ޖުމްހޫރީ ޕާޓީގެ ލީޑަރަކީ ސިޔާސީ ބޭފުޅެއްވެސް ނޫން ކަމަށާއި، އޭނާ އަކީ ވިޔަފާރިވެރިއެއްވެސް ނޫން ކަމަށް ދާދިފަހުން އޮތް 19 ވަނަ މަޖިލީސް އިންތިޚާބުން ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ގާސިމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުކޮށް ޖާބިރު ވިދާޅުވީ، ގާސިމަކީ މީހެއްގެ ވިޔަފާރި ކުރާ ކުއްޖެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގައި ގާސިމް ކަންތައް ކުރައްވަނީ ވަކި މީހަކު ބުނާ ގޮތަށް ކަމަށެވެ.

"ކޮންމެވެސް މީހަކު ބުނާ ގޮތަށް ގާސިމް ހައްދަވަނީ. އެ ގާސިމް ކައިރިން އަހަން ޖެހޭނީ. އަޅުގަނޑު އެނގޭތީއެއް ނޫން މި ދަންނަވަނީ. އަޅުގަނޑަށް ފެންނަ މަންޒަރެއްގެ ވާހަކަ މި ދަންނަވަނީ. މަންޒަރު އޮތީ އެހެންނޭ،" ޖާބިރު ވިދާޅުވިއެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މާމިގިލީ ދާއިރާއަށް ހޮވިވަޑައިގަތް ގާސިމް އެ ދާއިރާގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމަށްވެސް ޖާބިރު ވަނީ ގޮވާލައްވާފައެވެ. އަދި ގާސިމަކީ "ފެއިލް" ވެފައި ހުރި ބޭފުޅެއް ކަމުގައި އާއި އެހެންކަމުން މަޖިލީހަށް ވަދެ "ކުރާނެ އިތުރު ކަމެއް ނޯންނާނެ" ކަމަށް ޖާބިރު ވިދާޅުވިއެވެ.

ގާސިމަކީ މަޖިލީހުގެ ރިޔާސަތަށް "ނާގާބިލު" ބޭފުޅެއް ކަމަށް ސިފަކުރައްވާ ޖާބިރު އިތުރަށް ވިދާޅުވީ، ގާސިމް މަޖިލީހުގެ ރިޔާސަތަށް ވަޑައިގަންނަވަނީ ފައިސާގެ ބާރުން ކަމަށެވެ. ޖާބިރު ވިދާޅުވީ އެއާ ޚިލާފަށް، ފައިސާގެ ބާރުން އޭނާ އެއްވެސް މަޤާމެއް ބޭނުން ނުވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ މިހާރުގެ ސަރުކާރު ގެނައުމަށްޓަކައި އޭނާ 80 މިލިއަން ޑޮލަރު ޚަރަދު ކުރެއްވި ކަމަށާއި އެއީ ޑިމޮކްރެސީއަށް ޚަރަދު ކުރެއްވި ފައިސާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. މާމިގިލީ މީހާ

  ގާސިމަކީ ބޮޑު މޮޔައެއް. ސިކުނޑި ވެސް ހަމަ ނުޖެހޭ މޮޔައެއް. ބޯނެތް ބާ ބުރުމާ ގަޑެއް.

  17
  32
  • ޙައްގުބަސް

   ޖާބިރު ފެނުނީމާ ހަމަ ހަނދާންވަނީ ހޮނޑައިދޫ ބީޗްމަތިން!! އަދި ވަރަށް ހިނިވެސް އާދޭ!

 2. އިންސާނާ

  މިރާއްޖޭގަ ހުރި ވިއަފާރިވެރިއަކީވެސް އަދި ސިޔާސީމީހަކީވެސް ހަމަ ކަލޭ ކީއްކުރާނީ ހިތާމަޔަކީ މިކަހަލަ ރޯނުއެދުރުން މިރާއްޖޭގެ ސިއާސީމައިދާނުގަ ގިނަވުން

  64
  6
 3. ކުޑަބަޖަރާ

  މީނާ ހާދަވަރަކަށް ގާސިމާ ޖައްސާލާގެން މިއުޅެނީ! އަނެއްކާ ދިޔާނާ އާ ގާސިމާ ގުޅުމެއްއޮތީބާ؟

  10
  1
 4. މުންޑޫ ޒާހިރު

  އެވަރުގެ ޚަރަދެއްކޮށްފަ ތިއައީ ކިހާވަރެއް ސަރުކާރުތެރެއިން ލިބިގަންނަންތޯ ؟؟

  12
 5. ދިޔާލޮލީ

  ގާސިމަކީ ސިޔާސީ މީހެއްވެސް ނޫން، ވިޔަފާރިވެރިއެއްވެސް ނޫން. އެންމެން ވެރިކަން ހޯދަން ބޭނުންކުރާ މަލްޓިޕާރޕަސް މެޝިނެއް ދޯ؟