައުސް ބަލާ ފާސް ކުރި އިރު، ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައިވާ ތަށިތަކެއްގެ އިތުރުނަ ފުޅިއެއްވެސް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ރޭޕް ހުއްޓުވޭނީ ފިރިހެނުން ފެލާގެން އުޅޭ އަންހެނުން މަދުވެގެން.
ގަދަ އަދަބުދޭ ގައުމުތަކުގަ ހުއްޓިއްޖެތަ؟
ޥަރަށް ރަގަޅު ވާހަކަޔެއް. ރޭޕް ފަދަ ޖަރީމާތަށް ކުރާ މީހުންނަށް ހައްގު އަދަބު ދީ