ރާއްޖޭގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲއަކީ މިނިސްޓަރު ކަމަށް އެކަށީގެންވާ މީހެއް ބޭފުޅެއް ނޫން ކަމަށާއި، އެމަނިކުފާނަށް އެންމެ އެކަށޭނީ މުދިންކަން ކަމަށް ކާށިދޫ ދާއިރާއަށް އަމިއްލަ ގޮތުން އިންތިހާބުވެވަޑައިގަތް، ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޓީވ ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ޖާބިރު ވިދާޅުވީ ސިޔާސީ ގިނަ ލީޑަރުންނަކީ މިހާރު ފެއިލްވެފައިވާ މީހުން ކަމަށާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާން ދައްކަވަން އުޅުއްވާ މަންޒަރު ރައްޔިތުން މިހާރު ގަބޫލެއް ނުކުރާ ކަމަށެވެ.
"މިހާ ހިސާބުން ފެށިގެން ރައްޔިތުން ތަނަވަސް ވެގެންދާނެ. އިމްރާން މަގާމުން ދުރުކުރާނަން. އަޅުގަނޑު މި ދަންނަވަނީ އޭނާ މަގާމުން އިސްތިއުފާ ދެއްވާށޭ. ކުރިން މަގާމުން އިސްތިއުފާ ދެއްވުން ބުއްދިވެރި. އޭނާ އެ މަގާމަށް ފިޓެއް ނޫން. ޒާތީކަމެއް ވެސް އޮތީކީ ނޫން. އިމްރާނަށް އަޅުގަނޑު ވަރަށް ގަދަރުކުރަން. އޭނާ ޝޭހެއް ވެއްޖެއްޔާ މުދިންކަން ރަނގަޅީވެސް. ޕާޓީ ހިންގަން ގާބިލް މީހެއް ނޫން އެއީކީ" ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ އިމްރާނަކީ ފެއިލްވެފައިވާ މީހެއް ކަމަށާއި، އެމަނިކުފާނު ވަނީ ރައްޔިތުންނަށް ދޯކާ ދީފައި ކަމަށެވެ. ޖާބިރު ކާށިދޫ ދާއިރާއަށް އިންތިހާބުވުމާއެކު، އެތައް ވައުދުތަކެއް އޭނާ ވަމުންދާ އިރު، ފެއިލްވި ކެނޑިޑޭޓުންނާއި ޕާޓީތައް އިސްތިއުފާ ދެއްވުމަށް ޖާބިރު ވަނީ ގޮވާލާފައެވެ.
އަދާލަތު ޕާޓީއަށް މިއަދު ޖެހިފައިވާ ހާލަތުގެ އަސްލަކީ އިމްރާން. އިމްރާނުގެ އަމިއްލަ މަންފާއަށް ހިންގާ ޕާޓީއެއް އެއީ. އިމްރާނަށް ވަފާތެރި ކުދިންކޮޅެއް ލައިގެން އެކިއެކި މީހުންގެ ޖީބުން ނަފާ ހޯދައިގެން ހިންގާ ޕާޓީއެއް އެއީ. ޕާޓީގައި ތިބި ހަރުދަނާ އަސްލު ޕާޓީ އެފއްދި މީހުން ޕާޓީ ދޫކޮށް ދިޔައީ ޕާޓީ އުފއްދި މަގުސަދު އިމްރާނު ހަނދާންނައްތާލާ އަމިއްލަ މަންފާއަށް ހިންގާ މުދާގަޑަކަށް ވުމުން.
ހުވާ. އަސްލުވެސްވަރަށްގުޅޭކަމެއްތީ.. މަހީހީ ހަލާކު އަވަހަށްމުދިންކަން ހަވާލުކުރޭ...
