"ފެއިލްވި ޕާޓީތަކުގެ" ވަޒީރުން އިސްތިއުފާ ދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ އާ ދައުރަށް ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި އަބްދުﷲ ޖާބިރު ގޮވާލައްވައިފިއެވެ.

މިކަމަށް އިޝާރާތްކުރައްވާ ޖާބިރު ވިދާޅުވީ، މިހާރު އެންމެ ބުއްދިވެރި ގޮތަކީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ނާކާމިޔާބާއި ކުރިމަތިލާން ޖެހުނު ޕާޓީތަކަށް ނިސްބަތްވާ ވަޒީރުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށެވެ. އަދި އެ ޕާޓީތަކުގެ ބޭފުޅުންނަށްވުރެ އެ މަޤާމުތަކަށް ޤާބިލު ބޭފުޅުން، ވެރިކަންކުރާ ކޯލިޝަންގެ އިސް ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ" ގައި އެބަތިއްބެވި ކަމަށް ޖާބިރު ވިދާޅުވިއެވެ.

"އެމްޑީޕީގެ ޒަމާންވީ ބޭފުޅުން އެބަ ތިއްބޭ ވަޒީރުކަމަށް ތައްޔާރުވެ، ފަރިވެގެން. ހެދުންލައިގެން ތައްޔާރަށް" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ، އެ ބޭފުޅުންނަށް މަޤާމުތައް ދެއްވުމުގެ ކުރިންވެސް އެއީ އެކަމަށް ޤާބިލް ބޭފުޅުން ނޫން ކަމުގައި ރައީސް އިބްރާހީމް މުޙައްމަދު ސޯލިހާއި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުރުން ޕާޓީތަކުގެ އިސް ބޭފުޅުންގެ ގާތުގައި ދެންނެވި ކަމަށެވެ. ނަމަވެސް އެ ބޭފުޅުން މަޤާމުތައް ހޯއްދެވީ ރައީސްގެ މައްޗަށް ބާރު ފޯރުވައިގެން ކަމަށް ޖާބިރު ތުހުމަތު ކުރެއްވިއެވެ.

އެހެން ނަމަވެސް މިހާރު ރައީސް ސޯލިހަކީ މިނިވަނެއް ކަމުގައި އާއި އެމަނިކުފާނަށް މިހާރު އެއްވެސް މީހަކަށް ބާރު ނުފޯރުވޭނެ ކަމަށް ޖާބިރު ވިދާޅުވިއެވެ. އަދި އެފަދަ ފަރާތްތަކާއި ޤާނޫނު އަރާ ހަމަކުރާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

19 ވަނަ މަޖިލީސް އިންތިޚާބުން "ފެއިލް"ވި ޕާޓީތަކުގެ ވަޒީރުން އިސްތިއުފާ ދެއްވުމަށް ޖާބިރު ގޮވާލާފައިވާއިރު، ޖުމްހޫރީ ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ފަސް ވަޒީރަކާއި، އަދާލަތަށް ނިސްބަތްވެ ވަޑައިގަންނަވާ ތިން ވަޒީރެއްގެ އިތުރުން ރައީސް މައުމޫން ހައްދަވާފައިވާ އެމްއާރުއެމް އަށް ނިސްބަތްވެ ވަޑައިގަންނަވާ ހަތަރު ވަޒީރުން ކެބިނެޓުގައި އެބަތިއްބެވިއެވެ.

ނިމިދިޔަ މަޖިލީސް އިންތިޚާބުގައި އެމްޑީޕީއަށް 65 ގޮނޑި ކާމިޔާބު ކުރެވި މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދާފައިވާއިރު، ޖުމްހޫރީ ޕާޓީއަށް ލިބިފައިވަނީ ކުރިމަތިލީ 41 ދާއިރާގެ ތެރެއިން ފަސް ގޮނޑިއެވެ. އަދި އެމްއާރުއެމް އަށް އެއްގޮނޑި ކާމިޔާބު ކުރެވުނުއިރު އަދާލަތު ޕާޓީއަށް މިފަހަރުގެ މަޖިލީހުން ގޮނޑިއެއް ކާމިޔާބު ނުކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ދަވޯލް

    ގައިދީންނަށް ދޭ އުޖޫރަ އިތުރުކުރަން ވިސްނަން ކަމަށް ހޯމް މިނިސްޓަރު ވިދާޅުވުން އެއީ މަމެން އުފާ ކުރާ ކަމެކޭ އެކަމަކު މީގައި ކުރަންވީ ކަމަކީ ގައިދީން ޖަލަށް ދާން ޖެހޭ ސަބަބު ހޯދާ ވިސްނާ އެކަން ކަން ރަނގަޅު ކުރުމޭ އޭގައި އެންމެ މުހިއްމީ ސަރުކާރުން ބަގުޑި ބައްދައިގެން އުޅޭ މާލެ ސަރަހައްދުގެ ބިން ތައް އަކަފޫޓަކަށް މަހަކު 1 ރުފިޔާގެ ރޭޓުން ބޭނުން ކޮންމެ މީހަަކަށް ލިބޭ ގޮތަށް ހަދަން މާލެ ސަރަހައްދު ހިއްކަންވީއޭ ޔޭއް ވޮޗް އިން ދަ ކްލަކް އޮން ދަ ވޯލް ވޮޗް އިން ދަ ކްލޮކް އޮން ދަ ވޯލް ވޮޗް އިން ދަ ކްލޮކް އޮން ދަ ވޯލް ވޮޗް އިން ދަ ކްލޮކް އޮން ދަ ވޯލް އޯއް ޔޭއް...

