ކުރިޔަށް އޮތް ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް ސައުދީން މިފަހަރު ވެސް އެކި ޤައުމުތަކަށް ކަތުރު ބަހަން ތައްޔާރުވަމުންދާ ކަމަށް އެޤައުމުން ހާމަކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އެޤައުމުގެ ކަމާއި ބެހޭ ފަރާތްތަކާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވަނީ، މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ޤައުމުތަކަށް 6500 ޓަނުގެ ކަދުރު ބަހަން ސައުދީން ވަނީ ނިންމާފައެވެ. މީގެ ތެރެއިން 4000 ޓަނުގެ ކަދުރު ބަހާނީ ފުޑް ޕްރޮގްރާމްތައް މެދުވެރިކޮށް 14 ޤައުމަކަށް ކަމަށާއި، ބާކީ 2500 ޓަނުގެ ކަދުރު 29 ޤައުމެއްގެ ސަރުކާރާ ހަވާލުކުރަން ހަމަޖެހިފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ.

ސައުދީން މީގެ ކުރިންވެސް ރަމަޟާން މަހާއި ދިމާކޮށް ދުނިޔޭގެ އެކި ޤައުމުތަކަށް ކަދުރު ބަހައެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ މުނާސަބަތުގައި ޤައުމުތަކާއި އެކު އޮންނަ ގުޅުން ބަދަހިކުރުމަށް އެޤައުމުން ކަދުރު ހަދިޔާ ކުރާ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ވެސް ހިމެނެއެވެ.

މިދިޔަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް، ސައުދީ އަރަބިއްޔާގެ ރަސްގެފާނުގެ ހެޔޮ އެދުންތަކާ އެކު މިދިޔަ އަހަރު ވެސް ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު މާލެއާއި އަތޮޅުތެރެއިން ޖުމްލަ 24345 ގޭބިސީއަށް ކަދުރު ބަހާފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުން 43 ރަށު ކައުންސިލުން ކަދުރާ ހަވާލުވެފައި ވެއެވެ.

ސައުދީގެ އިތުރުން ރާއްޖޭގައި ބައެއް އަމިއްލަ ފަރާތްތަކާއި ޖަމިއްޔާ ޖަމާޢަތްތަކުންވެސް ރޯދަ މަހާއި ދިމާކޮށް ކަދުރު ބަހައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. މޫސަަަ

  ތިވާހަކަ ނުދައްކާ ފާތުމާ އަންނާނެ ތިނަގަން

  9
  11
  • ކިޔުންތެރިޔާ

   ތިޔަ ކަދުރެއް މިދިޔަ އަހަރަކު ވެސް އަހަރެމެންނަކަށް ނުލިބޭ.....
   މި އަހަރު ކިހިނެއްބާ ވާނީ.....

   6
   2
 2. ރެފްރީ

  ކޮބާ ކަދުރުދައިތަ ؟ އުޅޭނެ ނިކަންކަދުރުބަހާހިތުން ،

  13
  9
 3. އިންމަބެ

  ކަތުރުބަހާށޭ؟

  4
  7
 4. ބްރޭކިން ނިއުސް

  މިފަހަރު ކޮން ފައުންޑޭޝަން އަކުން ބާ ތި ކަދުރު ކޮޅު ބަހާނީ...

  5
  2
 5. އަލީ

  މިފަހަރު އަނެއްކާ ކަދުރު ނަޝީދުތަ ނޫނީ ކަދުރު ފަޒުނާތަ

  9
  2
 6. ދޮންބެ

  މިފަހަރު ކަދުރު ލިބޭނެ

 7. ކިއުންތެރިއެއް

  މިފަހަރު މިއީ ފަޒނާގެ ފަހަރު. ކަދުރަކަސް އެހެން އެއްޗަކަސް ފަޒޫ ގެ ފަހަރު ފަޒޫ ވެސް ވާނެ އެތެރެކޮށްލަން. ކަންނުވެ ނަންވުމަކީ ޢާއްމު ކަމެއް. ވީމާ ނަންވުމާ އެކު ކަންވެސް ވާންޖެހޭނެ.

  1
  1
 8. ނުރަބޯ

  ތިޔަ ކަދުރު ކެވޭވަރެއްނޫން ހިލަ ޖެހޭވަރުން. ހެޔޮކަމެއް ކުރަން ބަހާ ކަދުރެއް މިހާ ކޮލިޓީ ދަށްވެގެން ނުވާނެ.

  1
  1