މާލޭގައި ހިންގާ އައްޑޫ ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ހުރަސް އަޅަމުންދާ ކަމަށް ނިއުޕޯޓް ހިންގާ ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ ޒާހިދު ރަމީޒް ވިދާޅުވެއްޖެއެވެ.

ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހިންގާ ހަތަރު ރެސްޓޯރެންޓެއް މި ސަރުކާރުން ބަންދުކުރުމަށް އަމުރުކުރުމާއި ގުޅިގެން މިހާރު ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވާ ޒާހިދު މިއަދު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނިއުޕޯޓާއި ދެކޮޅަށް ކުރަމުންދާ ކެމްޕޭނަކީ ސަރުކާރާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އައްޑޫގެ ވިޔަފާރިތަކަށް މާލޭގައި ހުރަސް އެޅުމަށް ކުރާ ކަމެއް ކަމަށެވެ.

އަދި ނިއުޕޯޓު ބަންދު ކުރުމަށް ނިންމައި ކުރި އަމުރަކީ ސީދާ އޭނާ އާއި ޒާތީގޮތުން އޮތް މައްސަލަތަކެއްގެ މައްޗަށް ނިންމާފައިވާ ނިންމުމެއް ކަމަށް ޒާހިދު ވަނީ ތުހުމަތު ކުރައްވާފައެވެ. ޒާހިދު ވިދާޅުވީ، މިއަދު މީސްމީޑިއާގައި ދައުރުވަމުންދާ ވާހަކަތަކާއި އެކު އެނގޭ ހަޤީޤަތަކީ އައްޑޫގެ ވިޔަފާރިވެރިންނާއި ދެކޮޅަށް ބަޔަކު ކެމްޕޭނެއް ކުރަމުންދާ ކަން ކަމަށެވެ. އެހެން ނަމަވެސް އައްޑޫގެ ރައްޔިތުންނަށްވެސް މާލޭގައި ވިޔަފާރި ކުރުމުގެ ހައްޤު ލިބިގެންވާ ކަމަށް ޒާހިދު ވިދާޅުވިއެވެ.

ނިއުޕޯޓް މައްސަލައިގައި އެ ރެސްޓޯރެންޓު ބަންދު ކުރުމަށް ދިން މުހުލަތު އިއްޔެ ހަމަވެފައިވާއިރު، އެ މައްސަލަތައް ސިވިލް ކޯޓުން ދަނީ ބަލަމުންނެވެ. ހަތަރު ރެސްޓޯރެންޓެއް ބަންދު ކުރުމަށް ކުރި އަމުރާއި ގުޅިގެން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އާއި އެކު ތިން ރެސްޓޯރެންޓެއް ނިއުޕޯޓަށް ވަނީ ކާމިޔާބު ކުރެވިފައެވެ. ޒާހިދު ވިދާޅުވީ މިހާރު ކޯޓުން ބަލަމުން ދަނީ ބްރިޖް ވިއު ޕްލެޓްފޯމްގައި ހުންނަ ނިއުޕޯޓް ވިއު ހުސްކޮށް ބަންދުކުރުމަށް ކުރި އަމުރާއި ގުޅޭ މައްސަލަ ކަމަށެވެ.

ޒާހިދު ވިދާޅުވީ، ނިއުޕޯޓް ބަންދުކުރުމަށް އެންގިއެންގުމަކީ އޭނާ އާއި ސިޔާސީ ދެކޮޅުވެރިކަން އޮންނަ ފަރާތްތަކުގެ ނުފޫޒުންކޮށްފައިވާ ކަމެއް ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ. އެކުންފުންޏަކީ އޭނާގެ އާއިލާގެ ކުންފުންޏެއް ކަމުގައި އާއި ކުންފުނީގައި އެތައް ސަތޭކަ މުވައްޒަފުންނެއް މަސައްކަތްކުރަމުންދާ ކަން ޒާހިދު ވަނީ ފާހަގަކުރައްވާފައެވެ. ޒާހިދު ވިދާޅުވީ އެ މުވައްޒަފުންނާއި އާއިލާގެ ހައްޤުގައި އޭނާ މަސައްކަތް ކުރާނެ ކަމަށެވެ.

