އދ. މާމިގިލީގައި ރަށު ޕިކަޕެއްގައި ރޯވެ ބިދޭސީއެއްގެ ފައި ފިހިއްޖެއެވެ.

ފުލުހުން ވިދާޅުވީ، މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 16:35 ގައި ކަމަށެވެ. އަދި މި ހާދިސާގައި ފިހުނު ބިދޭސީ މީހާއަށް ދަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވިގޮތުގައި، އަލިފާން ރޯވެފައި ވަނީ އެރަށުގައި މަދިރި ކޮންޓްރޯޅް ކުރުމަށް ބޭސް ޖެހުމަށް ޑީސާލް އަދި ޕެޓްރޯލް އަޅާފައި ހުރި ރަށު ޕިިކަޕެކެވެ.

އަދި އަލިފާން ރޯވިތާ މާގިނަ އިރުތަކެއް ނުވަނީސް އަލިފާންގަނޑު ވަނީ ނިއްވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މާމިގިލީ މީހާ

    މާމިގިލީ ކައުސިލަރުން މޮޔަވެގެން މިއަދު ރަށައް ބޭސްޖެހީ. މަދިރި ގިނައިން އުޅޭ ދުވަސް ކޮޅު ބޭސް ނުޖަހާފަ. ދެން ކޮން ބޭހެއް ޖަހާކަށް ތައް.

    9
    2
  2. މާމިގިލީ 2

    މާމިގިލީގައި ޞިއްޙިމަރުކަޒުން އިސްނައިގެން މާދަމާ އޮފީސްތަކާ ޖަމްއިއްޔާތައް ގުޅިގެން މަދިރި ކޮންޓްރޯލްކުރުމުގެ ބޮޑު ޕްރޮގްރާމެއް ބާއްވަން އުޅެނިކޮށް ކޮން ފޮގެއް މިއަދު ކުރާކަށް

  3. މާމިގިލި މީހާ3

    މާމިގިލާގަ ފޮގުއް ކުރީ ބޯހަމަނުޖެހޭ ބަޔަކު އެހެންވެ ވީގޮތެއް ނޫންތަމީ؟