    9
    7
  2. ސަމާ

    މީހޭބަލިވާ މީހެއްތަ ބަލަ ކުރިއަށް އޮތް ފަސްއަހަރަށޭ ކޯލިޝަން ހަދައިގެން އައީ މަޖްލިސް ކާމިޔާ ބު ވީމަ ބޭރުކުރާ ގޮތަކަށް ނޫނެއް ނު ހޮޑައި ފުށީގޮނޑުދޮށުގަ ދޮއްތަ އަދިވެސް އުޅެވެނީ ކޮބާ ހާމިދު

    59
    8
  3. ޓާކުރޭ

    ހެޔޮކަމެއް ކޮއްދިން މީހުންނައް ތެޔޮހަމެއް.. ބެއްޔާގެ ބަސްއަހައިގެން ޕީޕީ ފުޑަން އުނު ގުރޫޕައް ރާކަނި މަސް ކެވެމުން ދާނޫ..

    48
    7
  4. ބުރޯ

    ޖާބިރަކަށް ނޭގޭނެ . ނުވެސް ގޮވޭނެ . މޮޔަނުވޭ

    44
    9
  5. ކާފަބޭ2019

    މައުމޫނެވެ. ކޮޅުމަތިފެންނަންފެށީއެވެ. ހުވާކުރުމާއެކު ކަންފަތުގަ އޮށްގާލާފަ ބޭރުކުރަން ފަށާނެ އިންތިޒާރުކޮށްލައްވާ.....

    57
    3
  6. ތެޔޮނާށި

    ސަހަރޯ ތިހިރީ ކޮޑާ ކޮޑު ޖެހިފިތިފަ ހަމަ ހުސް ޖަޒީރާ ޔާމީންގެ ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރި އެއްމެނަށް ވވ ސަލާމް

    51
    2
  7. ލަބީބު

    ޖާބިރު ތިޔަ ބުނީ ސަރުކަރުގެ ބަސް! އެއީ ސަރުކާރުން ބުނެގެން އިއްވި ބަހެއް! ތިހެން ބުނުމުގެ މާކުރިން ދިވެހިން ދެނަތިބީމު މަޖްލިސް އިންތިޚާބަށްފަހު މުޅި ސަރުކާރު އެމްޑީޕީގެ މުށަށް ލާނޭކަން! މިވާހކަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ކިތންމެ ވަރަކަށްވެސް ރައީސް ޔާމީންވެސް އަދި އޭރުގެ ވަޒީރުންވެސް ޤާސިމަށް ، ޢިމްރާނަށް ، މައުމޫނަށް ، އިލްޔާސްއަށް ވިސްނޭތޯ ކިޔައިދިން. މިއަންނަނީ އެ ވާހަކަ ތެދުވަމުން. ދެން ތިބެބަލަ!

    70
    5
  8. ބުރާންތި

    ޖާބިރު ބުންޔަސް ތީ މިހާރު މާލަސްވެފަ އޮތް ކަމެއް ކުރަން. މިހާރުން މިހާރަށް އެފަދަ ވަޒީރުން މަގާމުން ވަކިކޮށް އެމްޑީޕީއަށް އިހްލާސްތެރިންނަށް ވަޒީރުކަން ދިނުމަށް އިބްރާހިމް މުހައްމަދު ސޯލިޙްއަށް ގޮވާލަން. ނޫނީ އަހަރެމެން ޖެހޭނި އަލީ ވަޙީދުމެން ބުރުމާ އަންހެނުން މެން އިސްތިއުފާއަށް ގޮވާލަން މަގުމައްޗަށް ނިކުމެންނަން. ވަރަށް ކެެއްކުރެވިއްޖެ. ޑިމޮކްރަސީގެ ރީތި ނަމޫނާއަކީވެސް އެބައިގަނޑު އިސްތިއުފާ ދިނުން.

    27
    44
  9. ޖާބިރު ރިޔާސަތު

    ވަޒީރުން އެކަންޏެއްނޫން، ކުންފުނިތަކަށް ލާފައި ތިބި އެމް.ޑީ. އިނތައްވެސް ބޭރުކުރަންވީ.

