މިދިޔަ ހޮނިހިރު ދުވަހު ކުރިޔަށް ދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީން ހޯދި ބޮޑު ކާމިޔާބީ ފާހަގަކުރުމަށް 24 ގަޑިއިރުގެ ފެތުމުގެ ހަރަކާތެއް ފަށައިފިއެވެ.

މި ފެތުމަކީ އެމްޑީީޕީން 50 އަށްވުރެ ގިނަ ގޮނޑި ކާމިޔާބުކޮށްފިނަމަ 24 ގަޑިއިރު ފަތާނެކަމަށް އެމްޑީޕީގެ ސަޕޯޓަރެއް ކަމަށްވާ ފިރާސް ފޭސްބުކްގައި ވީ ވައުދެކެވެ. ފިރާސްއަކީ ރާއްޖޭގެ ފެތުމުގެ ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެކެވެ. އެމްޑީޕީއަށް 50 ގޮނޑި ކާމިޔާބުވެއްޖެ ނަމަ 24 ގަޑިއިރަށް ފަތާނެ ކަމަށް ބުނެ ފިރާސް ވައުދުވީ ވޯޓުލީ ދުވަހުއެވެ.

މިކަމާއި ގުޅިގެން ވޯޓުގެ ކާމިޔާބަށްފަހު ފިރާސް ދަންނަ އެމްޑީޕީގެ ސަޕޯޓަރުން އޭނާގެ ވައުދު ފުއްދުމަށް ގޮވާލަމުން ދިޔައިރު، ފިރާސް މި ހަރަކާތް ފެށީ އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައެވެ. މި ފެތުން މިއަދު މެންދުރު 2:00 އަށް ނިމޭނެއެވެ.

މަޝްހޫރު އަންހެން ފެތުންތެރިޔާ އަޒްކާ އާދިލް ކުރި ޓްވީޓެއްގައި އޭނާ ބުނީ ފިރާސްގެ މި ފެތުން ޚާއްސަ ކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށެވެ. ފިރާސްގެ މި ހަރަކާތަށް ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވަނީ ތައުރީފު ކުރައްވާފައެވެ. އަދި ފިރާސް އާއި، އޭނާއާއެކު ފެތުމުގެ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ރައީސް ނަޝީދު ވަނީ ސާބަސް ދަންނަވާފައެވެ.

އަޒްކާ ވަނީ ފިރާސްއަށް ތަރުހީބުދިނުމުގެ ގޮތުން މި ފެތުމުގައި ބައިވެރިވާނެކަމަށް ބުނެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްލަ 87 ދާއިރާއަކުން 9 ޕާޓީ އަކާއި އަމިއްލަގޮތުން 386 ކެންޑިޑޭޓުން ވާދަކޮށްފައިވާއިރު، އެމްޑީޕީން އެކަނި 65 ދާއިރާއެއް ކާމިޔާބުކޮށްފައި ވެއެވެ. މި ކާމިޔާބީ އާއި އެކު އެމްޑިޕީއަށް ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައެވެ. މިއީ އެއް ޕާޓީއަކަށް މަޖިލީސް އިންތިޚާބެއްގައި މިހާ ބޮޑު އަޣުލަބިއްޔަތެއް ލިބުނު ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ޑެރަވެއްޖެ

    5 ނަމާދު އަޅާފައި މިކުރިކަމުން ވާނެ ފައިދާއެއްނެތް

    67
    5
    • ކުޑަބަޖަރާ

      5ނަމާދު އަޅާފާ އެކަންކުރީތީ އެބުނާ ނަޝީދު އެވަނީ ސާބަސްދީފާ.

    • ބްލައިންޑް

      ޙަޤީޤަތް ބަލާފަ ވާހަކަ ދެއްކުން ރަނގަޅު ވާނީ!

  2. ޤސމ

    ނަމާދު އަޅާފަ 24 ގަޑިއިރު ފަތާލާ. ލާދީނީ ލާދީނީ ލާދީނީ

    59
    4
    • ހަސަނު

      އަފީފުގެ ފެތުން ކުރިއަށް ދާއިރު ސިއްހީ ލަފައާއެކު ކޮންމެ ގަޑިއަކު އެއްފަހަރު 15 މިނިޓުގެ ބްރޭކެއް ނަގައެވެ. އެ 15 މިނެޓްގެ ތެރޭގައި އޭނާ ކައި ނަމާދު ކުރެ އެވެ. 

