ރާއްޖޭގެ އެންމެ ދެކުނުން ގދ. އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް ހުދު އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި، އެ ސަރަހައްދަށް ބޯކޮށް ވާރޭވެހި، ގުގުރާނެ ކަމަށް ލަފާކުރެވެއެވެ. އެލާޓް ނެރެފައި ވަނީ ހެނދުނު 8:30އިން މެންދުރު 1:30 އަށެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މި ދުވަސްވަރު ހޫނު ގަދަކޮށް ފާހަގަކޮށްލެވޭ އިރު، ދެކުނުގެ އަތޮޅުތަކަށްވެސް އާންމުކޮށް ފާހަގަކޮށްލެވެނީ ހޫނު ގަދަކޮށެވެ. އަދި މިދިޔަ ހަފްތާ ތެރޭގައި އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހޫނުން ރައްކާތެރިވުމަށް ގިނައިން ފެން ބޭނުން ކުރުމަށާއި، ގިނަ އިރު އަވީގައި ނޫޅޫމަށެވެ.

ވައިޓް އެލާޓް: މި އެލާޓްގައި މޫސުމަށް ސަމާލުވާންޖެހެއެވެ. ކޮންމެވެސް ވަރަކަށް ވައިގަދަވެ، ވާރޭ ވެހި، އާންމު ގޮތެއްގައި ކަނޑުތައް ގަދަ ވާނެއެވެ. ވައިޖެހޭނީ 20 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނެއްގައެވެ. ވައިޓް އެލާޓް ނެރެފައިވާނަމަ، ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން މުހިއްމެވެ.

ކިޔުންތެރިންގެ ހިޔާލު