    8
    3
  10. Anonymous

    ބަލަބުރާންތިވެގެން ކިޔޭނުކިޔޭއެއްނޭގުނަސް ބޮޑުވަރު ތީ. ވެރިކަން ހޯދީ ތިޔަބުނާ ބައިގަޑުވެސް ބޭނުން ކޮޢްގެނޭ. މިހާރު ކީކޭމިކިޔަނީ.

    8
    2
  11. ޅެންވެރިޔާ

    ޅަސްވެއްޖެ ކުރަން.

    9
    2
  12. ނުރަބޯ

    ކާސިންބެ އާއި މުސްކުޅިބެ އަދި ސޭކު އިމްރާނު ފޭހުނު އިލޮށިގަނޑު މާ ލަސްތަކެއްނުވެ އެމީހުންގެ ލޮލަށް ހެރޭނެ.

    13
    1
  13. ބޮއްބޮ

    ގާސިމާ މައުމޫނު އަދި އިމްރާނު ވެސް ރައީސް ޔާމީންގެ ސަރުކާރާ އިދިކޮޅުވެ ރައީސް ޔާމީން ނުބައިމީސް ކޮށްފަ މިގައުމުގައިތިބި އެންމެ ޣަދަރުވެރި ބައިގަނޑާ ގުޅުނީ އަމިއްލަ އެދުމަށްޓަކައެވެ. އެއިރުވެސް މިމީހުނަށް ހަމްދަރުދީ ވާ މީހުން މިކަމުގައިހުރި ނުރައްކައުތެރިކަން ދިޔައީ ވިސްނައިދެމުން އެހެން ނުހެދުމަށް ގޮވާލަމުންނެވެ. އެހެން ނަމަވެސް މިއަޑުތަކަށް ބީރުކަންފަތެއްދީފަ ލާދީނީންނާ ގުޅި އެމީހުނަށް ވެރިކަން ހޯދައިދިނީއެވެ. ކުރިޔަށް އޮތް ދުވަސް ތަކުގައި މިމީހުން ކުރި ނުބައިކަންތަކުގެ ހިތިހިތާމަ އާއި ނިކަމެތިކަން ކުރިމަތިވާނެކަމީ އެކަމާމެދު ޝައްކެއް އޮތް ކަމެއް ނޫނެވެ.

    11
    1
  14. އެޖެންޑާ19

    ބަރާބަރު. އެކެއް ދޭއް ތިނެއް ކިޔާފަ ހުރިހާ އެންމެން ދުއްވާލާތި. ފުރަތަމަ ފަހަރި އިމްރާނު. ދެން ދޮންމަންޖެ، ދެން މުށްކުރު ހުސޭނު އާނދޮގޭ.....!!! މިހާރަކު ޖޭޕީގެ އަދި އަދާލަތުގެ ބޭނުމެއް ސަރުކާރަކަށް ނެތް. މިބައިމީހުނަށް ސަލާން ނުޖަހާ، ސަރުކާރަށް ބޭނުންވާ ކަންކަން މިހާރު މަޖުލިހުގެ ތެރެއިން ކުރެވޭނެ.

    7
    2
  15. ހޮނޑައިބެ

    ޖާޓޭ އެބުނީ ހެޔޮކޮށް އަވަހަށް ކަލޭމެން އެންމެން ފޮށާ ބޭލި އޮރިޔާން ނުވަނީސް އަމިއްލައަށް އިސްތިޢުފާ ދީފަ ބޭރުވޭ.....!!!

    8
    3
  16. ސީނު

    ކޭބަލް ކާ ނޭޅޭނަމަ ފުރަތަމަ ތިމާ މިޖިލީހުގެ ގޮނޑިން އިނސްތިއުފާ ދީ..އެއަށްފަހު އެހެން މީހުންގެ ވާޙަކަ ދައްކާނީ

    8
    3
  17. ބުރުގާ

    އެމްޑީޕީ ބައިގަނޑު ޖާބިރު ކާށިދޫ ގޮނޑި ގެންދިޔަފަހުން ނުވެސް ނިދާ. 24 ގަޑިއިރު އެކަމާ ޖޭ ވެފެ. އަބަދު ޖާބިރު ކުރަނީ ކީއްތޯ ބަލަބަލަ. ޖާބިރު & ދިޔާނާ ގެކޮޅުގައި ހިނިފުޅުވަޑުވަޑުވަ.

    7
    1
  18. Anonymous

    ވަޒީރުންނަށް ކުރި މަލާމާތެއް

    8
    2
  19. ކާސިމް

    ލަބީބު ޖަހައިގެން ކޮމަންޓް ކުރާ މީހާއައް ޖާބިރު އައްވުރެ ބޮޑައްއެނގޭ..ލަބީބު ބޮންޑާ ކެމްޕެއިންގަ އުޅުނީ ވަޒީފާ ހޯދަން ކަމައް ވަނީ..ކޯލީޝަން މިނިސްޓަރުންނާ އެހެން މީހުން ބޭރުކުރީމަ ފަސޭހަ ވާނެ މަޖިލިސް 65 މީހުންގެ އައުވާނުން ނައް ވަޒީފާ ދޭން..