އެޖެންޑާ 19 ފުރުހަމަ އަށް ތަންފީޒު ކުރައްވާނެ ކަމަށް މައްޗަންގޮޅި މެދު ދާއިރާގެ އިންތިހާބީ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ތޮއްޑޫ ދާއިރާއަށް ވާދަކުރެއްވި ކެންޑިޑޭޓް ހަސަން ޝީޔާން އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު އުފާ ފާޅު ކުރުމަށް ތޮއްޑޫގައި ރޭ ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ކަން ވެސް ކުރެއްވި ނަޝީދު ވިދާޅުވީ އެމްޑީޕީއަށް ލިބުނު އަޣުލަބިއްޔަތު ބޭނުންކުރަންޖެހޭނީ ބުއްދިވެރިކަމާއި ހިކުމަތްތެރިކަމާއި ކެއްތެރިކަމާއެކު ކަމަށެވެ. ނަޝީދު ވިދާޅުވީ މަޖިލީހުގައި އެމްޑީޕީން ކުރާނީ 19 ގާނޫނީ އޮނިގަނޑުގެ މަސައްކަތް ކަމަށެވެ.

"މަޖިލީހުގައި އަޅުގަނޑުމެން ކުރާނެ ކަމަކަީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުން އެ ނޫން ކަމެއް ނުކުރާނެ" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެޖެންޑާ 19 އެބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގައި ތަންފީޒު ކުރާނެ ކަމަށެވެ. އޭގެން ރައްޔިތުން ރަށަށް ބޭނުންވާ ތަރައްގީ ފުރިހަމައަށް ގެނެސްދޭނެ ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"ތިބޭފުޅުން ގާތުގާ ކޮށްދޭނެ ކަމަށް ބުނި ކަންތައްތައް ކުރުމަށް އަޅުގަނޑުމެން ހިންގާ މަސައްކަތް މިއީ." ނަޝީދު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީން ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީއެއް ހޯދާފަ އެވެ. 87 ދާއިރާގެ ތެރެއިން 65 ދާއިރާއެއް ކާމިޔާބު ކުރީ އެމްޑީޕީއިންނެވެ.

މަޖިލިހުގެ 87 ދާއިރާއަކަށް މެމްބަރުން ހޮވުމަށް ހޮނިހިރު ދުވަހު ބޭއްވި މަޖިލިހުގެ އިންތިޚާބުގައި ކާމިޔާބު ހޯއްދެވި ކެންޑިޑޭޓުން މަޖިލީހުގެ މެންބަރު ކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ މަހު ބާއްވަން މަޖިލިހުގެ އިދާރާ އިން ވަނީ ނިންމައިފަ އެވެ. މަޖިލީހުގެ އިދާރާއިން ބުނީ އިންތިޚާބު ކާމިޔާބު ކުރެއްވި މެމްބަރުން ހުވާ ކުރާނީ އަންނަ މަހު ފަހުކޮޅު ކަމަށާއި ނަމަވެސް ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނުވާ ކަމަށެވެ. އެ ތާރީހެއް ފަހުން އިއުލާން ކުރާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ދެ ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އާ މެމްބަރުންނާ އެކު ޖޫން މަހުގެ ކުރީކޮޅެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މޫސަ

    ނަޝީދު ފެކުޝަނުގައި ކިތައްމީހުން.

    5
    1
  2. ެއެޖެންޑާ 19

    އަދިވެސް އެޖެންޑާ 19 ވާންވި ގޮތުގެ ތަފްސީލް ރައްޔިތުންނަކަށް ނޭނގޭ. ކޮންމެ ކަމެއް ބުނާ އިރަށް އެޖަންޑާ 19. ބައްޕައަކީ ކޮބާހޭ ބުނީމަވެސް އެޖެންޑާ ނަވާރަ. މިވަރުންދާނަމަ ސްކޫލް ކުދިންގެ ޓެސްޓް ޕޭޕަރުގެ ސުވާލު ނޭނގިޖެނަމަ ލިޔާނެ އެޖެންޑާ 19 ނަވާރަ ޖަވާބު ލިބޭނެޔޭ

    14
    1
  3. ލަބީބު

    ޤަވްމު އަޅުވެތިކުރުމާއި ، އިސްލާމްދީނަށް ހަޖޫޖެހުމާއި ، ބާރުދެރަ މަސްތުވާތަކެތި ޢާއްމުކުރުމާ ، ޤަވްމު އަލުން ގިންގަޅުވާލުން އެއީ ތިޔަބުނާ އެއްޗެވެ.