ޖާބިރުވަރަށް ވިސްނުން ތޫނުކަން ފާހަގަ ކުރަން. ޖާބިރުއަށްދޭން ފެނޭ މަޖިލީހުގެ ރައީސްކަންވެސް... އުއްތަމަ ފަނޑިޔާރުކަންވެސް ދެވެން އޮތިއްޔާ ދޭން ފެނޭ. އެކަމު އޭގެ ކުރިން ޔޫރިން ޓެސްޓްކުރަންޖެހޭ ހޮންޑައިދޫ ޑުރިންކަށް ޕްޒިޓިވްތޯ! އަދިފެނޭ ބޯ ބްރާންތި ޓެސްޓްހަދަންވެސް މަޖިލީހުގެ ހުވައިކުރުމުގެ ކުރިން. ފަހަރެއްގަ އަނެއްކަ ބައިލެކްޝަން ބާއްވަންވެސްޖެހިދާނެ ނަތިޖާ އަންނަގޮތަކުން. ވ ސަލާމް ޖާބެއަށް
މިހާ ހިސާބުން ރައްޔިތުން ތަނަވަސްވެގެންދާނޭ ޖައްބާރު ތި ބުނަނީ ކީއްވެ ތިއުޅެނީ ރައްޔިތުންނައް ރުފިޔާ ބަަހަންތަ
ވަރުގަދަ ޖާބިރެއް.މީނަ އެކަނި ހޮވިގެން މިއުޅެނީ ޖާބިރު ޖާބިރު ނޫން ވާހަކައެއް ނޯވޭ: މީނަ ހުރިހާ ތަނަކަށް ވެރިވެ ގަނެގާ
ޖާބިރު ބޭނުންހާ އަގައެއް އެއެރުވެނީ ކީއްވެތޯ
ވިސްނާލެއްވީމުތޯ؟ ރަގަޅު ސަބަބެއް އޮންނާނެ ނޫންތޯ؟ ވަރަށް ގިނަބަޔަކު އެވަނީ އޭނަގެ ފައިސާގަ ހިފާފަ. މުޖައްރިބު. އެނޫން ސަބަބެއް އޮތިއްޔާ އެއްވެސް ބޭފުޅަކު ބިދާޅުވެބަލަ.
މިލުއްޗާ ނޫނީ މީހެއް ނެތް.ދިޔާނާ މީނާ މައިތިރިކޮށްބަލަ.ހަމަ ކޮސް ގޮވަނީ. ޖާބިރު ޒަކީގެ ބައްޕަ ވެސް މިކަހަލަ ވަހަކަ ނުދައްކާ.
މީ ބޮޑު މޮޔައެއްތަ. މީނަގެ ސިކުނޑީގެ ޓެސްޓެއް ހަދަންވީނު. ރައީސްވެސް ޗުޕްވެސް މިބުނަނީ އަނެއްކާ ރައީސް މީނަ ލައްވާ ކިއުއްވާ އެއްޗެހި ނޫންބާ.
ޖާބިރެެއްކަމަކު މިއޮތީ ރަގަނޅު ވާހަކައެއް ބުނެފާ.
ޖާބިރު ވަރަށް ފިޓްވާނެ ސަޅި ވާނެ ހޮޑާފުށި ހޭޅިފަށައް
ރާބިރު ރަނގަޅީ ހޮނޑާދޫ ބީޗް ގައި ބީޗްބާރ ހަދަން
ކަލޯ ޖާބިރޫ ކަލޭއެއް ކަމަކު ތިޔާބުނީ ހަމަ ހެޔޮކޮއް
ޖާބިރު ރަނގަޅީ ލޮލީ ވިއްކަން
ޖާބިރުގެ ވާހަކަޔަށް އަޅުގަނޑު ފުރިހަމަޔށް ތާއީދުކުރަން
އަދާލަތުޕާޓީގެ ރައީސަކައް ޖާބިރު ހުންނަވަންވީ..
ރަގަޅު ވާހަކައެއް ޗެއަރމަން.
މުދިން ކަމަށް ވެސް ކުފޫ ހަމަ ނުވޭ. ރަނގަޅީ ސިޔާސީ ފަތުވާ ދޭން.
ޖާބިރުބެއަށްވެސް އެންމެ އެކަށޭނަ ޖޮބަކީ ކެސިނޯއެއްގެ މެނޭގަރުކަމެވެ. ސޫލާސިރާޖް ބޮއެގެން ދެބަންދިހައިގަ ތިބޭމީހުންނަށް ހައްގަކީ ކޮބައިކަން އޮޅުމެއް ނުފިލާނެ.
ޖާބިރު ތިހިރީ ހަމަރަގަޅަށް މޮޔަވެފައި
މިކަލޭގެއަށްދޭންވީ ކާށިދޫ ސަރުދާރުކަން. ދިޔާނާއަށް މިނިސްޓަރުކަން ހޯދަންއުޅެނީތޯއްޗެ ؟
ރާބޮއި ކެސިނޯ ހިންގައި ނުބައި ޢަމަލު ކުރެވޭނީ ޝޭހުމެން ކާހާލަ ބޭފުޅުން އެފަދަ މަގާމުގައި ނެތީމަ ނުންތޯ ؟
ޢިމްރާންމެން ކަހަލަ ޝޭހުންން ނަށްވުރެ ޖާބިރު ރަގަޅު ކަމަށް ފެންނަނީ ޖާބިރަކީ ނުކިޔާހުރި ޖާހިލެއް އިމްރާންމެން ދީން ކިޔަވައިގެން ތިބެ ދީނާ ޚިލާފް ވާހަކަތައް ދެކެވޭއިރު ވެސް ޗުޕްވެސް ނުބުނެ ހުން ނަނީ މިހާރު އޫރުމަހާ ރާ އާއްމުން ދިރިއުޅޭ ރަށްރަށުގަ ހުއްދަކުރި ޔަސް އިމްރާނު ނުބުނާނެ ޗުޕް ވެސް އަދިކެސިނޯ އަޅަންހުއްދަ ވެސް ދޭނެ
އަބުދު ﷲ ޖާބިރު ހ.ތިމާވެށި ހަނުހުރީ! ހޮޑައިދޫ ސަރުދާރު !