ނިއުޕޯޓް ވިއު ހުންނަ ސަރަޙައްދުގައި އެ ކުންފުނީގެ ޚަރަދުގައި ޒަމާނީ ފުޓްސަލް ދަނޑެއް އަޅައި ބްރިޖްވިއު ޕްލެޓްފޯމް ކުރިމަތީގައި އާންމުން ހިތްފަސޭހަކޮށްލުމަށާއި ކުޑަކުދިންނަށް ކުޅެން ތިބެވޭނެ ގޮތަށް ތަނެއް ތައްޔާރުކޮށްފައި ވެއެވެ. ނަމަވެސް ނިއުޕޯޓް ވިއުގެ ޚަރަދުތައްވެސް ކަވަރު ނުކުރެވެނީސް އަދި އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް ރެސްޓޯރެންޓު ބަންދުކޮށް ހުސްކުރުމަށް އެންގި އެންގުމަކީ ރަނގަޅު ނިންމުމެއް ކަމަށް ޤަބޫލުނުކުރައްވާ ކަމަށް ޒާހިދު ވިދާޅުވިއެވެ.

ނިއުޕޯޓް ވިއު ހިންގާ ކުންފުނީގެ މެނޭޖިން ޑިރެކްޓަ ޒާހިދަކީ، ޕީޕީއެމްގެ ކައުންސިލް މެމްބަރެއްގެ ގޮތުގައި ހުރި އަދި ފަހުން ޕީއެންސީގެ ކައުންސިލްގައި ވެސް ހިމެނުނު ބޭފުޅެކެވެ. ސަރުކާރު ބަދަލުވިތާ ގިނަ ދުވަހެއް ނުވަނީސް ނިއުޕޯޓް ރެސްޓޯރެންޓުތައް ހުއްޓުވުމަށް ސަރުކާރުގެ އިސް ބައެއް ފަރާތްތަކާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދިޔައީ ބާރު އަޅަމުން ކަން ފާހަގަކޮށްލެވެއެވެ.

ސަރުކާރުން ބުނަމުން ދަނީ ނިއުޕޯޓް ވިއު ބަންދު ކުރަނީ އެ ސަރަޙައްދު އާންމުންނަށް ހުޅުވާލަން ކަމަށެވެ. ނަމަވެސް މިހާރުވެސް އެ ސަރަޙައްދަކީ އާންމުންނަށް ހިތްފަސޭހަކޮށްލަން ތިބެވޭ ގޮތަށް ޒަމާނީ ފެންވަރަށް ތަރައްޤީކޮށް އާންމުކޮށް ކުދިބޮޑު އެންމެނަށް ހުޅުވާލާފައި އޮންނަ ސަރަޙައްދެއްކަން ފާހަގަކޮށްލެވެއެވެ. ނިއުޕޯޓް ވިއުގެ އިތުރުން، ސްޓްރާޑާ ޕްރައިވެޓް ލިމިޓެޑުން ހިންގާ އެހެން ރެސްޓޯރެންޓުތައް ބަންދު ކުރުމަށް ނިންމީ ކީއްވެ ކަމެއް އެނގިފައެއް ނުވެއެވެ.

ނިއުޕޯޓްގެ ރެސްޓޯރެންޓުތައް ބަންދު ކުރުމަށް އެނގި ތާރީޚު ހަމަވިއިރު އެ ރެސްޓޯރެންޓުތައް ބަންދު ނުކޮށް ހުރުމުން، އެއީ ސިޔާސީ ނުފޫޒުން ކޮށްފައިވާ ކަމެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން އަޑު އުފުލަމުން ދެއެވެ. އެގޮތުން އެ ރެސްޓޯރެންޓު ނުހުއްޓުވައި ހުރީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުޙައްމަދު އަސްލަމްގެ ނުފޫޒުން ކަމަށްވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެއެވެ.

މިކަމަށް ރައްދު ދެއްވާ ޒާހިދު ވިދާޅުވީ، މި މައްސަލައިގައި އަސްލަމްގެ ނަމް ބޭނުން ކުރަމުން ދިޔަނަމަވެސް ނިއުޕޯޓަކީ އޭނާ އާއި އެއްވެސް ގުޅުމެއް އަދި މަސްލަހަތެއް އޮތް ތަނެއް ނޫން ކަމަށެވެ. އަދި އަސްލަމް އާއި އޮތީ އާއިލީ ގުޅުމަކަށް ވީނަމަވެސް ސިޔާސީ ގޮތުން ކުރިންވެސް މަސައްކަތް ކުރަމުން އަދީ ދެކޮޅު ޕާޓީތަކުގައި ކަން ޒާހިދު ވަނީ ފާހަގަކުރައްވާފައެވެ. ނަމަވެސް އެކަމުން އާއިލީ ގުޅުމަކަށް ހީނަރު ކަމެއް ނާންނާނެ ކަމުގައި އާއި ނިއުޕޯޓް މައްސަލައިގައި ބަޔަކު އަސްލަމްގެ ނަން ބޭނުން ކުރަމުން ދަނީ، ރައްޔިތުންގެ މަޖިލީހުގެ އާ ދައުރުގެ ރިޔާސަތަށް އޭނާ ވާދަކުރައްވާތީ އެކަމަށް ހުރަސް އެޅުމުގެ ގޮތުން ކަމަށް ޒާހިދު ވިދާޅުވިއެވެ.