    24
    2
  4. އަހުމަދުބެ

    މިހާރު އޮޅިއްޖެ! އިބޫޞޯބެ ވެރިކަމަށް އައީ ތިޔަ އެޖެންޑާ ނަވާރަ ހިފައިގެނެއްނޫން! އަދި ކޯޅޭޝަނުގެ އެއްވެސް ބަޢިވެރިޔަކު ދެއްކި ވާހަކައެއްވެސްނޫން! ތިޔައީ މާފަހުން ޔޫރަޕުގައި އަރުވާލެވިގެން ހުރިމީހަކު އައިސް ގަރުބަގަންނުވައިގެން ނެރުނުއެއްޗެއް ވީމާ މިސަރުކާރުގައި ތިޔަ ތަންފީޒު ކުރާނީ ކިހިނެތް!

    26
    2
  5. Anonymous

    ކަލޭމެންނަކީ މިގައުމުގެ ޢަދުއްވުން، އެހެންވީމާ ގައުމަށް އެއްވެސްކަމެއް ކަލޭމެން ނުކުރާނެ، މީހުން ލޮލުގަ އަނދުން އަޅުވާނެ ކަމެއްނެތް، ކަލޭގެ ހުންނާނީ ގައުމު ސުންނާފަތިކޮށްލުމުގެ ވިސްނުން، ތަންތަނައްއަރާ މޮޅެތި ވާހަކަ ދައްކާނެ ކަމެއްނެތް.

    30
    3
  6. އޫންހޫން

    ބޮލީވުޑްގެ ފިލްމް ކުޅޭ ސްޓައިލަށް ވެސް ބަދަލުގެނެސް އަދި އޭގައި ވަރަށް ބޮޑަށް ވެސްޓަރން ސްޓައިލް ހިމެނޭނެ އުސޫލުން ބޮލީވުޑްގެ ފިލްމްސް ތަކުގެ ކްލައިމެކްސް ޕްރޮޑިއުސަރުން ވެސް އަދި ޑައިރެކްޓަރުން ވެސް ބަދަލު ކުރަނީ އެއީ އިންޑިއާގެ ސިޔާސީ ފިގަރސް ތަކަށް ވެސް އިންޑިއާ ތަރައްގީ ކުރަން ޖެހެނީ އެއީ ވެސްޓަރން ސްޓައިލް ގައި ކަމަށް އެމެން ނުސީދާ ކޮށް އަންގާދޭ މެސެޖްސް ތަކޭ ވޮޗް އިން ދަ ކްލޮކް އޮން ދަ ވޯލް ވަން ސެކެންޑް އީކްއަލް ވަން ޔޭއްވޯއް އޫންހޫން

  7. ދަރި

    އެޖެންޑާ19 މިއީކޯއްޗެއްސާފެއްނުވޭ މިއަޑެއްއިވިއިވިމިހާރުބޮލަށްއުދަގޫވެއްޖެ މިއީ އިސްލާމީގައު
    ވީމާ، ބުނުއްވާއެއްޗެއް ސާފުކޮށްބުނުއްވާ އެޖެންޑާ 19 ކިޔުއްވައިގެންހީވަނީ ކަމެއްއޮޅުވާލަން
    އުޅުއްވާހެން އެޖެންޑާ19 އެގިނުލައްވާބޭފުޅުންތިއްބަވާފާނެ ނަމަވެސްއެޖެންޑާ19ގައިވާންކަންތައް
    ތަކަކީ ގައުމާ،ގައުމުގެ ރަށްޔިތުންނަށް ނާހުވަފެން ދެއްކުންކަހަލަކަމެއްކަމުގައިބެލެވޭލާދީނީވާހަކަ
    ދައްކަވާ ހިތްވަރުދެއްވާ އިސްލާމްދީނާ ﷲ ފޮނުއްވިރަސޫލާއަށާ ދީނީއިލްމުވެރިންނަށް ހަޖޫޖަހާ
    ފަރާާތެއްގެއަޑަށްބާރުލައްވާ އެޖެންޑާ19 ކިތަންމެވަރަކަށް ވިދާޅުވެލައްވިއަސް އެޖެންޑާ19ގައި ރަަގަޅުކަމެއްވާނެކަމަށް ނުބެއްލެވުމަށް ރަށްޔިތުންގެކިބައިން އެދެން ފަރާތެއްގެކައިރީގައިތިއްބަވާ
    ޖެހިހާބެރަކަށްނަށްޓުވާފަރާތްތަކަށް ނުބައްލަވާ