ޏައިބު ރައީސު ކަހަލަ އިހުލާސް ތެރި ބޭފުޅަކަށް ޖާބިރުވެސް ވެގަތީތޯ ؟
ކާށިދޫ ދާއިރާގެ ރައްޔިތުންގެ މޮޔަކަމާއޭ. ދެބަނދިހާރަވެގެން ހޮނޑައިދޫ ބީޗްގައި މުޅި މޫނުގައި ވެލި އުނގުޅައިގެން އިން މޮޔަކު ހޮވައިގެން އަމިއްލަ އެދުމުން ފޯވެގެން ތިބިބަޔަކު ތިތިބީއެވެ. ކުރާނީ ފަހެ ކީއްހެއްޔެވެ. ދުނިޔޭގެ ޒީނަތް ކުރިއަށް ނެރުމުން ކާށިދޫ ދާާއިރާއަށް ލެއްގި މާވަހަރަކުން ގުއިވަހެއް ނުފިލިއެވެ. ބޭރަށް ދިރާސާކުރަން އެތިކޮޅެއް ފޮނުވުމުންވެސް އެވެރިން ކުރި ދިރާސާއިން ދެއްކީ އެއީ ބޮޑު ތިޔޮބޮނޑިގަނޑެއް ކަމަށެވެ. އޭ ކާށިދޫ ދާއިރާގެ ރައްޔިތުންނޭވެ. އަމިއްލަ އެދުން ބޮޑުވިޔަސް ދެންވެސް ހޭއަރާ ތިބޭށެވެ.
މީހަކަށް ނިކަމެތިކަމެއްގަސްތުގަދީފިމީހަކަށް ބަދަލު އެމީހަކަށްލިބޭތަން ވަރަށްގިނައިންފެނެއެވެ. ޝޭޚެވެ. ތިޔަގިނަޝޭޚުންތަކެއްކަރުނައަޅާ ރައިއްޔަތުންނަށް އާދޭސްދަންނަވައިގެންހޯއްދެވި ވެރިކަން މިދާންއުޅެނީ ކޮންދިމާލަކަށްތޯއެވެ. ކަރުނައެޅުއްވިލެއްގިނަކަމުންއެތަންތަންފެނިވަޑައި ނުގަންނަވަނީތޯއެވެ. ޝޭޚާއިއަޅުގަނޑުމެނަށް ހެޔޮވިސްނުންދެއްވާށި!!!!!!!!
ދައްޖާލަށް މީހުން ތަބައަވާނޭ ބުނުމުން އަޖައިބެއް ނުވެއެވެ.
އެއީ ކެނަބިހުން ބިސްގަނޑު ނާޅާ ރާ ނުބޯތީތާ؟
ކަލޭ ފިޓީ ބާރ އެއްގެ ކޭޝިއަރަކަށް
މީނަޔަށް ހީވަނީ މުދިން ކަމަކީ ވަރަށް ޤަދަރު ކުޑަކަމެއްކަމަށްތަ؟
އިމްރާނު ރާންވީ ދީނީ މިނިސްޓަރަށް ...އަދި ޖާބިރު ރަނގަޅީ މާރުކޭޓު ބަލަހައްޓަން...ދަމާކަނޑަން
ތިޔަ އިމުރާނު މުދިމަކަށްވެސް ފިޓެއްނޫން. އޭނާއަށް އެންމެ ރަނގަޅީ ފަހަރިން ގިނަ އާއިލާއެއްގެ މެމްބްރުކަން.
ހޯމް މިނިސްޓަރަކަށް ހަމަ ރަނގަޅީ ހޮނޑައިދޫ ކަތީބު ޢަބްދުއްލާހި ޖާބިރު ގ. ތިމާވެށި އެވެ. މިހިސާބުން އަޅުގަޑު ހަނުހުންނަނީއެވެ. ހައްޕު.
ތިކުރަން އުޅޭކަން ވާނީ އޭރުން ދޯ ،
ގަޔަށް ލޮލަށް ބޮލަށް އަރާއިރުވެސް ޢިމްރާނުގެ އަގަ ބަންދުވެފަ = މިނިސްޓަރުކަމަށް ފިޓެއް ނޫން.