ނިއުޕޯޓް މައްސަލައިގައި އަސްލަމަށް ތަފާތު އެކި ތުހުމަތުތަކެއް ކުރެވެމުން ދިއުމާއި ގުޅިގެން އޭނާވެސް އިއްޔެ ވަނީ އެކަމަށް ރައްދު ދެއްވާ ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓުގައި އަސްލަމް ވިދާޅުވީ، ނިއުޕޯޓަކީ އޭނާގެ އެއްވެސް މަސްލަހަތެއް އޮތްތަނެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޔަގީން

    ކަލޭ ތީ ޖަލުގަ ހުންނަން ޖެހޭ މީހެއް.....މީހުން މަރަން ފާޅުގަ ގޮވާފަ ހުރި މީހެއް.

    12
    20
  2. އިންސާފު

    ޒާހިދު ކޮންތަނަކުން ހޯދި ލާރިއަށްތޯ ތިވިޔަފާރި ކުރަނީ. އެންމެނަށްވެސް އެނގޭ ތިވިޔަފާރިއަކީ ރައީސް ޔާމީނުގެ ދަރިފުޅުގެ %50 ހިއްސާ އޮންނަ ވިޔަފާރިއެއްކަން. ބާކީ %50 އަކީ އައްޑޫ މެންބަރު އަސްލަމްގެ އާއިލާ އަށް ޔާމީނު ދިން ވިޔަފާރިއެއްކަން.

    10
    27
  3. ޟުުު

    ދެން ރަށުގަހަދާ ރައިސް ބުންޔެންނު

    14
    6
  4. ޓަވަރު

    ދެން އައްޑޫއަށް ބަދަލުކޮށްލާ

    18
    10
  5. ޝާން

    މާލޭގައި ހިންގާ އައްޑޫ ވިޔަފާރިއަކީ ހަމައެކަނި ޒާހިދު ކުރާ ވިޔަފާރިތަ؟ މާލޭގައި އައްޑޫ އެތައް ވިޔަފާރިވެރިންނެއް ވިޔަފާރި ކުރޭ. ކައުންޓް ލައިން، ބީއެޗްއެމް، ސަނީ, ޕޭޖް ހާރޑް ވެއަރ، އޭއެޗް ބްރަދާސް، ޗާނދަލިޔާ، ފްރެޝް، އޭޑީޖީ ޓެކްސްޓައިލްސް، ޕްލާޒާ، ހެޕީ މާކެޓް، ލެމަންގްރާސް ފަދަ އެތަައް ވިޔަފާރިވެރިންނެއް އެބައުޅޭ. އެއިން އެއްވެސް ބަޔަކަށް މައްސަލައެއްދިމާނުވޭ. ގޯސްކޮށް ކަންކޮށްފަ އޮތީމަ ޒާހިދު އައް މައްސަލަ ދިމާވެގެން މިއުޅެނީ.
    މިކަމާއި ކޮންމެހެން އައްޑޫ އާއި ގުޅުމެއްނުވޭ.

    22
    19
  6. ޙހ

    ޢައްޑޫއޭ ކިޔާނެކަމެއްނެތް ނުގަވައިދުން ދީފައި ހުރިތަންތަން

    12
    20
  7. ކިނބޫ

    ވަރިހަމަނީ އައްޑޫ މީހުން ތިބެނީ ހެއި ބަލި ވެފެއިމެއި. ކަރަށް ފައިން އެރިޔަސް ދައް ދައްކަގެން މުއާމެން ތިބޭނެއި. އައްޑޫ އެއަރޕޯޓަކީޔަސް އިންޑިއާ ތާކަށް ހަދަފެއި އެވެރިން ބޭނުން ގޮތަކަށް މީހުން އެތެރެ ކެރާއް އެއޮތީ ދެރެފެއި.