      1
      4
  3. ބިއުޓީ

    24 ގަޑިއިރު ފެތުމުގެ ބަދަލުގައި 24 ގަޑިއިރު ވަންދެން މިސްކިތުގައި ޤުރުޢާން ކިޔަވަން އިންނަން ބުނިނަމަ މާ އަޢުލާކަން ބޮޑު ދޯ

    61
  4. ނުރައްްދީނު

    އެފަދަކުދިން ގިނަވުމަކީ އެމީހުންގެ ބޭނުން މާތްވެގެންވާއިސްލާމްދީނަށް ފުރައްސާރަކުރާމީހުން އެމްޑީޕީ މީހުންނަކީ

    42
    1
  5. އަލިފުތާ

    ފިރާސް އަކީ ނަމާދަށް ފަރުވާ ބަހައްޓާ މީހެއް. އޭނާ ފެތުން ނަމާދުތަކަށް މެދުކަނޑާލައިގެން ކުރިޔަށް ގެންދަނީ. ދިވެހިން އަބަދުވެސް ވިސްނާނީ އެންމެ ނެގެޓިވްކޮށް.

  6. ހަސަނު

    އަފީފުގެ ފެތުން ކުރިއަށް ދާއިރު ސިއްހީ ލަފައާއެކު ކޮންމެ ގަޑިއަކު އެއްފަހަރު 15 މިނިޓުގެ ބްރޭކެއް ނަގައެވެ. އެ 15 މިނެޓްގެ ތެރޭގައި އޭނާ ކައި ނަމާދު ކުރެ އެވެ. 

    1
    1
  7. އަދުނާނު

    24 ގަޑިއިރު ފަތަނީއޭ ކިޔައިގެން ދޮގު ހަދަނީ. ރޭވެސް މުޅިން މަގުމަތިގައި އެނބުރުނީ. އެނަގެ ރައްތެހިން އެތާ ނުފަތައެކެނޫން. ނުވާވަރު ކަންކަމަށް ވައުދު ނުވާންވީނު ދޯ؟

  8. މަހަށްދޭބަލަ

    އެމްޑީޕީ އަށް 50 ގޮނޑި ލިބިއްޖެނަމަ ތަމެން 24 ގަޑިއިރު ފެތުން އެއީ މައްސަލަ އެއް ނޫނޭ އެކަމަކު އެމްޑީޕީން ވެފައިވާ ވައުދަކީ 24 ގަޑިއިރު ފެތުމެއް ނޫނޭ އެމެން ވެފައިވާ އެންމެ ބޮޑު ވައުދަކީ މާލެ ސަރަހައްދުން މީހުން ދިރިއުޅެން 99100 ގޯތި 4 ހާސް އަކަފޫޓްގެ ހިލޭ ދިނުން ދެން 5 ހާސް އަކަފޫޓްގެ 4 ލައްކަ ގޯތި ގުޅިފަޅުން ވިޔަފާރި ކުރާ ކުންފުނި ތަކަށް ދިނުން ޖީއެސްޓީ ނެގުމުގައި މީރާއިން ވިޔަފާރިވެރިން ލޫޓުވާތީ އެކަން ހުއްޓުވުން އެއިން އެއްވެސް ކަމެއް ނުވޭ ދެން ތަމެން މަަހަށް ދާންވީއެއް ނޫންތޭ ފަތާފައި ދަގަ ތަމެން އައްޑޫ ކަނޑަށް މަހަށް މަހަށް މަހަށް މަހަށް ދޭބަލަ ދެން...

  9. އަލީ

    އެޖެންޑާ 19 އަކީ ދީފަ އޮތް ނަމެއް ނޫން ވެފަ އޮތް ވައުދުތަކެއް އެއިން އެއްވެސް ވައުދެއް ނުފުއްދެނީސް ކޮން ފެތުމެއް ތި ފަތަނީ ރައީތުން ވޯޓު ދިނީ އެޖެންޑާ 19 އޭ ކިޔައިގެން ފަތާކައް ނޫން

  10. ފާތުން

    ކޮންމެ ކަމެއްގައިވެސް ދީން، ތިހެންބުނާ މީހާއަކީ އަޅުވެރިއެއް............. ވަރަށް ސަލާމް

  11. ބޭބީ

    ޝުކުރުގެ ސަޖިދައެއް ޖަހާބަލަ. ލޮނުބޮވެންދެން ނުފަތަ