ކ. ކާށިދޫގައި "ޖާބިރު ޔުނިވާސިޓީ"ގެ ނަމުގައި ޔުނިވާސިޓީއަށް އަޅަން ނިންމާފައިވާކަމަށް، 19 ވަނަ މަޖިލީސް އިންތިޚާބުގައި ކާށިދޫ ދާއިރާއަށް ވާދަކުރައްވާ ކުރި ހޯއްދެވި އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިގޮތަށް ވިދާޅުވީ، ކ. އަތޮޅު މަދަރުސާގެ ބެލެނެވެރިންގެ ޖަމިއްޔާގެ ފަރާތުން ބޭއްވި ކާބޯތަކެތީގެ މައުރަޒު ހުޅުވައިދިނުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. އެ ރަސްމިއްޔާތުގައި ޖާބިރު ވިދާޅުވީ، ދުނިޔޭގެ ފެންވަރަށް ކިޔެވޭގޮތަށް ކާށިދޫގައި އޭނާ ޔުނިވާސިޓީއެއް އަޅުއްވާނެ ކަމަށާއި، އެ ޔުނިވާސިޓީ އަކީ "ޖާބިރު ޔުނިވާސިޓީ" ކަމަށެވެ.

ކާށިދޫ ތަޢުލީމު ކުރިއެރުވުމުގެ މަގުސަދުގައި ޖާބިރު އެ ރަށުގައި ފެންވަރު ރަނގަޅު ޔުނިވާސިޓީއެއް އަޅުއްވާއިރު، ރަށުގެ މަދަރުސާއަށްވެސް ފައިސާގެ އެހީތެރިކަމެއް ވެދިނުމަށް ވަނީ ނިންމަވާފައެވެ. ޖާބިރު މިއަދު ވިދާޅުވީ، ތަޢުލީމީ ދާއިރާގެ އިތުރުން ރަށުގެ އިޖުތިމާޢީ ތަރައްޤީއަށް އޭނާ ގިނަ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.

ކާށިދޫއަށް އޭނާ ގެންގުޅުއްވާ ތަސައްވަރުގެ މަސައްކަތްތަކާއި އެ މަސައްކަތްތްކާއި ގުޅޭ އެންމެހާ މަޢުލޫމާތުތައް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގެ ބޭނުމުގައި ޖާބިރު ވަނީ އޭނާގެ އަމިއްލަ ޓިވީ ޗެނަލެއްވެސް އުފައްދަން ނިންމާފައެވެ. މީގެ އިތުރުން ޖާބިރު ކަޕްގެ ނަމުގައި، ކުރިޔަށް އޮތް ބޮޑު ޢީދާއިދިމާކޮށް ކާށިދޫގައި އާއި ގާފަރުގައި އަގުހުރި ފުޓްސަލް މުބާރާތެއް ބާއްވާނެ ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ޖާބިރު ވިދާޅުވިގޮތުގައި، ކާށިދޫގައި އޭނާ ފަށަން ގަސްދުކުރާ ޕްރޮޖެކްޓުތައް ސަރުކާރުން މިހާރު ވަނީ "އެޕްރޫވް" ކޮށްފައެވެ. އެ ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނޭ، ކާށިދޫ އާއި ގާފަރު ކޭބަލް ކާރުގެ ދަތުރުފަތުރުން ގުޅުވާލުމުގެ ޕްރޮޖެކްޓުހާ ފަސޭހަ ޕްރޮޖެކްޓެއް ނުވެސް ނެތް ކަމަށާއި، އެއީ ޖޯކެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

މަޝްހޫރު ވިޔަފާރި ވެރިޔާ ޖާބިރު، ކާށިދޫ ދާއިރާއަށް އިންތިހާބުވުމާއެކު، އެ ދާއިރާގައި އަމިއްލަ އޮފީހެއް ހުޅުވުމުގެ މަސައްކަތް މިހާރުވެސް ކުރެވެމުންދާ އިރު، އެ ދެރަށުގައި ހަވާވެސް ވަނީ އަރުވާފައެވެ. އެ ރަށަށް ދިޔުމުން ޖާބިރުއަށް ރައްޔަތުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. އިބްރާ

    ކާށިދޫގައި ކާށި ބޭނުންކޮށްގެން ތަފާތު ކާނާ ތައްޔާރުކުރާ މާސިންގާ ފެކްޓަރީއެއް ތައްޔާރުކޮށްދެއްވާ. މުޅިދުނިޔޭގަެިވެސް ނެތްވަރުގެ. ކީއްވެ ނުކުރެވެންވީ. ޖާބިރބެއަށް ވެދާނެ މިކަން. އަނެއްކާ ކާށިދުއާއި މާލެއާ ދެމެދު މިވާތަބްކޮޅު މޫދުއަޑިން ޓަނަލެއްހަދައި މެގަސްޕީޑް ޓްރޭން ބާއްވަންވީ. އެވެސް ޓްރާންސްޕޭރެޓްކޮށް. ސަޅިވާނެ.

    20
    2
  2. ބަރުގޮނު

    ހޮޑާފުށީގައި ސަންރައިޒް ބައްލަވަން އެއްރޭ ހޭދަކުރެއްވި ގޮތް ކިޔަވާ ނުދެއްވަންޏާ ޔްނިވަރސިޓީ ރަގަޅު.

    28
    3
  3. ބުރޯ

    ނަމަކަށްކަމެއްނުކުރާނެޔެކޡެ ނުބުނއވޭ ، އެކަމަކު އެވަރުގެ ތަނަވަސްކަމެއް ޖާބިރު އަތަކު މިހާރު ނެތް.

  4. ޖާބިރު

    އެބުނާހެން ކޭބަލްކާރުގެޕްރޮޖެކުޓަކީއެންމެފަސޭހަ ޕްރޮޖެކުޓް އެއީކީ އޭނަކުރަންއުޅެފިއްޔާ އޭނަޔައްނުވާވަރުގެ ކަމެއްނޫން

    1
    1
  5. ދަތްދޫނި

    ކާށިދޫ ރައްޔިތުން ތިބީ ބުއްދި ސަލާމަތުން ބާއޭ މިހާރު ސުވާލު އުފެދިއްޖެ.

  6. މޮޅުމީހާ

    ޖާބިރޫ މަށަށްފެންނަނީ ފިރޯނު އެޅިގޮތައް ޖާބިރުވެސް ކާށިދޫގަ ހައެއްކަ ޕިރަމިޑް އަޅާލަން. އެންމެ ތަންފުކެއްވެސް ފިރުއައުނަށް ދޫނިދެއްޗޭ. ޔޫ އަރް ދަ މޭން.

  7. ތަކުރު

    މީނާ ބޯހަމަޖެހޭތޯ ކާށިދޫ މީހުން ބަލަންވެއްޖެނުން..

  8. ސަލީމު

    ބަޔަކު ތިޔަވާހަކަތަކަށްވެސް އަތްޖަހާނެތާދޯ އެވެ؟ ފަހަރުގައި ރައްޔިތުން ގުބޯދަށުުލުމަށްޓަކައި ކަމެއްގެ މަންޒަރު ލޯމައްޗަށް ދައްކަފާނެއެވެ. އެއްކަމެއްވެސް ނިންމާފާވާތީ ފެނުން ވާނީ ބިލާހަކަށެވެ.

  9. ރާޅު

    ކަލެއަކަށް ނުވާނެ އެއްކަމެއްވެސް ތީ ބޮޑު އަގައެއް !

    4
    1
  10. ކުޑަބުއް

    ޖުޕަމޭން