    33
    4
  8. ނަން

    މަށަކީ އައްޑޫ މީހެެއް. ބަންދު ކުރޭ ތިތަންތަން...

    7
    9
  9. މާލެ މީހާ

    މީދެން ފުއްޕަން ކާކުތަ ރަށަށް ކޮފޭ

    6
    6
  10. ސަޓޯ

    އައްޑޫ މީހުން ގޮސް ރަށުގަ ވިޔަފާރި ކުރީމަ ވީއެއްނު

    6
    6
  11. ދިސްއިޒްއިޓް

    މާލެ އަކީ އެއީ ރާއްޖޭގެ އެންމެންނަށް ވިޔަފާރި ކުރަން މަގުފަހި ކޮށްފައި އޮންނަން ޖެހޭނެ ތަނެއް ކަމަށް މަމެން ގަބޫލުކުރަނީ މާލެ މީހުންނަކީ އެއީ ދަ ރާއްޖެތެރޭ މީހުން މާލެ އަށް ނައިސް ގެން އުޅޭ ބަޔެއް އަދި މާލޭގައި ވިޔަފާރި ނުކޮށްގެން އުޅޭ ބަޔެއް މަމެން އެެއްގޮތަކަށް ވެސް ނޭދެން އައްޑޫ މީހުން ކުރާ ވިޔަފާރި އަށް ކުޑަ ވެސް ހުރަސް އެޅޭ ގޮތަށް ސަރުކާރުން ކަންކަން ކުރަން ނިއުޕޯރޓާއި އެކު ވީ އެއްބަސްވުމަށް އިހްތިރާމް ކުރަން ސަރުކާރުން ދަންނަންވާނެއޭ ނިއުޕޯރޓް އިން ދައްކަނީ ޓެކްސްއޭ އެމްޑީޕީން ސަރުކާރުގެ ފައިސާ ވަގަށް ނަގައިން 5 މިލިއަން ބަދަލުގައި 35 މިލިއަން ބަނޑުއަޅާލައިގެން ވެސް ކުރި ވައްކަމުން ވެސް ދައްކަނީ ޓެކްސް އޭ ތަފާތަކީ އެމްޑީޕީން ދައްކަނީ ވަގުފައިސާ ނިއުޕޯރޓް އިން ދައްކަނީ ހަލާލު ފައިސާ ދިސް އިޒް އިޓް...

    6
    1
  12. އެބިލްފާސްކުރޭ

    ތިޔާ ބިލް ތައް ބާތިލް ވިނަމަވެސް ތަމެން ބޭނުމިއްޔާ އަނެއްކާ އާ ދައުރަށް ތިޔާ ބިލް ތައް ހުށައަޅައިގެން ކުރިއަށް ދެވޭނެއޭ ދެން މިހިނގާ ދައުރުގައި މަޖްލީހުން ބިލެއް ފާސް ކުރުން އެއީ ކޮށްގެން ވާނެ ކަމެއް ނޫނޭ ދެން މަޖްލީހުން ބިލް ތައް ފާސް ކުރަން ޖެހޭނީ އެއީ އަލަށް ހޮވުނު މަޖްލީސް މެމްބަރުންނޭ މީގައި އެންމެ ރަނގަޅީ ދެން ފުރަތަމަ ވެސް ރާއްޖޭގައި ވެރިކަން ކުރާނީ ބަރުލަމާނީ އަށްތޯ ރިޔާސީ ނިޒާމަށް ތޯ ބަލަން މަޖްލީހުގެ ތަޅުމަށް ބިލެއް ހުށައަޅައިގެން

  13. އައްޑޫ2023

    ޒާހިދު އާއަޅާގެން ނުނެއްޓިގެން އުޅެނީ އައްޑޫމީހުން އެބައުޅޭ މާލޭގަ ވިޔަފާރީގަ ބަޔަކު ނުދެނަހުރި ސަރުކާރު ބަދަލުވީކަންވެސް.. ހޮޅިބޮޅި ޕާޓީމީހުންނައް ވެރިކަން ލިބުނީމަ ސަރުކާރު ހިންގާނީ ޓުވިޓާއިން އޭގަފެލޭ ތެޔޮއެރޭ ވަކަރުގޭ މީހުން ބުނާގޮތަކައް ވެރިކަމޭ ކިޔާފަ ހިންގަނީ ބލވެރިކަން